ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އަލިފާނުގެ ސަބަބުން ހުޅުމާލެއަށް ދުމުގެ އަސަރުކުރާތީ ސަމާލުވުމަށް އިލްތިމާސްކޮށްފި

ޝެއާރކޮށްލާ ކަހަލަދޯ؟

ހުޅުމާލެ ފޭސް 3 ގެ ވެމްކޯ ސައިޓުގައި އަލިފާން ރޯވުމާ ގުޅިގެން ދެވަނަ ފިޔަވަހީގެ އެކި ސަރަހައްދުތަކަށް ދުމުގެ އަސަރު ފޯރަމުންދާތީ، އާންމު ސިއްޙަތުގެ ރައްކާތެރިކަމަށް ސަމާލުވުމަށް ކަމާބެހޭ އިދާރާތަކުން އިލްތިމާސްކޮށްފިއެވެ.

ފަރުކޮޅުފުއްޓާ ދިމާ ބޭރުގައި އެއްކޮށްފައި ހުރި ކުނިތަކެއްގައި ރޯވި އަލިފާން، އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްއިން ވަނީ ހަވީރު 15:59 ހާއިރު ކޮންޓްރޯލް ކޮށްފައެވެ. ނަމަވެސް، އަލިފާން ކޮންޓްރޯލް ކުރެވުނު ފަހުންވެސް އެ ސަރަހައްދުން ބޯކޮށް ދުން އަރަމުންދާ ކަމަށާއި، ބައެއް ވަގުތުތަކުގައި އަދިވެސް އަލިފާން ފެންނަމުންދާ ކަމަށް މައުލޫމާތު ލިބެއެވެ.

މި ހާދިސާއާ ގުޅިގެން ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ބުނީ، ހުޅުމާލޭގައި ހިނގި މި އަލިފާނުގެ ސަބަބުން ފޭސް 2 ގެ ސަރަހައްދުތަކަށް ވަރަށް ބޮޑަށް ދުން ފެތުރިފައިވާ ކަމަށެވެ. އެހެންކަމުން ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ދެއްވާފައިވާ އިރުޝާދުތަކާ އެއްގޮތަށް ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް އެ އޮތޯރިޓީން ވަނީ އިލްތިމާސްކޮށްފައެވެ.

އެޗްޕީއޭއިން ވަނީ ދުމުގެ އަސަރު ކޮށްފައިވާ ސަރަހައްދުތަކަށް ޒަރޫރީ ބޭނުމެއްގައި މެヌވީ ބޭރަށް ނުނިކުތުމަށާއި، ބޭރަށް ނުކުންނަން ޖެހިއްޖެ ހާލަތެއްގައި އަނގަޔާއި ނޭފަތް ނިވާވާނޭހެން މާސްކު އެޅުމަށް އަންގާފައެވެ. ވަކިން ޚާއްޞަކޮށް، ހިތުގެ ބަލިތަކާއި ފުއްޕާމޭގެ ބަލިތައް ތަހައްމަލު ކުރަމުންދާ ފަރާތްތަކުން މިކަމަށް އިތުރަށް ސަމާލުވުމަށް އެ އެޖެންސީން ވަނީ އެދިފައެވެ. މީގެ އިތުރުން، ގޭތެރެއަށް ދުން ނުވަންނާނެހެން ދޮރުތަކާއި ކުޑަދޮރުތައް ރަނގަޅަށް ބަންދުކޮށްފައި ބެހެއްޓުމަށާއި، ނޭވާ ކުރުވުމާއި، ގަދަޔަށް ކެއްސުން ނުވަތަ ބޯއެނބުރުން ފަދަ އުނދަގޫތަކެއް ކުރިމަތިވެއްޖެނަމަ ލަސްނުކޮށް ސިއްޙީ އެހީތެރިކަން ހޯދުމަށްވެސް ވަނީ އިރުޝާދު ދީފައެވެ.

މި ހާދިސާއާ ގުޅިގެން ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިންވެސް ވަނީ ދެވަނަ ފިޔަވަހީގެ ރައްޔިތުން ކުޑަދޮރުތައް ލައްޕާފައި ބެހެއްޓުމަށް އެދިފައެވެ. އަދި މި ސަރަހައްދު ވީއެންމެ އަވަހަކަށް އާންމު ހާލަތަކަށް ގެނައުމަށްޓަކައި ކަމާބެހޭ އިދާރާތަކާ ގުޅިގެން ހުއްޓުމެއްނެތި މަސައްކަތް ކުރަމުންދާ ކަމަށް އެ ކުންފުނިން ވަނީ ހާމަކޮށްފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: