ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ހިޔާ ފްލެޓުތައް ޖުލައިގައި ހަވާލު ކުރެވޭނެ ކަމަށް ބުނެވުނީ އޮޅިގެން: ހައުސިން މިނިސްޓްރީ

ނޫސްވެރިންގެ ބައްދަލުވުމެއްގައި ހައުސިން މިނިސްޓަރު އާތިފާ ވާހަކަފުޅު ދައްކަވަނީ / ފޮޓޯ: މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްގެ ވެރިކަމުގައި ހުޅުމާލޭގެ ދެވަނަ ފިޔަވަހީގެ ބިމުގައި އަޅާފައިވާ ހިޔާ މަޝްރޫއުގެ ފްލެޓްތައް ހަވާލު ކުރުމުގެ މަސައްކަތް އަންނަ ޖުލައި މަސް ނިމުމުގެ ކުރިން ފެށޭނެކަމަށް ހައުސިން މިނިސްޓަރު އައިމިނަތު އާތިފާއަށް ވިދާޅު ވެވުނީ މައުލޫމާތު ދިނުމުގައި އެރި އޮޅުމަކުން ކަމަށް އެ މިނިސްޓްރީން ބުނެފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ ގައުމީ ތަރައްގީއާއި ތަރިކައިގެ ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގައި ކޮމިޓީ ބައްދަލުވުމުގައި، އާތިފާ ވިދާޅުވެފައިވަނީ ފްލެޓު ލިބޭ މީހުންގެ ލިސްޓުތައް ފައިނަލް ކުރުމުގެ މަސައްކަތްތައް ކުރިޔަށް ދާ ކަމަށެވެ. އަދި ލިސްޓު އެސެސްޓް ކުރުމުގެ މަސައްކަތް ކުރަނީ ކޮމިޓީން އާއި ގުޅިގެން ކަމަށާއި ފްލެޓުތަކާއި ގުޅިގެން އުފައްދާފައިވާ ކޮމިޓީން ކުރިޔަށް ގެންދަނީ ހާލަތު ބެލުމުގެ މަސައްކަތް ކަމަށް ކޮމިޓީ ބައްދަލުވުމުގައި މެމްބަރުން ކުރ ސުވާލުތަކަށް ވިދާޅުވިއެވެ. އާތިފާ ވިދާޅުވީ ލިސްޓުގައިވާ މީހުންގެ ތެރެއިން އެއްވެސް މީހެއްގެ ގެއެއް ހުރިތޯ ބެލުމުގެ މަސައްކަތް މިހާރު ވެސް ކުރިޔަށް ދާ ކަމަށެވެ. އެެ

ކޮމިޓީގައި ސީދާ ވަކި ތާރީހެއް ނުދެއްވާ އާތިފާ ވިދާޅުވެފައިވަނީ ޑޭޓާ ޕްރެސް ކުރުމުގެ 90 އިންސައްތަ މަސައްކަތް ނިމިފައިވާއިރު ން އުންމީދު ކުރަނީ ޖުލައި މަސް ނިމެންވާއިރަށް ފްލެޓުތައް ހަވާލުކުރެވޭ ވަރު ވާނެކަމުގައި ކަމަށެވެ.

ނަމަވެސް މިރޭ ކުއްލި ގޮތަކަށް ބަޔާނެއް ނެރެ ހައުސިން މިނިސްޓްރީން ބުނެފައިވަނީ ޖުލައި މަސް ނިމުމުގެ ކުރިން ފްލެޓު ހަވާލުކުރެވޭނެ ކަމަށް މިނިސްޓަރަށް މައުލޫމާތު ދެވުނީ އޮޅިގެން ކަމަށެވެ. އެ ބަޔާނުގައި ބުނެފައިވަނީ ކޮވިޑްގެ ސަބަބުން ކުރިން ފައިނަލް ލިސްޓް އާންމުކުރަން ތާވަލްކުރި ތާރީހުގައި ލިސްޓް އާންމު ކުރެވިފައިނުވާ ކަމަށެވެ. އަދި އެެހެންވީ ލޮކްޑައުންގެ ސަބަބުން ގޭގެއަށް ޒިޔާރަތް ކުރުމުގައި ދަތިވުމުން ކަމަށް ވަނީ ބަޔާންކޮށްފައެވެ.

މިނިސްޓްރީން މިރޭ ނެރުނު ބަޔާނުގައި ވެސް އެއްވެސް ތާރީހެއް ފާހަގަކޮށްފައި ނުވެއެވެ.

https://twitter.com/MoHUDmv/status/1268963390245896192

ކުރީ ސަރުކާރުން ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ތަރައްގީ ކުރަންފެށި ހިޔާ މަޝްރޫއުގެ ދަށުން 7،000 ހައުސިން ޔުނިޓުގެ މަސައްކަތް ކޮށްފައިވަނީ ޗައިނާގެ ޗައިނާ ސްޓޭޓް ކޮންސްޓްރަކްޝަން އިންޖިނިއަރިން ކޯޕަރޭޝަން (ސީއެސްސީއީ) އިންނެވެ. މަޝްރޫއުގެ ދަށުން 25 ބުރީގެ 16 ޓަވަރު އަޅާފައިވެއެވެ.

ރައްޔިތުން މަޖިލީހުގައި ރިޔާސީ ބަޔާން އިއްވަމުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެފައިވަނީ ރައްޔިތުންގެ އެންމެ ބޮޑު ކަންބޮޑުވުމަކީ އަބުރުވެރި ދިރިއުޅުމަކަށް ބޭނުންވާ އަމިއްލަ ބޯހިޔާވަހިކަމެއް ނެތުން ކަމަށެވެ. ހިޔާ މަޝްރޫއުގެ ފްލެޓްތަކަށް ހުށަހެޅި ފޯމުތަކުގެ މައުލޫމާތުތަކަށް ބަލާއިރު، އަތްފޯރާފަށުގެ ބޯހިޔާވަހިކަމަށް ބޭނުންވެފައިވާ، 20،000 އަށް ވުރެ ގިނަ އާއިލާ، ހަމައެކަނި މާލެ ސަރަހައްދުގައި ތިބި ކަން ރައީސް ފާހަގަކުރެއްވި އެވެ.

ރައީސް ޔާމީންގެ ސަރުކާރުގައި އެޅި އެ ފްލެޓްތައް ދޫކުރާ ލިސްޓުގައި ކޮރަޕްޝަން އެކުލެވޭ ކަމަށާއި، އެ ލިސްޓުގައި އޮތީ އޭރުގެ ސަރުކާރުގެ އިސް ބޭފުޅުންގެ ގާތް މީހުން ކަމަށް ތުހުމަތު ކުރެވުނެވެ. އަދި މި މައްސަލަ ބަލައި ފްލެޓްތައް ސީދާ ހައްގުވާ މީހުނަށް ހަވާލު ކުރުމަކީ މި ސަރުކާރުގެ ވައުދެކެވެ.

 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: