ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މާލޭގައި ތަށިވީ މީހުން ސަރުކާރު ހަރަދުގައި ރަށަށް، 24 ދުވަހަށް ހޯމް ކަރަންޓީން ވާން ޖެހޭ!

މާލެ ލޮކްޑައުން ކުރުމާއި ގުޅިގެން ރަށަށް ނުދެވި ތާށިވެފައިވާ މީހުން
ޝެއާރކޮށްލާ ކަހަލަދޯ؟

މާލެ ލޮކްޑައުން ކުރުމާއި ގުޅިގެން، ރަށަށް ނުދެވި ތާށިވީ މީހުން އެ މީހުންގެ ރަށްތަކަށް ގެންގޮސްދީ 24 ދުވަހުގެ ހޯމް ކަރަންޓީނެއް ފުރިހަމަ ކުރާ ގޮތަށް އުސޫލު އާއްމުކޮށްފިއެވެ.

މިދިޔަ އޭޕްރިލް މަހުގެ 15 ވަނަ ދުވަހުން ފެށިގެން މުޅި މާލެ ސަރަހައްދު އެއްކޮށް ލޮކްޑައުންކޮށް އަރާ ފޭބުން މަނާކޮށްފައިވަނީ ކޮވިޑުގެ ކޭސްއެއް ފެނުމާއި ގުޅިގެންނެވެ. އަދި އޭގެ ސަބަބުން މާލެއާއި އަދި ރަށްތަކުގައި އެތައް ބަޔަކު ތިބީ ތާށިވެފައެވެ. ބައެއް ފަރާރްތަކަށް މާލެ އައުމުގެ ހުއްދަ ލިބުމާއި އަދި މާލޭގައި ތާށިވީ ފަރާތްތަކަށް ހުއްދަތައް ލިބުނު ނަމަވެސް އަދި ވެސް ރިސޯޓުތަކުގެ މުވައްޒަފުންނާއި އަދި އެ ނޫންވެސް އެކި ބޭނުންތަކުގައި މާލެއައި މީހުންތައް ރަށަށް ނުދެވިފައި އެބަތިއްބެވެ.

މިކަމާއި ގުޅިގެން އެކުލަވާލާފައިވާ އުސޫލުގައި އެޗްޕީއޭއިން ބުނެފައިވަނީ   ރަށްރަށުގައި ކަރަންޓީނުވުމަށް ފުރުސަތު ދެވޭނީ ކައުންސިލްގައި އެކަމަށް ރަޖިސްޓްރީވެފައިވާ މީހުން ކަމަށެވެ. އަދި އެ މީހުން ކަރަންޓީނު ކުރުމަށް އެދޭ ގެތައް އެއީ ހޯމް ކަރަންޓީނުގެ އުސޫލަށް ފެތޭތަނެއްތޯ ކައުންސިލްތަކުން ބަލާނެ ކަމަށް އުސޫލުގައި ވަނީ ބުނެފައެވެ.

ކޮންމެ މީހެއް ރަށަށް ދިއުމުގެ ހަރަދުތައް ސަރުކާރުން ހަމަޖައްސާއިރު، އެ މީހަކު ގޭގައި ކަރަންޓީނު ވާން ޖެހޭނީ 24 ދުވަހުގެ މުއްދަތަކަށެވެ. އަދި ކޮވިޑަށް އެ މީހަކު ޓެސްޓު ކުރާނީ އޭގެ ފަހުންނެވެ.

އުސޫލުގައި ބުނެފައިވާ ގޮތުން ކަރަންޓީނުވާ ގެއެއްގައި 60 އަހަރުން މަތީގެ މީހުންނާއި، މާބަނޑު މީހުން އަދި ކިޑްނީގެ ބަލިތަކާއި، ނޭވާ ހިއްލުން އަދި އެ ނޫންވެސް ސީރިއަސް ބޮޑެތި ބަލިތަކަށް ފަރުވާ ކުރާ މީހެއް ހުރެގެންނެއް ނުވާނެއެވެ.

މީގެ އިތުރުން އެ މީހަކަށް ވަކި ފާހަނާއެއް ހުންނަން ޖެހޭއިރު ކަރަންޓީނުގައި ހުންނަ މީހާ ބޭނުން ކުރާ ހުރިހާ ސާމާނެއް ހުންނަން ޖެހޭނީ ވަކީންނެވެ. އަދި އެގެއަކަށް އެއްވެސް މީހަކަށް ޒިޔާރަތެއް ނުކުރެވޭނެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: