ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރަށަށް ދާ މީހުން 24 ދުވަހުގެ ކަރަންޓީން ފުރިހަމަ ކުރަން ޖެހެނީ، އެންޓި ބޮޑީ ޓެސްޓު ހަދަން ނިންމާފައި ވާތީ: ޑރ. ނަޒްލާ

ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން: ޑރ. ނަޒްލާ މުސްތަފާ
ޝެއާރކޮށްލާ ކަހަލަދޯ؟

މާލޭގައި ތާށިވެފައި ތިބި މީހުން ސީދާ އެ މީހުންގެ ރަށަށް ގޮސް ކަރަންޓީން ވެވޭ ގޮތަށް އުސޫލު ބަދަލު ކޮށްފައިވާއިރު، އެ މީހުންނަށް 24 ދުވަހުގެ ކަރަންޓީންގެ މުއްދަތެއް ދެނީ އެންޓި ބޮޑީ ޓެސްޓު ހަދަން ނިންމާފައިވާތީ ކަމަށް ޓެކްނިކަލް އެޑްވައިޒަރީ ގްރޫޕް އިން ހާމަކޮށްފިއެވެ.

ކޮވިޑުގެ ކަންތަކާއި ގުޅޭގޮތުން ސަރުކާރަށް ލަފާދޭ ޓެގް ޓީމާއި އެކު އެންއީއޯސީން ދަރުބާރުގޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޑރ. ނަޒްލާ މުސްތަފާ ވިދާޅުވީ ދަތުރު ކުރާ މީހުންގެ ދެން ހަދާނީ އެންޓި ބޮޑީ ޓެސްޓު ކަމަށެވެ. މީގެ ކުރިން ކޮވިޑުގެ އަސަރު އެ މީހެއްގެ ގައިގައި ހުރިތޯ ބެލުމަށް ހަދަމުން އައީ ޕީސީއާރު ޓެސްޓެވެ. އަދި 14 ދުވަހުގެ ބަދަލުގައި 24 ދުވަހަށް ކަރަންޓީން މުއްދަތެއް ފުރިހަމަ ކުރާ ގޮތަށް ބަދަލު ގެނައީ އެންޓި ބޮޑީ ހަށިގަނޑުގައި އުފެދޭ މިންވަރަށް ބަލާފައި ކަމަށް ޑރ. ނަޒްލާ ވިދާޅުވިއެވެ.

ޑރ. ނަޒްލާ ވިދާޅުވީ އެންޓިބޮޑީއަށް ފުރަތަމަ ޕޮޒިޓިވް ވާން ފަށާނީ 09 އަކާއި 11 ދުވަހާއި ދެމެދު ކަމަށެވެ. އެއާއި އެކު 24 ދުވަސް، ކަރަންޓީނަށް ހަމަޖެއްސީ ޓްރެވެލް ރިލޭޓެޑް ކަންތައް ނުވަތަ މާލެއިން ދަތުރު ކުރާ މީހުންގެ އެންޓި ބޮޑީ ޓެސްޓު ހަދާތީ ކަމަށެވެ.

މީގެ ކުރިން ރާއްޖެއިން ބޭރުން އަންނަ މީހުން ކަރަންޓީނު ކުރަމުން އައީ ފެސިލިޓީތަކުގައެވެ. އަދި ރަށްތަކަށް ދާ މީހުން ވެސް ކަރަންޓީން ކުރަނީ ފެސިލިޓީތަކުގައެވެ. އަދި 14 ދުވަސް ފުރިހަމަވުމުން އެ މީހަކު ދޫކޮށްލަނީ ކޮވިޑަށް ޓެސްޓު ކުރުމަށްފަހު ބައްޔަށް ނެގެޓިވް ވުމުންނެވެ.

މިދިޔަ އޭޕްރިލް މަހުގެ 15 ވަނަ ދުވަހުން ފެށިގެން މުޅި މާލެ ސަރަހައްދު އެއްކޮށް ލޮކްޑައުންކޮށް އަރާ ފޭބުން މަނާކޮށްފައިވަނީ ކޮވިޑުގެ ކޭސްއެއް ފެނުމާއި ގުޅިގެންނެވެ. އަދި އޭގެ ސަބަބުން މާލެއާއި އަދި ރަށްތަކުގައި އެތައް ބަޔަކު ތިބީ ތާށިވެފައެވެ. ބައެއް ފަރާރްތަކަށް މާލެ އައުމުގެ ހުއްދަ ލިބުމާއި އަދި މާލޭގައި ތާށިވީ ފަރާތްތަކަށް ހުއްދަތައް ލިބުނު ނަމަވެސް އަދި ވެސް ރިސޯޓުތަކުގެ މުވައްޒަފުންނާއި އަދި އެ ނޫންވެސް އެކި ބޭނުންތަކުގައި މާލެއައި މީހުންތައް ރަށަށް ނުދެވިފައި އެބަތިއްބެވެ.

ކަރަންޓީނުވުމާއި ބެހޭ އުސޫލެއް އާއްމުކޮށް އެޗްޕީއޭއިން ހޮނިހިރު ދުވަހު ބުނެފައިވަނީ މާލެ ލޮކްޑައުން ކުރުމާއި ގުޅިގެން، ރަށަށް ނުދެވި ތާށިވީ މީހުން އެ މީހުންގެ ރަށްތަކަށް ގެންގޮސްދީ 24 ދުވަހުގެ ހޯމް ކަރަންޓީނެއް ފުރިހަމަ ކުރާ ގޮތަށް އުސޫލު އާއްމުކުރާ ކަމަށެވެ.  ރަށްރަށުގައި ކަރަންޓީނުވުމަށް ފުރުސަތު ދެވޭނީ އަދި ކައުންސިލްގައި އެކަމަށް ރަޖިސްޓްރީވެފައިވާ މީހުން ކަމަށާއި އެ މީހުން ކަރަންޓީނު ކުރުމަށް އެދޭ ގެތައް އެއީ ހޯމް ކަރަންޓީނުގެ އުސޫލަށް ފެތޭތަނެއްތޯ ކައުންސިލްތަކުން ބަލާނެ ކަމަށް އުސޫލުގައި ވަނީ ބުނެފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: