ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޝިފާޒްގެ ރައްދު: ވެރިކަމެއް ނިންމަން ކުރީ ބުރަ މަސައްކަތެއް، “އެއްޗެއް ބުނާއިރު ހަ ފަހަރަށް ވިސްނަން ޖެހޭނެ”

މަޖިލިސް ހަމަނުޖެހުންތަކާ ގުޅިގެން ފުލުހަށް ހުށަހެޅުނު މައްސަލަތައް ތަހުގީގުކުރާނެކަމަށް އިމްރާން، ވިދާޅުވުމުން ކޯލިޝަންގެ މެދުގައި މައްސަލަ ހޫނު ވުން - ޝިފާޒް ފޮޓޯ/ ސަން
ޝެއާރކޮށްލާ ކަހަލަދޯ؟

ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްގެ ވެރިކަން ނިމުމަކަށް ގެނައުމަށް އެމްޑީޕީ ކުރީ ބުރަ މަސައްކަތެއް ކަމަށާއި، އެމްޑީޕީއަށް އަމާޒުކޮށް އެއްޗެއް ވިދާޅުވާނަމަ “ހަ ފަހަރަށް ވިސްނަން” ޖެހޭނެ ކަމަށް އެމްޑީޕީގެ ނައިބް ރައީސް މުހައްމަދު ޝިފާޒް ވިދާޅުވެއްޖެއެވެ.

އަންގާރަ ދުވަހުގެ މަޖިލީސް ޖަލްސާގައި ހިނގައިދިޔަ ހަމަނުޖެހުންތަކަށް ފަހު، ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމަށް އެމްޑީޕީގެ މެމްބަރުން އަނިޔާކޮށްފައިވާ ކަމަށް ބުނެ އިދިކޮޅުން ވަނީ މައްސަލަ ފުލުހަށް ހުށަހަޅާފައެވެ. އަދި މެމްބަރުން ގަދަބާރު ދެއްކީ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އެންގެވުމަކަށް ކަމަށް އިދިކޮޅުން ވަނީ ބުނެފައެވެ.

މި މައްސަލައިގައި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެފައިވަނީ، މަޖިލިސް އިދާރާގައި ހިނގައި ދިޔަ ކަންކަން ފުލުހުންނަށް ހުށައަޅާފައި ވާއިރު، އެކަންކަން އިންސާފުވެރިކަމާއެކު އެމައްސަލަތައް ބަލައި އަޅަންޖެހޭ ޤާނޫނީ ފިޔަވަޅު އެޅުމަކީ ފުލުހުންގެ ޒިންމާއެއް ކަމަށެވެ. ނަމަވެސް އިމްރާނަށް ރައްދު ދެއްވައި އެމްޑީޕީގެ ޗެއާޕާސަން ވަނީ އަދާލަތަށް ރައްޔިތުންގެ އެއްވެސް ތާއީދެއް ލިބި މަޖިލީހުގެ “އެންމެ ގޮނޑިއެއް ވެސް” ލިބިފައި ނުވާއިރު އަދާލާތު ޕާޓީގެ ލީޑަރު އިމްރާން މަޖިލީހުގެ އިމްތިޔާޒުތަކަށް ވަދެގެން ނުވާނެ ކަމަށެވެ.

ހަސަން ލަތީފަށް ރައްދު ދެއްވައި، ރައްޔިތުންގެ އިތުބާރު ގެއްލުމުން ޖެންޑާ މިނިސްޓަރުކަމުން އިސްތިއުފާ ދެއްވި މި ސަރުކާރުގެ ފުރަތަމަ ޖެންޑާރ މިނިސްޓަރު ޝިދާތާ ޝަރީފް ވިދާޅުވީ އަދާލަތަކީ މަޖިލީހުގައި އެއްވެސް އެ ޕާޓީ ތަމްސީލު ކުރާ މެމްބަރެއް ނެތް ޕާޓީއަކަސް ންމެ ފަހަރަކު ވެރިކަމަށް އަންނަން ބޭނުންވާ ވޯޓުކޮޅު ހަމަކޮށްދެނީ އަދާލަތު ޕާޓީން ކަމަށެވެ. އަދި މިއަދު ބޮޑު ބިޔަ ޕާޓީތަކުން އެކަން ހަނދާން ނެތުނަސް ހަގީގަތަކީ އެއީ ކަމަށެވެ.

ޝިދާތާގެ މި ޓްވީޓަށް ރައީސް ނަޝީދު ވެސް ރައްދު ދެއްވިއެވެ. އެމަނިކުފާނު ވިދާޅުވީ، އަދާލަކީ މި ސަރުކާރުގެ ކޯލިޝަން ޕާޓީއެއް ނަމަ އެމްޑީޕީން ބުނާ ބަސް އަޑުއެހުން ބުއްދިވެރި ކަމަށެވެ. އޭގެ ކުރިން ރައީސް ނަޝީދު ހަސަން ލަތީފްގެ ޓްވީޓު ރީޓްވީޓު ވެސް ކުރެއްވިއެވެ.

މައްސަލަ ހޫނުވެ، ޝިފާޒް ކުރައްވާފައިވާ ޓްވީޓުގައި ރައީސް ޔާމީންގެ ވެރިކަން ނިމުމަކަށް ގެނެވުނީ އެމްޑީޕީގެ ބުރަ މަސައްކަތުންކަމަށް ދޭހަވާ މޭރުމަކުން ވިދާޅުވީ އެކަމާއި ވިދިގެން ވެސް އެމްޑީޕީއަށް ބަސް ބުނުމުގެ ކުރިން ކޮންމެ މީހަކު ވެސް “ހަ ފަހަރަށް ވިސްނަން” ޖެހޭނެ ކަމަށެވެ. އަދި ގައުމަށްޓަކައި އެމްޑީޕީން ކުރި މަސައްކަތް ހަނދާން ނެތި، އެއްވެސް ބޭފުޅަކަށް އޮޅިގެން ނުވާނެ ކަމަށެވެ.

https://twitter.com/mdpshippe/status/1268972014443757568

އަދާލަތާއި އެމްޑީޕީގެ މެދުގައި އޮތް ގުޅުން ގޯސްވެފައިވާއިރު، އެމްޑީޕީގެ ޕާލިމެންޓު މެމްބަރުން ވެސް ދަނީ އިމްރާނަށް ފާޑުވިދާޅުވަމުންނެވެ. އަދި އަދާލަތަކީ އެއްވެސް ހައިސިއްޔަތެއް ނެތް ޕާޓީއެއް ކަމަށް ސޯޝަލް މީޑިއާގައި އާއްމުންވެސް ދަނީ ގޮވާލަމުންނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: