ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ފްރީލާންސްކޮށް މަސްވެރިކަން ކުރާ މީހުން ރަޖިސްޓްރީވުމަށް ހުޅުވާލަނީ

ފްރީލާންސްކޮށް މަސްވެރިކަން ކުރާ ޒުވާނުންތަކެއް/ ފޮޓޯ: މައުރޫފް ޚަލީލް ޓުވިޓަރ
ޝެއާރކޮށްލާ ކަހަލަދޯ؟

ފްރީލާންސްކޮށް މަސްވެރިކަން ކުރަމުންދާ މީހުން ރަޖިސްޓްރީވުމަށް ވަރަށް އަވަހަށް ހުޅުވާލާނެކަމަށް މާލެ ސިޓީ ކައުންސިލުން ބުނެފިއެވެ.

“ސަންގު”އަށް ދެއްވި އިންޓަވިއުއެއްގައި މާލެ ސިޓީގެ ޑެޕިޔުޓީ މޭޔަރ ޝަމާއު ޝަރީފް ވިދާޅުވީ ފްރީލާންސްކޮށް މަސްވެރިކަން ކޮށްގެން އާމްދަނީ ހޯދާ ވަރަށް ގިނަ ބައެއްގެ އާމްދަނީ ލިބުން މިވަގުތު ހުއްޓިފައިވާ ކަން ފާހަގަކުރެވޭ ކަމަށެވެ. އަދި އެކި ގޮތްގޮތުން ސިޓީ ކައުންސިލަށާއ ކައުންސިލް މެމްބަރުންނަށް މިކމަުގެ ޝަކުވާ ހުށައެޅެމުން އަންނަ ކަމަށެވެ.

ޝަމާއު ވިދާޅުވީ، ފްރީލާންސްކޮށް މަސްވެރިކަން ކޮށްގެން އާމްދަނީ ހޯދާ މިހާ ގިނަ އަދަދެއްގެ ބަޔަކު އުޅޭކަން މީގެކުރިން ފާހަގަވެފައިނުވާ ކަމަށެވެ. އެހެންކަމުން، ފްރީލާންސް މަސްވެރިކަމުން އާމްދަނީ ހޯދާ މީހުން ފާހަގަވާނެފަދަ ގޮތަކަށް އެމީހުންވެސް ރަޖިސްޓްރީކުރުމަކީ މުހިންމުކަމެއް ކަމަށް ދެކޭ ކަމަށެވެ. އަދި ވަރަށް އަވަހަށް ސިޓީ ކައުންސިލުގައި ނަން ނޯޓު ކުރުމަށް ހުޅުވާލާނެ ކަމަށާއި އެކަމާ ގުޅުންހުރި މަޝްވަރާތައ މިހާރުވެސްް ކުރަމުންދާކަމަށް ޝަމާއު ވިދާޅުވިއެވެ.

ޝަމާއު ވިދާޅުވީ ފްރީލާންސްކޮށް މަސްވެރިކަންކުރާ މީހުންގެ ނަންތައް ނޯޓު ކުރުމަށްފަހު، މަހަށް ނުކުތުމުގެ ހުއްދަ ދިނުމަށް އެދި ހެލްތު ޕްރޮޓެކްޝަން އެޖެންސީއަށް ހުށައެޅުމަށް ނިންމާފައިވާ ކަމަށެވެ. އަދި ފުރަބަންދަށް ލުއިތައް ދެމުންދާއިރު، މިކަމަށް ހުއްދަ ލިބުމަކީ ވަރަށް ބޮޑު އުންމީދެއްކަމަށް ޝަމާއު ވިދާޅުވިއެވެ.

ފްރީލާންސްކޮށް ނުވަތަ އަމިއްލަ ކުދި ދޯނިފަހަރުގައި މަހަށް ނުކުމެގެން އާމްދަނީ ހޯދާ ގިނަ ބަޔަކު މާލެ ސަރަހައްދުގައިވެސް އުޅެމުން ދެއެވެ. އަދި މަދުމަދުން ބައެއް ކަންކަމަށް ހުއްދަ ދޫކުރަމުންދާއިރު، މިކަމަށް ހުއްދަ ނުލިބި އޮތުމުގެ ސަބަބުން ވަރަށް ގިނަ ބަޔަކު އަންނަނީ އެކަމާ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

އެގޮތުން، މަސްވެރިކަމަށް ނުކުމެ އުޅޭއިރު އުޅެނީ ރައްކާތެރިކަމުގެ ޚާއްސަ ފިޔަވަޅުތައް އަޅާއިގެންކަން އެމީހުން އަންނަނީ ފާހަގަކުރަމުންނެވެ. އެގޮތުން މަސްވެރިކަމުގައި ބޭނުންކުރާނެ ޚާއްސަ ބޫޓާއި، މާސްކާއި އަންގި ފަދަ ތަކެތި އަބަދުވެސް ބޭނުންކުރާކަން އެމީހުން ފާހަގަކުރެއެވެ. އަދި މަހަށް ނުކުތުމަށްފަހު، މާރުކޭޓަށް އައިސް އެމަސްކޮޅު ވިއްކާލުން ފިޔަވައި އިތުރު އެއްވެސް ބަޔަކާއި ކޮންޓެކްޓްް ނުވާނެކަން އެމީހުން އަންނަނީ ފާހަގަކުރަމުންނެވެ.

ފްރީލާންސްކޮށް މަސްވެރިކަން ކުރާ މީހުންނަށް މަހަށް ނުކުތުމުގެ ހުއްދަ ލިބިފައި ނުވިޔަސް، ފިޝަރީޒް މިނިސްޓްރީގައި ރަޖިސްޓްރީވެގެން ހިންގާ ބޮޑެތި މަސްދޯނި ފަހަރުގައި މަހަށް ދިޔުމަށް ވަކި ޝަރުތުތަކާއިއެކު އެޗްޕީއޭއިން ވަނީ ހުއްދަ ދީފައެވެ.

 

 

 

 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: