ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ބަލިމަޑުކަމަށްފަހު އަލުން ދިރިއުޅުން ބިނާކުރާއިރު ތިމާވެއްޓަށް ޚާއްސަ ސަމާލުކަމެއް ދޭންޖެހޭ: މިނިސްޓަރ

އެންވަޔަރަމަންޓް މިނިސްޓަރ ޑރ ހުސެއިން ރަޝީދު ހަސަން/ ފޮޓޯ: ވަން އޮންލައިން
ޝެއާރކޮށްލާ ކަހަލަދޯ؟

ކޮވިޑް-19ގެ ބަލިމަޑުކަމުން އަރައިގަނެ ދިރިއުޅުން އަލުން ބިނާކުރުމަށް މަސައްކަތްކުރާއިރު ތިމާވެށްޓަށް ޚާއްސަ ސަމާލުކަމެއް ދޭންޖެހޭކަމަށް އެންވަޔަރަމަންޓް މިނިސްޓަރ ޑރ ހުސެއިން ރަޝީދު ހަސަން ވިދާޅުވެއްޖެއެވެ.

ބައިނަލްއަގްވާމީ ތިމާވެށިގެ ދުވަހުގެ މުނާސަބަތުގައި ދެއްވި ޚިތާބުގައި މިނިސްޓަރ ވަނީ މިއަހަރުގެ ޝިއާރަކީ “ޓައިމް ފޯ ނޭޗަރ”ކަން ފާހަގަކުރައްވައި މިޝިއާރުގެ ބޭނުން ހިފައި ޤުދުރަތީ މާހައުލަށް އިސްކަން ދިނުން ވަރަށް މުހިންމުކަން ފާހަގަކުރައްވާފައެވެ. އަދި ކުރު މުއްދަތުގެ އިގްތިސާދީ ފައިދާ އާއި މަންފާއަށް ޤުދުރަތީ ވެށި ޤުރުބާންކޮށް ވެށި ހަލާކުވުމުން އެވެށި އަލުން އާރާސްތުކުރުމުގެ އުސޫލު ދޫކޮއްލާ، ޤުދުރަތީ މާހައުލާއި ރައްޓެހި، މާހައުލުގެ ސަލާމަތްތެރިކަމަށް ވިސްނައިގެން އިގްތިސާދީ މަޝްރޫއުތަށް ރޭވުން މުހިންމުކަމަށް ވިދާޅުވިއެވެ.

އަދި ދިވެހިންނަކީ ފަރުގެ ދަރިންކަމުގައި ވާހިނދު އަޅުގަނޑުމެންގެ އަމަލުތަކާއި ދިރިއުޅުމުގެ ވައްޓަފާޅި، ފަރުތަކާއި އެފަރުތަކާއި ގުޅިފައިވާ ގުދުރަތީ ނިޒާމްތަކަށް ވީހާވެސް ގެއްލުން ކުޑަ ގޮތަކަށް ބިނާކުރަން އިސްކަންދިނުން މުހިންމު ކަމަށްވެސް ވިދާޅުވިއެވެ. މީގެ އިތުރަށް ގުދުރަތީ މާހައުލަކީ އޭގެ ޒާތުގައި ވެސް އަގު ހުރި އެއްޗެއްކަމާއި މެދު ވިސްނައި ގުދުރަތީ މާހައުލަށް އިހްތިރާމާއެކު ދިރިއުޅުން ބައްޓަން ކުރަން އަޒުމް ކަނޑައަޅަންޖެހޭ ކަމަށްވެސް ވިދާޅުވިއެވެ.

އެގޮތުން އިސްރާފުކުރުވަނި ގޮތުގައިގުދުރަތީ ވަސީލަތްތައް ބޭނުންކުރުމާއި ދުރުވެ، ގުދުރަތީ ވަސީލަތްތައް ބޭނުންކުރާއިރު، އޭގެ ސަބަބުން މުޅި މާހައުލީ ނިޒާމަށް ކުރާނެ އަސަރާއި މެދު ވިސްނުން މުހިންމުކަމަށާއި މިބަލިމަޑުކަމުން އަރައިގަނެ ނިއު ނޯމަލްއަކަށް ދާއިރު، ދިރިއުޅުމުގައިވެސް ތިމާވެއްޓާއި ރައްޓެހި ގޮތްތައް ހިޔާރުކުރުމަށް އަޒުމް ކަނޑައަޅައި ފަރުދީ ޒިންމާ އަދާކުރަން ޖެހޭކަން ފާހަގަކުރެއްވިއެވެ. އެގޮތުން ގޭބިސީގައި ކުނި އުފެދޭ މިންވަރު މަދުކުރުމާއި މޫދަށް ކުނި އުކުންފަދަ ނޭދެވޭ އާދަތަށް ދޫކޮއްލުން ވަނީ ފާހަގަކުރައްވާފައެވެ.

ދުނިޔޭގެ އެކި ޤައުމުތަކަށް ދިމާވެފައިވާ ތިމާވެށީގެ މައްސަލަތަކަށް ސަމާލުކަން އިތުރުކޮށް، އެ ގޮންޖެހުންތަކުން އަރައިގަތުމަށް ފުރުސަތު ހޯދައިދިނުމަށް ޔުނައިޓެޑް ނޭޝަންސް އިން މި ދުވަސް ފާހަގަ ކުރާތާ މިއީ 46 ވަނަ އަހަރެވެ.

މިއަހަރުގެ ތިމާވެށީގެ ދުވަހުގެ ޝިޔާރަކީ “ޓައިމް ފޯ ނޭޗަރ” އެޗެ. އަދި މިއަހަރު އަލިއަޅުވާލުމަށް ނިންމާފައިވަނީ ދިރޭތަކެއްޗަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: