ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައީސް ނަޝީދުގެ ވެސް ބަހަކީ، އިމްރާނަށް މަޖިލީހުގެ އިމްތިޔާޒުތަކުގެ ތެރެއަށް ނުވަދެވޭނެ ކަމަށް!

މަޖިލިސް ހަމަނުޖެހުންތަކާ ގުޅިގެން ފުލުހަށް ހުށަހެޅުނު މައްސަލަތައް އިންސާފުވެރިކަމާއެކު ތަހުގީގުކުރާނެކަމަށް ވިދާޅުވުމުން ރައީސް ނަޝީދުގެ ވެސް ނުރުހުން އިމްރާނަށް
ޝެއާރކޮށްލާ ކަހަލަދޯ؟

ރައްޔިތުންގެ މަޖިލީހުގެ އިންތިޒާމްތަކާއި އެ މަޖިލީހުގެ އިމްތިޔާޒަށް އަރައިގަތުމުގެ ވިސްނުން ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ގެ ކިބައިގެން ހުންނަވައިގެން ނުވާނެ ކަމަށް އެމްޑީޕީގެ ޗެއާޕާސަން އަދި މަޖިލީހުގެ ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފު ދެއްކެވި ވާހަކަފުޅުތަކަށް ތާއީދު ކުރައްވާ އެ ޓްވީޓް މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝިދު ރީޓްވީޓް ކުރައްވައިފި އެވެ.

އަދާލަތަކީ އެއްވެސް ތާއީދެއް ނެތް ޕާޓީއެއް ކަމަށާއި، އަދި ރައްޔިތުންގެ މަޖިލީހުގައި އެއްވެސް ހައިސިއްޔަތެއް ނެތް ޕާޓީއެއްކަމަށް ވިދާޅުވެ ހަސަން ލަތީފް ވަނީ މިއަދު ޓްވީޓެއް ކުރައްވާފައެވެ. މި ދިޔަ ހަފްތާގެ އަންގާރަ ދުވަހު ކައުންސިލްގެ ދައުރު ދެންމުމަށްޓަކާ ގަނޫނު އަސާސީއަށް އިސްލާހު ގެނައުމުގެ ޖަލްސާއަށް ވޯޓަށް އެހުން ވަނީ ބާއްވާފައެވެ. އެހެން ނަމަވެސް ގާނޫނު އަސާސީއަށް އިސްލާހު ގެނައުމުގައި އިދިކޮޅު ޕީޕީއެމާއި، ޕީއެންސީގެ އެއްވެސް އެއްބާރުލުމެއް ނުލިބޭކަމަށާއި އެއީ ވަރަށް ޒިންމާދާރުކަން ކުޑަ އަމަލެއްގެ ގޮތުގައި ރައީސް ނަޝީދު ވަނީ ވިދާޅުވެފައެވެ.

އިދިކޮޅަށް އަމާޒުކޮށް ރައީސް ނަޝީދު ބަސްތައް އަމާޒު ކުރުމުން، ނައިފަރު ދާއިރާގެ މެމްބަރު އަދި ޕީޕީއެމްގެ ނައިބް ރައީސް އަހުމަދު ޝިޔާމް ވަނީ އެކަމާއި ދެކޮޅަށް ނިޒާމީ ނުކުތާއެއް ނެންގެވުމަށް މަސައްކަތް ކުރައްވާފައެވެ. އަދި އެ ފުރުސަތު ލިބިވަޑައި ނުގަތުމުން ޝިޔާމް ވަނީ ޖަލްސާތައް ކުރިޔަށް ގެންދަނީ ގާނޫނު އަސާސީއާއި ހިލާފަށް ކަމަށް ވިދާޅުވެފައެވެ.

އެކަމާއި ގުޅިގެން ޝިޔާމްގެ ނަން އިއްވުމަށްފަހު މަޖިލީހުގެ ތަޅުމުގެ ތެރޭގައި ހަމަނުޖެހުން ހިނގާ ޝިޔާމްއަށް ވަނީ އަނިޔާވެފައެވެ. އަދި އެކަމާއި ގުޅިގެން މައްސަލަ ފުލުހަށް ވެސް ހުށަހަޅާފައިވާއިރު އިމްރާން ވިދާޅުވެފައިވަނީ އިންސާފުވެރިކަމާއި އެކު އެ މައްސަލަ ބަލާނެ ކަމަށެވެ.

އެކަމާ ގުޅިގެން އިމްރާނާއި އޭނާ ނިސްބަތްވާ އަދާލަތަށް ފާޑުކިޔާ ހަސަން ލަތީފް ވަނީ ޓްވީޓެއް ކުރައްވާފަ އެވެ. އޭނާގެ ޓްވީޓް ރައީސް ނަޝީދު ރިޓްވީޓް ކުރައްވާފައިވާއިރު މެންބަރު ޝިޔާމަށް މެންބަރުން ހަމަލާ ދީފައިވަނީ ރައީސް ނަޝީދު އަންގަވައިގެން ކަމަށް އިދިކޮޅުން ވަނީ ތުހުމަތުކޮށްފައެވެ. އަދި ތަޅުމުގެ ތެރޭގެ ވީޑިއޯތައް ވެސް ވަނީ އާއްމުކޮށްފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: