ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އާ އުސޫލުގެ ދަށުން ބައެއް މީހުން ދޫކޮށްލައިފި: ދިފާއީނިޒާމު ބަލިކަށި މީހުންނަށް ހާއްސަ ސަމާލުކަން ދޭނެ!

ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން: ޑރ. ނަޒްލާ
ޝެއާރކޮށްލާ ކަހަލަދޯ؟

ކޮވިޑް-19 އިން ރަނގަޅުވި ކަމަށް ކަނޑައަޅާ އާ އުސޫލުގެ ދަށުން މީހުން ދޫކުރާއިރު ދިފާއީ ނިޒާމު ބަލިކަށި މީހުންނަށް ހާއްސަ ސަމާލުކަމެއް ދޭނެ ކަމަށް ނެޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރުން ބުނެފިއެވެ.

ކޮވިޑް-19 އިން ރަނގަޅުވި ކަމަށް ކަނޑައަޅާ އާ އުސޫލުގެ ދަށުން 64 މީހަކު ވަނީ ދޫކޮށްލާފައެވެ. އަދި އެ ހުރިހާ މީހުންނަކީ ވެސް އުސޫލަށް ފެތޭ މީހުންނެވެ.

މިރޭގެ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޑރ. ނަޒްލާ ރަފީގް ވިދާޅުވީ ބައްޔަށް ޕޮޒިޓިވް ވެ އަލާމާތްތައް ހުރި މީހެއްނަމަ އަދި އެ މީހަކީ ކޮމިއުނިޓީ ބޭސްޑް އައިސޮލޭޝަންއެއްގައި ހުރި މީހެއްނަމަ އެ މީހަކު ދޫކޮށްލެވޭނީ އަލާމާތްތައް ފެނުމަށްފަހު އެންމެ މަދުވެގެން 14 ދުވަސް ހަމަވުމަށްފަހު ކަމަށެވެ. އަދި އެ މީހެއްގެ އަލާމާތްތައް ރަނގަޅުވެފައި އެންމެ މަދުވެގެން ތިން ދުވަސް ވާންޖެހޭނެ ކަމަށެވެ. ޑރ. ނަޒްލާ ވިދާޅުވީ އަލާމާތްތައް ފެނުނުތާ 10 ދުވަސްވެ އެއްކޮށް ރަނގަޅުވެ، އަލާމާތްތައް ނެތި ތިން ދުވަސް ވެ އަދި ޖުމްލަ 14 ދުވަސް ހަމަވާނަމަ އެ މީހަކު ދޫކޮށްލާނީ އިތުރު ޓެސްޓެއް ހެދުމެއް ނެތި ކަމަށެވެ. ދުނިޔޭގެ ސިއްހަތާއި ބެހޭ ޖަމިއްޔާ ޑަބްލިއުއެޗްއޯއިން ބައްޔާއި ބެހޭގޮތުން ނެރެފައިވާ ގައިޑްލައިން ތެރޭގައި އަލާމާތްތައް ރަނގަޅުވުމަށްފަހު ތިން ދުވަސް ވެ، އަލާމާތްތައް ފެނުނުތާ ދިހަ ދުވަސް ވެފައިވާނަމަ އެ މީހަކު ޓެސްޓު ނަހަދާ ދޫކޮށްލެވޭނެކަމަށް ބުނެފައިވާކަމަށް ޑރ. ނަޒްލާ ވިދާޅުވިއެވެ.

ޑރ. ނަޒްލާ ވިދާޅުވީ ބަލި ހުރި މީހަކު 14 ދުވަސް ވާ ދަހުން ވެސް ބަލިން ރަނގަޅުނުވާނަމަ، ދުވަސް އިތުރު ވިޔަސް ބަލީގެ އަލާމާތްތައް ފިލަންދެން 03 ދުވަސް އިތުރަށް ހުންނަން ޖެހޭނެ ކަމަށެވެ. އެއާއި އެކު ދެން ފުރިހަމަވާން ޖެހޭ ޝަރުތަކީ އަލާމާތްތައް ފުރިހަމަވުމަށްފަހު އެންމެ މަދު ވެގެން 03 ދުވަސް ފުރިހަމަ ވާންޖެހުން ކަމަށެވެ.

“ދެން ހޮސްޕިޓަލުގައި އެޑްމިޓު ކުރަންޖެހޭ މިންވަރަށް ބަލި ވާ މީހެއްނަމަ 21 ދުވަސް އަލާމާތްތައް ފެށުމަށްފަހު، 21 ދުވަސް އެންމެ މަދުވެގެން ވާން ޖެހޭނެ އަދި އޭގެ އިތުރަށް އޭނަގެ އަލާމާތްތައް ރަނގަޅުވިތާ 03 ދުވަސް ވާން ޖެހޭނެ. އަލާމާތްތައް ރަނގަޅުވުމޭ މި ދަންނަވަނީ އެއްވެސް ބޭހެއް ބޭނުން ކުރުމެއް ނެތި… މިސާލަކަށް ހުން އަންނަ މީހެއްނަމަ ހުން ރަނގަޅުވެފަ، ކެއްސާނަމަ ކެއްސުން ރަނގަޅުވެފަ ހުރުން. އަދި އެ ނޫންވެސް އަލާމާތެއް އެއްވެސް ބޭހެއް ބޭނުން ކުރުމެއްނެތި އަލާމާތްތައް ރަނގަޅުވެފައި ހުރުން” ޑރ. ނަޒްލާ

ޑރ. ނަޒްލާ ވިދާޅުވީ ދިފާއި ނިޒާމު ބަލިކަށިވުމާއި، ބޮޑެތި ބަލިތަކަށް ފަރުވާ ހޯދާ މީހުންނަށް 14 ދުވަސް ނުވަތަ 21 ދުވަސް ވީނަމަވެސް ޑޮކްޓަރުން ހާއްސަ ސަމާލުކަމެއް ދޭނެ ކަމަށެވެ. އޭގެ ތެރޭގައި ދާއިމީ ބައްޔަކަށް ފަރުވާ ހޯދާ ބޭސް ނަގަމުން އަންނަ މީހުން ހިމެނޭނެ ކަމަށް ޑރ. ނަޒްލާ ވިދާޅުވިއެވެ.

ރާއްޖޭގައި ބައްޔަށް ޕޮޒިޓިވް ވި މީހުންގެ ތެރޭގައި އެއްވެސް އަލާމާތެއް ނެތް މީހުން ހިމެނޭއިރު، ޑރ. ނަޒްލާ ވިދާޅުވީ އަލާމާތެއް ނެތް މީހެއްނަމަ ދުވަސް ގުނާނީ ބައްޔަށް ޓެސްޓު ކުރުމަށްފަހު 14 ދުވަސް ކަމަށެވެ. އަދި މި 14 ދުވަހުގެ ތެރޭގައި އެ މީހެއްގެ ފަރާތުން އެއްވެސް އަލާމާތެއް ނެތްނަމަ އެ މީހަކު އިތުރު ޓެސްޓު ކުރުމެއް ނެތި ދޫކޮށްލާނެ ކަމަށެވެ.

ޑރ. ނަޒްލާ ވިދާޅުވީ، ބައެއް ކޭސްތަކުގައި ބައްޔަށް ޕޮޒިޓިވްވައިރު އެއްވެސް އަލާމާތެއް ނެތް ނަމަވެސް އައިސޮލޭޓު ކުރާފަހުން އަލާމާތެއް ފެންނަ ފަހަރު ދިމާވާ ކަމަށެވެ. އެހާ ހިސާބުން އެ މީހެއްގެ ދުވަސް ގުނާނީ އަލާމާތްތައް ހުރި މީހެއްގެ ދުވަސްތައް ގުނާ އުސޫލުން ކަމަށް ޑރ. ނަޒްލާ ވިދާޅުވިއެވެ. އެއީ އަލާމާތްތައް ފެނުނު ފަހުން 14 ދުވަސް ވެ، އަލާމާތްތައް ނުފެންނަތާ 03 ދުވަސް ވުމެވެ.

ޑރ. ނަޒްލާ ވިދާޅުވީ ޕޮޒިޓިވް ކޭސްތަކާއި ކޮންޓެކްޓުވާ މީހުން ދޫކޮށްލާނީ 14 ދުވަސް ހަމަކޮށް ޕީސީއާރު ޓެސްޓު ހެދުމަށްފަހު ކަމަށެވެ. ނަމަވެސް ކޮންޓެކްޓެއް ޕޮޒިޓިވް ވެއްޖެނަމަ އެ މީހަކު ދޫކޮށްލާނީ އަލާމާތްތައް ރަނގަޅުވުމަށްފަހު 03 ދުވަސް ވުމުން ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: