ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ފަރުވާ ހޯދުމަަށް ބޭރަށް ފޮނުވާލުމުގެ މަސައްކަތް ނުކުރާ ސަބަބު ހޯދުމަށް މެމްބަރު ތޯރިގު ހުށައަޅުއްވައިފި

ރައްޔިތުންގެ މަޖިލީހުގެ މަހިބަދޫ ދާއިރާގެ މެމްބަރު އަހުމަދު ތޯރިގު މަޖިލީހުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަނީ
ޝެއާރކޮށްލާ ކަހަލަދޯ؟

 

ރާއްޖެއިން ފަރުވާ ލިބެން ނެތް ބަލިތަކަށް ފަރުވާ ހޯދުމަށް ބޭރަށް ފޮނުވާލުމުގެ މަސައްކަތް ކުރިއަށް ނުދާ ސަބަބު ބެލުމަށް މެމްބަރު ތޯރިގް، މަޖިލީހުގެ ރައީސަށް ހުށައަޅުއްވައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ މަހިބަދޫ ދާއިރާގެ މެމްބަރު އަހުމަދު ތޯރިގު، މަޖިލީހުގެ ރައީސް ރައީސް ނަޝީދު ފޮނުއްވި ސިޓީއެއްގައި ވިދާޅުވީ ފާއިތުވި ދެމަސް ދުވަހުގެ ތެރޭގައި ސިއްހީ ތަފާތު އެކި މައްސަލަތައް ހުންނަ މީހުން ބަލިތަކަށް ފަރުވާކުރުމަށް ބޭރަށް ދެވޭނެ ކަމުގެ އުންމީދު ކަމާ ގުޅުންހުރި އިދާރާތަކުން އާއިލާތަކަށް ދެމުން އަންނަ ކަމަށެވެ. އެހެންނަމަވެސް، އެކި ބަލިތަކަށް ފަރުވާކުރަމުން ދިޔަ އެެތައް މީހަކު ފާއިތުވެދުޔަ ދެ މަސް ދުވަހުގެ ތެރޭގައި ދުނިޔެ ދޫކޮށްފައިވާއިރު އެކަމަށް އެއްވެސް މަސައްކަތެއް ނުކުރާ ކަމަށް ތޯރިގުގެ ސިޓީގައި ވަނީ ފާހަގަކޮށްފައެވެ.

ކޮވިޑް-19އާއި ގުޅިގެން ރާއްޖޭގެ ސިއްހީ ނިޒާމް އޮޅުން ބޮޅުންވެ ހަމައެކަނި ކޮވިޑް-19އަށް ސަމާލުކަން ދެމުން އަންނަކަން ފާހަގަކުރައްވައި، ތޯރިގު ވިދާޅުވީ ކުރިން ރާއްޖެއިން ފަރުވާ ކުރެވޭ ބަލިތަކަށްވެސް މިހާރު އެކަށީގެންވާ ވަރަށްް އަޅާލެވުން ނުދެވޭ ކަމަށެވެ. އަދި މިފަދަ ދަނޑިވަޅެއްގައި، ކަމާ ގުޅުންހުރި އިދާރާތަކުން ޚާއްސަ ސަމާލުކަމެއް ދީގެން އިންޑިޔާ، ސްރީލަންކާ ފަދަ އަވަށްޓެރި ގައުމުތަކަށް ފަރުވާއަށް ފުރުވާލުމުގެ މަސައްކަތް ކުރިއަށް ނުދާ ސަބަބު ބެލުމަށް ކަމާ ގުޅުން ހުރި ކޮމިޓީއަކަށް ހުށައަޅައި އެކަން ތަހުގީގުކޮށް، އެކަމަށް އިހުމާލުވެފައިވާކަން ފާހަގަވާނަމަ ފިޔަވަޅުތައް އެޅުމަށް ތޯރިގު ވަނީ އެދިވަޑައިގެންފައެވެ.

މިދިޔަ މެއި މަހުގެ ފަހުކޮޅު ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން، އާސަންދަ ކޮމްޕެނީ ލިމިޓެޑްގެ މެނޭޖިންގ ޑިރެކްޓަރ މަރިޔަމް ޝަފީގާ ވަނީ ރާއްޖެއިން ބޭރަށް ފަރުވާ ހޯދުމަށް 33 މީހަކު ފޮނުވާލުމަށް ނިންމާފައިވާކަމަށް ވިދާޅުވެފައެވެ. މިހާލަތުގައިވެސް ރާއްޖެއިން ބޭރަށް ފަރުވާ ހޯދުމަށް ދާން ބޭނުންވާ ވަރަށް ގިނަ ބަޔަކު އެބަތިބި ކަމަށާއި އެހެންނަމަވެސް މިވަގުތު އެންމެ އިސްކަމެއް ދޭނީ ރާއްޖެއިން ލިބެން ނެތް ފަރުވާ ހޯދުމަށާއި ކްރިޓިކަލް ހާލަތުގައި ތިބި މީހުންނަަށް ކަމަށް ވަނީ ވިދާޅުވެފައެވެ.

މީގެ އިތުރަށް، ފޮރިން މިނިސްޓްރީއާއި ގުޅިގެން އިންޑިޔާ އަދި ލަންކާ ސަރުކާރާއި މަޝްވަރާ ކުރަމުން އަންނަ ކަމަށްވެސް އޭރު ޝަފީގާ ވަނީ ވިދާޅުވެފައެވެ.

  

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: