ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކުއްޖާގެ ބަޔާނެއް ނެތި ޝާހިދު ހައްޔަރުކުރީ ސިޔާސީ ބޭނުމެއްގައި: ވަކީލުން

ޝާހިދު ހައްޔަރުކޮށް، ފުލުހުންގެ ބެލުމުގެ ދަށަށް ގެންދަނީ/ ފޮޓޯ: ސަންގު
ޝެއާރކޮށްލާ ކަހަލަދޯ؟

ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތުގައި ކުރީގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ހައްޔަރުކޮށް ބަންދުކޮށްފައި ވަނީ އަނިޔާ ލިބުނުކަމަށް ބުނާ ކުއްޖާގެ ބަހެއް ނެތިކަމަށާއި، މިއީ ޝަހުސު ކިލަނބުކޮށްލަން ހިންގި ސިޔާސީ އަމަލެއްކަމަށް އޭނާގެ ގާނޫނީ ޓީމުން ބުނެފިއެވެ.

އދ. ގެ އާންމު މަޖިލީހުގެ ކުރީގެ ރައީސްކަން ވެސް ކުރެއްވި އުމުރުން 64 އަހަރުގެ ޝާހިދުގެ މައްޗަށް ޖިންސީ ގޯނާގެ ސީރިއަސް ތުހުމަތުތަކެއްކޮށް ހައްޔަރު ކުރީ މި މަހުގެ 2 ވަނަ ދުވަހުގެ ރޭގައެވެ. އަދި އޭނާ 30 ދުވަހަށް ބަންދުކުރުމަށް ކްރިމިނަލް ކޯޓުން ނެރުނު އަމުރު ހައިކޯޓުގައި އިސްތިއުނާފު ކުރުމުން، އެ އަމުރު ވަނީ ދަމަހައްޓާފަ އެވެ.

ޖިންސީ ގޯނާގެ މައްސަލަތައް ކުރިޔަށް ގެންދަނީ، އާންމުކޮށް ހުޅުވާނުލައި އަޑުއެހުންތައް ސިއްރުކޮށްގެންނެވެ.

މި މައްސަލައިގައި ހައިކޯޓުގެ ނިންމުމާއި ގުޅޭގޮތުން ޝާހިދުގެ ވަކީލުން ނެރުނު ބަޔާނުގައި ވަނީ، ޝަކުވާ ރައްދުވާ ކުއްޖާގެ ބަހެއް ނެތި މިފަދަ މައްސަލައެއްގައި މީހަކު ހައްޔަރުކުރުމަކީ ރާއްޖޭގެ އަދުލުގެ ނިޒާމުގައި ދުވަހަކުވެސް ކަން ހިނގާފައިވާ ގޮތެއް ނޫން ކަމަށެވެ. އަދި ތަހުގީގަށް ކުއްޖާގެ ބަޔާނެއް ލިބިފައި ނުވާއިރު، ފުލުހުންގެ އަތުގައި އޮތީ އެ ވާހަކަތައް އެހެން މީހަކު ކިޔައިދިންކަމަށް ބުނާ ބަޔާނެއް އެކަނިކަމަށް ވެސް ވަކީލުން ބުންޏެވެ.

ވަކީލުން ބުނި ގޮތުގައި، މިއީ ޖިނާއީ ތަހުގީގަކަށް ވުރެ ބޮޑަށް ސިޔާސީ ގޮތުން ޝާހިދު ފަޟީހަތްކުރުމުގެ މަގުސަދުގައި ރާވައިގެން ހިންގާފައިވާ އަމަލެކެވެ. އެގޮތުން ޝާހިދު ހައްޔަރުކުރުމުގެ ކުރިން މީޑިއާތަކަށް މައުލޫމާތުދީ ގޭދޮށަށް ނޫސްވެރިން ޖަމާކުރަން ވެސް އުޅެފައިވާ ކަމަށާއި، ބަންދުކުރުމުގެ ކުރިން ނޫހެއްގައި އެ ހަބަރު ޝާއިއުކޮށްފައިވާކަމަށް ވަކީލުން ބުންޏެވެ.

މައްސަލައިގައި ކޯޓުގައި ޝާހިދުގެ ފަރާތުން ފާހަގަކުރި މައިގަނޑު އެއް ނުކުތާއަކީ، އިތުބާރު ކުރެވޭ މަގާމެއްގައި ހުރި މީހެއްގެ ގޮތުގައި ދައުލަތުން ތުހުމަތުކުރި ނަމަވެސް، އަނިޔާ ލިބުނު ކަމަށް ބުނާ ކުއްޖާއަކީ އޭނާގެ ދޮންދަރިއެއް ނޫން ކަމަށެވެ. އެހެންކަމުން ދައުލަތުން ތުހުމަތު ފޯމު އެކުލަވައިލާފައި ވަނީ ގާނޫނާ ހިލާފަށްކަމަށް ޝާހިދުގެ ފަރާތުން ބުނެ އެވެ.

ޝާހިދުގެ ގާނޫނީ ޓީމުން ބުނީ، އޭނާގެ މައްޗަށް ކޮށްފައި ވަނީ އެއްވެސް އަސާސެއް ނެތް ދޮގު ތުހުމަތުތަކެއް ނަމަވެސް، ތަހުގީގަށް ފުރިހަމަ އެއްބާރުލުން ދެމުން ގެންދާ ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: