ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އިސްލާމް ދީނަކީ އިންސާނާއަށް ރިވެތި އަޚުލާޤާއި މަތިވެރި ސުލޫކު އުނގަންނައިދޭ ދީނެއް: ހުތުބާ

ލާމީ މަރުކަޒުގައި ހުކުރު ނަމާދު ކުރަނީ ފޮޓޯ: މިނިސްޓްރީ އޮފް އިސްލާމިކް އެފެއާރޒް
ޝެއާރކޮށްލާ ކަހަލަދޯ؟

އިސްލާމް ދީނަކީ އިންސާނާއަށް ރިވެތި އަޚުލާޤާއި މަތިވެރި ސުލޫކު އުނގަންނައިދެއްވުމަށް الله تَعَالَى ބާވައިލެއްވި ދީނެއްކަމަށް މިއަދު ހުކުރު ޙުތުބާގައި ހަނދާކޮއްދީފިއެވެ.

”އިސްލާމް ދީނަކީ ރިވެތި އަޚުލާޤުގެ ދީން“ މި މައުޟޫޢަށް ޚާއްޞަކޮށްގެން މިއަދު ދިން ޚުޠުބާގައި ބުނި ގޮތުގައި އިސްލާމީ އަޚުލާޤުގެ މުހިންމު ސިފަތަކުގެ ތެރޭގައި ކެތްތެރިކަމާއި ބަސްމޮށުމާއި މީހުންނާ މުޢާމަލާތުކުރުމުގައި އަދަބުވެރި ރިވެތި ގޮތް ހިފުން ހިމެނެކަމަށާއި ކެތްތެރިކަމަކީ، ވަރަށް ގިނަ ކުށްތަކުންނާއި ހަވާނަފުސުގެ އެދުންތަކުން އިންސާނާ ސަލާމަތްކޮށްދޭ ސިފައެކެވެ.

މީގެ އިތުރުން ދުންޔަވީ ޙަޔާތަކީ އަބަދު އެއްގޮތަކަށް އޮންނަ އެއްޗެއް ނޫކަމާއި އަހަރެމެން ލޯބިވާ ދަރީންނާއި، މުދަލާއި، ގެދޮރު އަހަރެމެންގެ ލޯމަތީގައި ސަލާމަތުން ހުންނަ ފަހަރު އަންނައިރު، ދިމާވާ ޙާދިޘާއެއްގައި މި ހުރިހައި އެއްޗެއް ނެތި ފަނާވެދާ ކަމަށްވެސް ހުތުބާގައި ވެއެވެ. އަދި މި ހުރިހާ ކަމަކީވެސް الله تَعَالَىގެ އިމްތިޙާނެއް ކަމަށްވަނީ ބުނެފައިއެވެ.

”މުސްލިމް އަޚުންނޭވެ! އިސްލާމީ އަޚުލާޤުގެ މުހިންމު ސިފަތަކުގެ ތެރޭގައި  ކެތްތެރިކަމާއި ބަސްމޮށުމާއި މީހުންނާ މުޢާމަލާތުކުރުމުގައި އަދަބުވެރި ރިވެތި ގޮތް ހިފުން ހިމެނެއެވެ. ކެތްތެރިކަމަކީ، ވަރަށް ގިނަ ކުށްތަކުންނާއި ހަވާނަފުސުގެ އެދުންތަކުން އިންސާނާ ސަލާމަތްކޮށްދޭ ސިފައެކެވެ. މުސްލިމުން އެ ސިފަ ލިބިގަތުމަށް ކީރިތި ޤުރްއާނުގައި ވަރަށް ބޮޑަށް ބާރުއަޅުއްވައިފައި ވެއެވެ.“

”ހަމަކަށަވަރުން ތިމަން ރަސްކަލާނގެ ތިޔަބައިމީހުން އިމްތިޙާނުކުރައްވާހުށީމެވެ. (އެއީ) ބިރުވެރިކަމާއި، ބަނޑުހައިހޫނުކަމުގެ ތެރެއިން ކަމެއް މެދުވެރިކުރެއްވުމުންނެވެ. އަދި މުދާތަކާއި، ފުރާނަތަކާއި، މޭވާތައް އުނިކުރެއްވުމުންނެވެ. އަދި ކެތްތެރީންނަށް އުފާވެރިކަމުގެ ޚަބަރު، ކަލޭގެފާނު ދެއްވާށެވެ! އެއުރެންނީ އެއުރެންނަށް މުޞީބާތެއް ޖެހިއްޖެ ނަމަ، ހަމަކަށަވަރުން ތިމަންމެންނީ، اللهއަށް މިލްކުވެވޮޑިންވާ ބަޔެކޭ، އަދި ހަމަކަށަވަރުން ތިމަންމެންނީ، އެކަލާނގެ ޙަޟުރަތަށް އެނބުރި ދާނޭ ބަޔެކޭ ބުނާ މީހުންނެވެ. އެއުރެންނީ، އެއުރެންގެ ވެރި ރަސްކަލާނގެ ޙަޟުރަތުން މަޣުފިރަތާއި، ރަޙުމަތް އެއުރެންގެ މައްޗަށް ހުރި މީހުންނެވެ. އަދި ތެދުމަގު ލިބިގެންވާ މީހުންނީ ހަމަ އެއުރެންނެވެ.“

މީގެ އިތުރުން، ތި މާ އެ މީހަކާ މުޚާޠަބުކޮށް ވާހަކަދައްކާ މީހަކީ ކިތަންމެ ނުބައިނުލަފާ މީހަކުކަމުގައިވީ ނަމަވެސް އިސްލާމްދީނުގައި އަންގަވަނީ މަޑުމައިތިރިކަމާ އެކު ރިވެތި ބަހުން ބަސްބުނުމަށް ވެސް ހުޘުބާގައި ވަނީ ބުނެފަ އެވެ. އަދި ރިވެތި އަޚުލާޤުން މުޖުތަމަޢު ޒީނަތްތެރިވެފައި ވުމަކީ، ތަހުޒީބީ ގޮތުން ޤައުމެއް ކުރިއަރައިފައިވާކަމުގެ އެންމެ ފުރިހަމަ ނިޝާނެއްކަމަށްވެސް މިއަދު ހުޘުބާގައި ވަނީ ބުނެފައިއެވެ.

ހުތުބާގައި ބުނެފައި ވަނީ ރިިވެތި އަޚުލާޤީ ސިފަތަކުގެ ތެރޭގައި ތިމާއަށް އަޑުއިވޭ ހެޔޮ ބަސްތައް ކަނުލައި އަޑުއެހުން ވާއިރު ހުކުރު ޚުޠުބާއަކީ އެ އިރެއްގައި ހުރި އެންމެ މުހިންމު މަސްއަލަތަކާ މެދު މުސްލިމުންނަށް އިރުޝާދުދޭ ވަރަށް މުހިންމު ޚިޠާބައެއް ކަމަށެވެ. އަދި ހުކުރު ޚުޠުބާ ކަނުލައި އަޑުއެހުމާއި، ޚުޠުބާގައި ވާހަކަދައްކާ މައުޟޫޢަކަށް ފަރުވާތެރިވެ، ސަމާލުކަންދިނުމަކީ ހުކުރުގެ އަދަބުތަކުގެ ތެރޭގައި ހިމެނޭ ކަމެއްކަމަށް ވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: