ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ވޭތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި ކޮވިޑަށް ޕޮޒިޓިވް ވީ 18 މީހެއް!

ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވް ވާ މީހުންގެ އަދަދު ވަނީ މަޑުމަޑުން ދަށް ވާން ފަށާފައި
ޝެއާރކޮށްލާ ކަހަލަދޯ؟

މިއަދުގެ އިރު އޮއްސުމާއި ހަމައަށް ކޮވިޑަށް ޕޮޒިޓިވްވެފައިވަނީ 18 މީހެއްކަމަށް ހެލްތް ޕްރޮޓެކްޝަން އޭޖެންސީން ހާމަކޮޮށްފިއެވެ.

މިއަދު ބައްޔަށް ޕޮޒިޓިވް ވި މީހުންގެ މައުލޫމާތުތައް އާއްމުކޮށް އެޗްޕީއޭއިން ބުނެފައިވަނީ ވޭތުވެ ދިޔަ 24 ގަޑިއިރުގެ ތެރޭގައި 18 ކޭސްއެއް ފެނިފައިވާ ކަމަށެވެ. އަދި ބަލި ޖެހުނު މީހުންގެ ތެރޭގައި ހިމެނެނީ 13 ދިވެއްސަކާއި، 03 ބަންގްލަދޭޝްގެ މީހުން އަދި ސްރީލަންކާ އަދި ނޭޕާލްގެ ރައްޔިތެކެވެ.

މި އަދަދުތަކާއި އެކު ރާއްޖޭގައި ބަލި ޖެހުނު މީހުންގެ ޖުމްލަ އަދަދު ވަނީ 1,901 އަށް އަރާފައެވެ.

 

https://twitter.com/HPA_MV/status/1269313298207510534

މި ކޭސްތަކާއި ގުޅޭ މައުލޫމާތު ދެއްވަމުން ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރުގެ ތަރުޖަމާނު މަބްރޫކް އަޒީޒް ވިދާޅުވީ، ބައްޔަށް ޕޮޒިޓިވް ވި މީހުންގެ ތެރެއިން 06 ދިވެއްސެއް އެއީ އެހެން ކްލަސްޓާތަކާއި ގުޅުން ހުރި މީހުން ކަމަށެވެ. އެހެން ނަމަވެސް މިހާތަނަށް ކުރިޔަށް ގެންދެވިފައިވާ ކޮންޓެކްޓް ޓްރޭސިންގެ ތެރެއިން 07 މީހެއް އެއްވެސް ކަލަސްޓާއަކާއި ގުޅުން ހުރިކަން ފާހަގަކުރެވިފައި ނުވާ ކަމަށެވެ.

މަބްރޫކް ވިދާޅުވީ އެ މީހުން އިތުރު އެއްވެސް ކަލްސްޓާއަކާއި، ނުވަތަ ބަލި ޖެހިފައި ހުރި އެއްވެސް މީހަކާއި ބައްދަލުވެފައިވޭތޯ ބަލަމުން އަންނަ ކަމަށެވެ.

މަބްރޫކް ވިދާޅުވީ މިއަދު ބައްޔަށް ޕޮޒިޓިވް ވި މީހުންގެ ތެރޭގައި 67 އަހަރުގެ މީހެއް ހިމެނޭ ކަމަށެވެ. އަދި އޭނާއަކީ ދިގު މުއްދަތަކަށް ބޭސް ކުރަމުން އަންނަ މީހެއްކަމުން ކައިރިން މޮނީޓާރ ކުރަމުން އަންނަ ކަމަށް މަބްރޫކް ވިދާޅުވިއެވެ.

މިއަދު 18 މީހަކަށް ބަލި ޖެހިގެން ރިޕޯޓު ކުރިއިރު، 46 މީހަކު ވަނީ ބަލީން ރަނގަޅުވެފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: