ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައީސް ނަޝީދު ޝިދާތާއަށް: “އަދާލަތު ޕާޓީއަކީ ކޯލިޝަންއެއްގެ ގޮތުގައި ދެކޭނަމަ އެމްޑީޕީ ދައްކާ ވާހަކަ އަޑު އައްސަވާ”

މަޖިލިސް ހަމަނުޖެހުންތަކާ ގުޅިގެން ފުލުހަށް ހުށަހެޅުނު މައްސަލަތައް ތަހުގީގުކުރާނެކަމަށް އިމްރާން، ވިދާޅުވުމުން ކޯލިޝަންގެ މެދުގައި މައްސަލަ ހޫނު ވުން
ޝެއާރކޮށްލާ ކަހަލަދޯ؟

އަދާލަތު ޕާޓީއަކީ މި ސަރުކާރުގެ ކޯލިޝަން ޕާޓީއެއްގެ ގޮތުގައި ދެކޭނަމަ ކޯލިޝަންގެ ޕާޓީ އެމްޑީޕީގެ ޗެއާޕާސަން ވެސް ދައްކަވާ ވާހަކަ އަޑުއެއްސެވުން ބުއްދިވެރިކަމަށް ވިދާޅުވެ ކުރީގެ ޖެންޑާރ މިނިސްޓަރު ޝިދާތާ ޝަރީފަށް އެމްޑީޕީގެ ރައީސް، އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ރައްދު ދެއްވައިފިއެވެ.

އަދާލަތު ޕާޓީއަކީ ރައްޔިތުންގެ އެއްވެސް ތާއީދެއް އަދި މަޖިލީހުގައި އެއްވެސް ހައިސިއްޔަތެއް ނެތް ޕާޓީއެއްކަމަށް ވިދާޅުވެ އެންމެ ފުރަތަމަ ޓްވީޓު ކުރައްވާފައިވަނީ އެމްޑީޕީގެ ޗެއާޕަސަން ހަސަން ލަތީފެވެ. ހަސަން ލަތީފް ވިދާޅުވީ އަދާލަތަށް ރައްޔިތުންގެ އެއްވެސް ތާއީދެއް ލިބި މަޖިލީހުގެ “އެންމެ ގޮނޑިއެއް ވެސް” ލިބިފައި ނުވާ ކަމަށެވެ. އެހެން ކަމުން، ހޯމް މިނިސްޓަރު އަދި އަދާލާތު ޕާޓީގެ ލީޑަރު އިމްރާން އަބްދުﷲ މަޖިލީހުގެ އިމްތިޔާޒުތަކަށް ވަދެގެން ނުވާނެ ކަމަށެވެ.

ހަސަން ލަތީފްގެ އެ ޓްވީޓާއި އެކު، އަދާލާތު ޕާޓީގެ ސްލޮޓުގައި ވަޑައިގެންނެވި ސަރުކާރުގެ ފުރަތަމަ ޖެންޑާރ މިނިސްޓަރު ޝިދާތާ ޝަރީފް ވިދާޅުވީ މަޖިލީހުގައި ހިނގައިދިޔަ ކަންކަން ބައްލަވާނެ ކަމަށް އިމްރާން ވިދާޅުވެފައިވަނީ ހޯމް މިނިސްޓަރުގެ ހައިސިއްޔަތުންނެވެ. އަދި އެއީ، އަދާލަތު ޕާޓީގެ ރައީސްގެ ހައިސިއްޔަތުން ދެއްކެވި ވާހަކަތަކެއް ނޫން ކަމަށް ޝިދާތާގެ ފޭސްބުކް ޕޯސްޓެއްގައި ވިދާޅުވިއެވެ. ހަސަން ލަތީފަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ ޝިދާތާ ވަނީ “ބޮޑު ބިޔަ ޕާޓީއެއްގެ ޗެއާޕާސަންއަކަށް އެކަން އެނގިވަޑައިގަންނަވަން ޖެހޭނެ” ކަމަށް ވިދާޅުވެފައެވެ.

ޝިދާތާ ވިދާޅުވީ އަދާލަތަކީ މަޖިލީހުގައި އެއްވެސް އެ ޕާޓީ ތަމްސީލު ކުރާ މެމްބަރެއް ނެތް ޕާޓީއަކަސް ންމެ ފަހަރަކު ވެރިކަމަށް އަންނަން ބޭނުންވާ ވޯޓުކޮޅު ހަމަކޮށްދެނީ އަދާލަތު ޕާޓީން ކަމަށެވެ. އަދި މިއަދު ބޮޑު ބިޔަ ޕާޓީތަކުން އެކަން ހަނދާން ނެތުނަސް ހަގީގަތަކީ އެއީ ކަމަށެވެ.

ޝިދާތާގެ ޓްވީޓަށް ރައްދު ދެއްވައި ރައީސް ނަޝީދު ކުރެއްވި ޓްވީޓުގައި ވިދާޅުވީ އަދާލަތަކީ ކޯލިޝަންއެއްގެ ޕާޓީއެއް ކަމަށް ދެކޭނަމަ އެމްޑީޕީގެ ޗެއާޕާސަން ދައްކަވާ ވާހަކަ އަޑުއެހުން ބުއްދިވެރި ކަމަށެވެ. އަދި އަދާލަތަށް ފުރާދިން ފޯމުތައް ވެސް މަދެއް ނުވާނެ ކަމަށާއި، އެކަން އަދާލަތު ޕާޓީގެ މުޝްތަޝާރަށް އެނގިވަޑައިގަންނަވާނެ ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

https://twitter.com/MohamedNasheed/status/1268981493214466050

ސޯޝަލް މީޑިއާގައި މިކަން އެންމެ ފުރަތަމަ ފެށުނު ހިސާބަކީ، މަޖިލީހުގެ ޖަލްސާގައި ހިނގައިދިޔަ ކަންތަކަށް ފަހު އެކަން އިދިކޮޅު ޕީޕީއެމާއި ޕީއެންސީން ފުލުހަށް ހުށަހެޅުމުން އެކަން ބައްލަވާނެ ކަމަށް އިމްރާން ވިދާޅުވުމުންނެވެ. ދައުލަތުގެ މީޑިއާ ޕީއެސްއެމްގެ ޕްރޮގްރާމެއްގައި އިމްރާން ވިދާޅުވެފައިވަނީ މަޖިލިސް އިދާރާގައި ހިނގައި ދިޔަ ކަންކަން ފުލުހުންނަށް ހުށައަޅާފައި ވާއިރު، އެކަންކަން އިންސާފުވެރިކަމާއެކު އެމައްސަލަތައް ބަލައި އަޅަންޖެހޭ ޤާނޫނީ ފިޔަވަޅު އެޅުމަކީ ފުލުހުންގެ ޒިންމާއެއް ކަމަށެވެ. އެހެން ނަމަވެސް ދައުލަތުގެ މުޢައްސަސާތައް މިނިވަންކަމާއިއެކު ހިންގުމުގެ ތެރެއަށް ސަރުކާރުން ނުވަނުން އެއީ އިސްކަމެއް ދޭ ކަމެއްގެ ގޮތުގައި ވިދާޅުވިއެވެ.

އިމްރާންގެ ވާހަކަތަކަށް ރައްދު ދެއްވައި އެމްޑީޕީގެ ޗެއާޕާސަންކަން ވެސް ކުރައްވާ ހަސަން ލަތީފް ވިދާޅުވީ އަދާލަތަކީ އެއްވެސް ދާއިރާއަކުން ރައްޔިތުންގެ ތާއީދު މަޖިލީހުގެ ތެރެއިން ލިބުނު ޕާޓީއެއް ނޫން ކަމަށެވެ. އަދި މަޖިލީހުގެ “އެންމެ ގޮނޑިއެއް ހާ މިންވަރު ވެސް” ކާމިޔާބު ނުވި ޕާޓީއެއްކަމަށްވެ. އެހެން ކަމުން މަޖިލީހުގެ ނިޒާމަށް ހުރަސް އަޅައި މަޖިލީހުގެ އިންތިޒާމްތަކަގު ތެރެއަށް ވަނުމުގެ ވިސްނުމެއް އިމްރާންގެ ހުރެގެން ނުވާނެ ކަމަށް ހަސަން ލަތީފް ވިދާޅުވިއެވެ.

 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: