ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ފްލެޓުތައް ނުދެވިގެން އުޅެނީ ނާގާބިލުކަމުން، ރައްޔިތުން ނޫނެކޭ ބުނާނީ “އޮޅިގެންނެއް” ނޫން: މުއިއްޒު

ފްލެޓުތަކުގެ މައްސަލައިގައި މުއިއްޒުގެ ފާޑުކިޔުން ސަރުކާރަށް - ފޮޓޯ/ މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި އަޅާފައިވާ “ހިޔާ މަޝްރޫއު” ގެ ފްލެޓްތައް ހަވާލު ކުރަން މިހާރުގެ ސަރުކާރުގައި ލަސްވެގެން ދާއިރު، އޭގެ ނިކަމެތިކަން ޖެހިފައިވަނީ އާދައިގެ އާންމު ރައްޔިތުންނަށް ކަމަށް ރައީސް ޔާމީން ސަރުކާރުގެ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ ގައުމީ ތަރައްގީ އާއި ތަރިކައިގެ ކޮމިޓީގައި ވާހަކަ ދައްކަވަމުން މިހާރުގެ ހައުސިން މިނިސްޓަރު ވިދާޅުވީ އަންނަ ޖުލައި މަސް ނިމެން ވާއިރަށް ފްލެޓްތައް ހަވާލު ކުރެވޭނެ ކަމަށެވެ. އަދި މިހާރު ކުރަމުން ދާ ބައެއް މަސައްކަތްތަކުގެ ތަފްސީލުތައް ދެއްވިއެވެ. ނަމަވެސް ރޭގެ ވަގުތެއްގައި ބަޔާނެއް ނެރެ ހައުސިން މިނިސްޓްރީން ވަނީ އެހެން މައުލޫމާތު ދެވުނީ އޮޅުމަކުން ކަމަށް ބުނެފައެވެ.

މިކަމާއި ގުޅިގެން ރައްޖޭގައި 07 އަހަރު ހައުސިން މިނިސްޓަރުކަން ކުރައްވާފައިވާ، ޕީޕީއެމްގެ ނައިބް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ ފްލެޓުތައް ދިނުން ލަސްވަނީ މި ސަރުކާރުގެ ނާގާބިލުކަމުގެ ސަބަބުން ކަމަށެވެ. އެތައް ރައްޔިތުންނެއްގެ ހައްގު ގެއްލިގެން ދިއުމުގެ ޒިންމާ ނަގާނީ ކޮން ފަރާތަކުން ތޯ ސުވާލު އުފައްދަވާ މުއިއްޒު ވިދާޅުވީ ސަރުކާރެއް ބަރުހެލިވުމުގެ ސަބަބުން ހުރިހާ ނިކަމެއްތިކަމެއް ލިބެނީ ރައްޔިތުންނަށް ކަމަށެވެ. އަދި ރައްޔިތުންނާއި މެދު އަމަލު ކުރާ ގޮތުގެ މައްޗަށް ރައްދު ދޭނީ އޮޅުމަކުންނެއް ނޫން ކަމަށް މުއިއްޒު ވިދާޅުވިއެވެ.

https://twitter.com/MMuizzu/status/1269170691011538944

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްގެ ސަރުކާރުގައި ފެށި ހިޔާ މަޝްރޫއުގެ މަސައްކަތުގައި ކޮރަޕްޝަން އެކުލެވޭ ކަމުގެ ތުހުމަތުތައް ވަރަށް ބޮޑަށް ކުރެވުނެވެ. އޭގެ ތެރޭގައި ސަރުކާރުގެ އިސް މީހުންގެ އާއިލާތަކަށް ފްލެޓުތައް ދިނުމާއި އެކްޓިވިސްޓުންނަށް ފްލެޓުތައް ދޫކޮށްފައިވާ ކަމުގެ އަޑުތަކެއް ފެތުރި އެކަމަށް ބާރު ލިބޭ ލިޔެކިޔުންތަކެއް ވެސް ސޯޝަލް މީޑިއާގައި އާއްމުވިއެވެ. ސަރުކާރުން ބުނެފައިވާ ގޮތުން ރައީސް ޔާމީންގެ ސަރުކާރުގައި ތައްޔާރުކޮށްފައި އޮތް ލިސްޓުގައި އޮތީ ރައީސް ޔާމީނާއި އަރިސް ބޭފުޅުންގެ ނަންތަކެވެ. އަދި އެކަމާއި ގުޅިގެން މި ސަރުކާރުން ކޮމިޓީއެއް ވެސް އުފެއްދިއެވެ. އަދި ފްލެޓުތައް ހަވާލުކުރުން ލަސްވަނީ އެ ސަބަބާއި ހުރެކަމަށް ހައުސިން މިނިސްޓްރީން ވަނީ ބުނެފައެވެ.

ކޮމިޓީއެއް އެކުލަވާލި ނަމަވެސް، ކޮމިޓީގެ މާބޮޑު އެދެވޭ މަސައްކަތްތަކެއް ވެސް ފެނިފައި ނުވެއެވެ. ހައުސިން މިނިސްޓްރީން އެންމެ ފުރަތަމަ ވެސް ބުނަމުން އައީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ވައުދާއި އެއްގޮތަށް މި އަހަރުގެ ތެރޭގައި ފްލެޓުތައް ހަވާލު ކުރެވޭނެ ކަމަށެވެ. އެހެން ނަމަވެސް މިހާތަނަށް ސީދާ ތާރީހެއް ދީފައި ނުވެއެވެ.

ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި އެ މަޝްރޫއު ކުރިއަށް ގެންދިޔައީ ޗައިނާގެ ސްޓޭޓް އިންޖިނިއަރިން އެންޑް ކޮންސްޓްރަކްޝަން ކޮމްޕެނީ (ސީއެސްއީސީ) އާ ހަވާލުކޮށްގެންނެވެ.

 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: