ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އައިޖީއެމްއެޗްގެ މެޝިނަށް މައްސަލައެއް ދިމާވީ ނަމަވެސް، 400 އަށް ވުރެ ގިނަ ސާމްޕަލް ޕްރޮސެސް ކުރެވޭ: މަބްރޫކް

ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރުގައި ބާއްވާ ނޫސްވެރިންގެ ބައްދަލުވުންތަކުގެ ތެރެއިން: ސެންޓަރުގެ ތަރުޖަމާނު މަބްރޫކް އަޒީޒް
ޝެއާރކޮށްލާ ކަހަލަދޯ؟

ކޮވިޑަށް ޓެސްޓު ކުރުމުގެ ގޮތުން ނަގާ ސާމްޕަލްތައް ޕްރޮސެސް ކުރާ އެއް މެޝިންއަށް މައްސަލައެއް ދިމާވީ ނަމަވެސް އެ މެޝިންއިން ވެސް 500 ސާމްޕަލް ޓެސްޓު ކުރެވޭ ކަމަށް ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރުން ބުނެފިއެވެ.

ދަރުބާރުގޭގައި އެންއީއޯސީން ކުރިޔަށް ގެންދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި، އެ ސެންޓަރުގެ ތަރުޖަމާނު މަބްރޫކް އަޒީޒް ވިދާޅުވީ ރާއްޖޭން ކޮވިޑަށް ޕޮޒިޓިވް ވާ މީހުންގެ އަދަދު މަދުކޮށްފައިވާކަމަށް ދެކެވޭ ވާހަކައަކީ ހަގީގަތެއް ނޫން ކަމަށެވެ. މަބްރޫކް ވިދާޅުވީ ރާއްޖެއިން ބަލި ނެތި ދިޔައީކަމަށް އެއްގޮތަކަށް ވެސް ނުދެކޭ ކަމަށާއި، ޓެސްޓިން ކެޕޭސިޓީ މަދުކޮށް ސާމްޕަލް ނެގުން ވެސް ދަށްކޮށްފައި ނުވާނެ ކަމަށެވެ.

މަބްރޫކް ވިދާޅުވީ، ޓެސްޓު ކުރެވޭ މިންވަރަށް ކުޑަ ބަދަލެއް އައިސްފައިވަނީ އިޖީއެމްއެޗް ލެބޯޓަރީގައި ހުރި އެއް އެކްސްޓްރެކްޝަން މެޝިންއަކަށް ދިމާވި މައްސަލައަކާއި ގުޅިގެން ކަމަށެވެ. މަބްރޫކް ވިދާޅުވީ މެޝިންގައި މައްސަލަ ޖެހުނު ނަމަވެސް އެ މެޝިންއިން 450 އާއި 500 ދެމެދުގެ ސާމްޕަލް ޓެސްޓު ކުރެވޭނެ ކަމަށެވެ. އަދި މެޝިންގެ މަރާމާތައް ބޭނުންވާ ބައިތައް ރާއްޖެއިން ބޭރުން ގެނައުމުގެ މަސައްކަތް ކުރިޔަށް ގެންދާ ކަމަށް މަބްރޫކް ވިދާޅުވިއެވެ.

ރާއްޖޭގައި ކޮވިޑު ޖެހޭ މީހުންގެ އަދަދު ދަށްވެފައިވާކަން ފާހަގަކުރައްވާ މަބްރޫކް ވިދާޅުވީ، ކޮންމެ ދުވަހަކުވެސް އެތައް ސާމްޕަލްއެއް ނެގޭ ކަމަށެވެ. އަދި ތިން ލެބޯޓްރީއަކުން ބައްޔަށް ޓެސްޓު ކުރުމުގެ މަސައްކަތް ކުރިޔަށް ގެންދާ ކަމަށެވެ. އެއީ އައިޖީއެމްއެޗާއި، ފުލުހުންގެ ލެބޯޓްރީ އަދި އޭޑީކޭގައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: