ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކޯލިޝަންއެއްގައި ވިސްނުން ތަފާތު ވެދާނެ، އޭގެ މާނައަކީ ގުޅުން ގޯސްވުމެއް ނޫން: އިމްރާން

މަޖިލީހުގެ ހަމަނުޖެހުން އިންސާފުވެރިކަމާއި އެކު ބައްލަވާނެކަމަށް އިމްރާން ވިދާޅުވުމުން އެމްޑީޕީގެ ބަސްތައް އިމްރާނަށް ރައްދުވި/ ފޮޓޯ: މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

ކޯލިޝަން ސަރުކާރެއް އޮންނައިރު، ކޮންމެ ސިޔާސީ ޕާޓީއެއްގެ ވެސް އަމިއްލަ ވިސްނުންތަކެއް ހުންނާނެ ކަމަށާއި ވަކި ބޭފުޅަކު ބަހެއް ބުނުމަކީ އެއީ ކޯލިޝަންގައި މައްސަލައެއް އޮތްކަމަށް ދޭހަވާ ސަބަބެއް ނޫން ކަމަށް ހޯމް މިނިސްޓަރު އަދި މި ސަރުކާރުގެ ކޯލިޝަންގައި ހިމެނޭ އަދާލަތު ޕާޓީގެ ލީޑަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.

ސަންގުޓީވީގެ ހަބަރަށްފަހު ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން އިމްރާން ވިދާޅުވީ، މި ސަރުކާރު ވެރިކަމަށް ގެނެވުނީ ކުރެވުނު ވަރަށް ގިނަ ބުރަ މަސައްކަތްތަކާއި އެކު ކަމަށެވެ. އަދި ވަރަށް ބޮޑު ކޯލިޝަންއެއްގެ ތެރެއިން ވެރިކަން ކުރަމުން ދާއިރު، ތަފާތު އެކި ސިޔާސީ ޕާޓީގެ ވިސްނުން އެއްގޮތް ނުވެ ހިނގައިދާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. ސަރުކާރުގެ ސިޔާސަތުތައް ތަންފީޒު ކުރުމުގެ މަސައްކަތްތައް ކުރިޔަށް ދާއިރު، ކޯލިޝަން ޕާޓީތަކުން އެކަންކަން ބަލައިގަންނަކަމަށް އިމްރާން ވިދާޅުވިއެވެ.

ސަރުކާރަށް އެއްބާރުލުން ދީ، ސަރުކާރުގެ ވައުދުތައް ފުއްދުމުގެ މަސައްކަތްތައް ކުރިޔަށްދާއިރު ކޯލިޝަންގެ ތެރޭގައި އެއްވެސް މައްސަލައެއް ނެތް ކަމަށް އިމްރާން ވިދާޅުވިއެވެ. އިމްރާން ވިދާޅުވީ ބައެއް ހާލަތްތަކުގައި ކޯލިޝަންގައި ހިމެނޭ ޕާޓީތަކުގެ މެމްބަރުންގެ ބަސްތައް ވެސް އަންނާނެ ކަމަށެވެ. އެހެން ނަމަވެސް އެއީ ސަރުކާރާއި ކޯލިޝަންގެ އެހެން ޕާޓީތަކާއި ދެމެދު އޮތް ގުޅުމަށް އެއްވެސް ބުރައެއް ނުވަތަ ހީނަރުކަން އަންނާނެ ސަބަބެއް ނޫން ކަމަށް އިމްރާން ވިދާޅުވިއެވެ.

“އަޅުގަނޑުމެންގެ މެދުގައި މައްސަލައެއް ނޯންނާނެ. އަޅުގަނޑުމެން އެއްބެސް ވެފައިވާ ސިޔާސަތުތަކާއި އެއްގޮތަށް އަޅުގަނޑުމެން މަސައްކަތްތައް ކުރިޔަށް ގެންދާނަން.” އިމްރާން

އިމްރާނަކީ މި ކޯލިޝަންގެ އެއް ލީޑަރަށް ވާއިރު، ކޯލިޝަންގެ މައި ޕާޓީ އެމްޑީޕީއާއި އަދާލަތާއި މެދު މައްސަލަތަކެއް ޖެހިފައިވާކަމަށް އަޑުތައް ވަނީ ފެތުރިފައެވެ. އަދި އެކަން ހިނގުމަށް މެދުވެރިވީ ސަބަބަކީ މިދިޔަ ހަފްތާގެ އަންގާރަ ދުވަހު ރައްޔިތުންގެ މަޖިލީހުގައި ހިނގައިދިޔަ ހަމަނުޖެހުންތަކަށްފަހު ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމަށް އަނިޔާވީ މައްސަލަ އިދިކޮޅުން ފުލުހަށް ހުށަހެޅުމުންނެވެ. އަދި އެ މައްސަލައިގައި ބުނެފައިވަނީ ޝިޔާމް ގަދަކަމުން މަޖިލީހުގެ ތަޅުމުން ނެރުމަށް މަސައްކަތްކޮށްފައިވަނީ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އެންގެވުމަށް ކަމަށެވެ.

https://www.facebook.com/SanguTelevision/videos/619022465631275/?__xts__[0]=68.ARBPQBQEOHdX9u2WJvX2nRuJ76EDnBesveEYyTsALouE0p7AC99bTpmBCxa_2lZBxI8jzW28HdWmR1hsddSl8Zb7tHpEN7dXCNAMQHXRHThoSdLE5zo4Buy7UpkXMpYIVMvfy3Z9XjbXNs3_qfSZ3nSfgO5yciJjBFD00SkdQAc8f1YMNOuangI2dF9-22hYORepDQPq0pH3C-OjeGlsf6aqCksn9-KLu_jGrmY-Zkn8veLWZnuH_ftnGannbp21nDL2nRh77fV268Uljc35QQJsKghsSrEFGE75GusJ79_DbSy_oH3m4jV_CfF6hCdjFPMq0wPud2DBgYzyExOgDy3a7Yj0b9SnReZ2nA&__tn__=-R

މައްސަލަ ފުލުހަށް ހުށަހެޅުމުން އިމްރާން ވިދާޅުވެފައިވަނީ، އިންސާފުވެރިކަމާއި އެކު އެ މައްސަލަ ބައްލަވާނެ ކަމަށެވެ. އިމްރާން އެގޮތަށް ވިދާޅުވުމާއި ގުޅިގެން އެމްޑީޕީގެ މެމްބަރުން ވަނީ އެކަމާއި ހިތްހަމަނުޖެހުންފާޅުކޮށް އަދާލަތަކީ އެއްވެސް ހައިސިއްޔަތެއް މަޖިލީހުގައި ނެތް ޕާޓީއެއްކަމަށް ބުނެ އިމްރާނަށް މަޖިލީހުގެ ސިޔާސަތުތަކުގެ ތެރެއަށް ނުވަދެވޭނެކަމަށް ބުނެފައެވެ. އަދި ރައީސް ނަޝީދު ވެސް އަދާލަތު ޕާޓީއަށް އަމާޒުކޮށް ޓްވީޓު ކުރެއްވިއެވެ.

މި މައްސަލައިގައި ޕްރޮގްރާމްގެ ތެރޭގައި ސުވާލު ކުރުމުން، ސީދާ ޖަވާބެއް ނުދެއްވާ ވަރަށް ކުރުގޮތަލަށް އިމްރާން ވިދާޅުވީ އެއްވެސް ކަމަކަށް ނުފޫޒު ފޯރުވުމަށް ބޭނުން ނުވާ ކަމަށެވެ. އަދި އެއީ ސަރުކާރާއި އެއްކޮޅު ވިސްނުން ނުވަތަ ދެކޮޅު ވިސްނުމެއް ގެންގުޅުނު ކަމުގައި ވީނަމަވެސް އޮންނަން ޖެހޭނެ އުސޫލުކަމަށާއި ގާއިމް ކުރުމަށް ބޭނުންވާ ނިޒާމަކީ ވެސް އެއީކަމަށް އިމްރާން ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: