ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

“ގަޔަށް އަތްލައި” އަނިޔާ ކުރީ ސީދާ ރައީސް ނަޝީދުގެ އެންގުމަށް، އަނިޔާތަކަށް މިދަނީ ފަރުވާ ހޯދަމުން: ޝިޔާމް

މަޖިލީހުގެ ޖަލްސާގައި ހިނގައިިދިޔަ ހަމަނުޖެހުންތަކުގެ ތެރެއިން، ޝިޔާމްއަށް އަނިޔާ ވީ މައްސަލަ
ޝެއާރކޮށްލާ ކަހަލަދޯ؟

މަޖިލީހުގެ ރައީސް، މުހައްމަދު ނަޝީދުގެ ޣައިރު ގާނޫނީ އެންގެވުމާއި ގުޅިގެން ސަރުކާރަށް ނިސްބަތްވާ މެމްބަރުންތައް އޭނާއަށް އަނިޔާ ކުރީ މަޖިލީހުގެ ތަޅުމުން ބޭރަށް ނެރުމުގެ ނަމުގައި ކަމަށާއި، ލިބުނު އަނިޔާތަކަށް ފަރުވާ ހޯދަމުން ދާ ކަމަށް ނައިފަރު ދާއިރާގެ މެމްބަރު އަދި ޕީޕީއެމްގެ ނައިބް ރައީސް އަހުމަދު ޝިޔާމް ވިދާޅުއްޖެއެވެ.

ކައުންސިލްތަކުގެ ދައުރާއި ބެހޭގޮތުން ގާނޫނު އަސާސީއަށް އިސްލާހު ގެނައުމަށް ބޭއްވި ޖަލްސާގައި ވަނީ ބޮޑެތި ހަމަނުޖެހުންތަކެއް ހިނގާފައެވެ. އެގޮތުން ގާނޫނު އަސާސީއަށް އިސްލާހު ގެނައުމުގައި އިދިކޮޅުގެ އެއްވެސް އެއްބާރުލުމެއް ލިބިފައި ނުވާ ކަމަށާއި، އަދި އެއީ ވަރަސް ޒިންމާދާރުކަން ކުޑަ އަމަލެއްގެ ގޮތުގައި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވުމުން ޝިޔާމް ވަނީ ނިޒާމީ މައްސަލައެއް ނަންގަވަން މަސައްކަތްކޮށް މަޖިލީހުގައި ކުރިޔަށް ދާ އެ ޖަލްސާއަކީ ގާނޫނު އަސާސީއާއި ހިލާފަށް ކުރިޔަށް ގެންދާ ޖަލްސާއެއްކަމަށް ވިދާޅުވެފައެވެ. އަދި ޝިޔާމް އަޑުގަދަ ކުރައްވަން ފެއްޓެވެމުން ރައީސް ނަޝީދު އޭނާގެ ނަން އިއްވުމުން މަޖިލީހުގެ އެމްޑީޕީ މެމްބަރުން ޝިޔާމް ތަޅުމުން ނެރުމަށް ކުރި މަސައްކަތުގެ ތެރެއިން ހަމަނުޖެހުން އުފެދި ޝިޔާމްއަށް އަނިޔާ ވީއެވެ.

މި މައްސަލަ އިދިކޮޅުގެ ފަރާތުން ފުލުހަށް ހުށަހަޅާ ވަނީ، މެމްބަރުން ޝީޔާމާއި ދިމާކުރީ ރައީސް ނަޝީދުގެ އެންގެވުމަށްކަމަށް ބުނެފައެވެ. އެރޭ ޝިޔާމް އޭޑީކޭ ހޮސްޕިޓަލަށް ދެއްކުމަށްފަހު އިދިކޮޅުން ބުނެފައިވަނީ އޭނާގެ މޭކަނޑިގަނޑުގައި ރެނދެއް ލާފައިވާ ކަމަށެވެ.

މައްސަލައާއި ގުޅިގެން ބަޔާނެއް ނެރުއްވާ ޝިޔާމް ވިދާޅުވީ، ޖަލްސާގެ ތެރެއިން އޭނާގެ ނަން އިއްވާފައިވަނީ އެއްވެސް އިންޒާރެއް އަދި ނަސޭހަތެއް ވެސް ދެއްވުމެއް ނެތި ކަމަށެވެ. ޝިޔާމް ވިދާޅުވީ ތަޅުމުގައި މެމްބަރެއްގެ ނަން އިއްވާނަމަ އޭގައި އަމަލު ކުރަންޖެހޭނެ އުސޫލު ރައްޔިތުންގެ މަޖިލީހުގެ ގަވައިދުގެ 65 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ކަމަށެވެ. އެހެން ނަމަވެސް ނަން އިއްވީ އެ މާއްދާއާއި ހިލާފަށް ކަމަށް ވާއިރު މަޖިލީހުގެ މެމްބަރުން ތަބާވާންޖެހޭނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް، ގާނޫނުތަކާއި ރައްޔިތުންގެ މަޖިލީހުގެ ގަވައިދާއާއި އެއްގޮތްވާ ގޮތުގެ މަތީން އަންގަވާ އެންގެވުންތަކަށްކަން އެނގެން އެބައޮތް ކަމަށެވެ.

ޝިޔާމް ވިދާޅުވެފައިވަނީ އެރޭގެ ޖަލްސާގައި ގަވައިދާއި ހިލާފަށް އެންގެވި އެންގެވުމާއި އެއްގޮތަށް ޖަލްސާ ދޫކޮށް ނުދިޔަކަމަށް ވިދާޅުވެ އެމްޑީޕީގެ މެމްބަރުން އޭނާ މަޖިލީހުގެ ތަޅުމުން ނެރުމަށް މަސައްކަތް ކުރި ކަމަށެވެ.

 

“މި ކަމަކީ ރައްޔިތުންގެ މަޖިލީހުގެ ގަވައިދުގެ 03 ވަނަ މާއްދާއާއި 65 ވަނަ މާއްދާއާ ކަނޑައެޅިގެން ހިލާފަށް ރައްތިތުންގެ މަޖިލީހުގެ ރައީސް ކުރައްވާފައިވާ ކަމެއްކަމުގައި އަޅުގަނޑު ދަންނަވަމެވެ. މަޖިލީހުގެ ރައީސްގެ މި ޣައިރު ގާނޫނީ އެންގެވުމާއި ގުޅިގެން ސަރުކާރަށް ނިސްބަތްވާ މެމްބަރުންތަކެއް ވަނީ (އެޗްޕީއޭގެ އެންގުމާއި، އެ އޭޖެންސީގެ ގައިޑްލައިނާއި ހިލާފުވެ، ގައިގޯޅިވެ، ގަޔަށް އަތް ލައި) އަޅުގަނޑު މަޖިލީހުހން ނެރެން ކަމަށް ބުނެ އަނިޔާތަކެއް ދީފައެވެ. މިކަމުގެ ސަބަބުން އަޅުގަނޑަށް ލިބުނު އަނިޔާތަކަށް ފަރުވާ ހޯދުމުގެ ކަންކަން މިހާރު އަންނަނީ ކުރަމުންނެވެ.” ޝިޔާމްhttps://twitter.com/Shiyamaldives/status/1269185733836726272

ޝިޔާމް ވިދާޅުވީ ތަޅުމުގެ ތެރޭގައި މެމްބަރުން ދިން އަނިޔާތަކަށް ފަރުވާ ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އަދި މަޖިލީހުގައި އެމްޑީޕީ މެމްބަރުންގެ ފަރާތުން ފެނުނު އަމަލުތަކަކީ ޖިނާއީ ކުށްތަކެއްކަމަށް ގަބޫލު ކުރާ ކަމަށެވެ. ޝިޔާމް ވިދާޅުވީ މައްސަލަ ބަލައިދިނުމަށް އެދި ފުލުހަށް ހުށަހެޅީވެސް އެ ސަބަބާއި ހުރެ ކަމަށެވެ. އެހެން ކަމުން އެއްވެސް ނުފޫޒެއް ނެތި ފުލުހުންގެ ފަރާތުން އެ މައްސަލަ ބަލައިދިނުމަށް އެދޭކަމުގައި އޭނާ ވިދާޅުވިއެވެ.

ޝިޔާމަށް އަނިޔާވުމާ ގުޅިގެން އޭނާގެ އުފަން ރަށް، ޅ. ނައިފަރުގައި ޝިޔާމާއި ޕީޕީއެމްގެ ސަޕޯޓަރުން މުޒާހަރާ ވެސް ކޮށްފައިވެ އެވެ. މުޒާހަރާގެ ބައިވެރިން ވަނީ ޝިޔާމަށް އަނިޔާ ކުރި މަޖިލީހުގެ މެންބަރުންނަށާއި މަޖިލީހުގެ ރައީސް ނަޝީދަށް ފިޔަވަޅު އެޅުމަށް ގޮވާލައިފަ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: