ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ބްރޯޑްކޮމަށް އަނާ އައްޔަން ކުރަން މަޖިލީހުން ރުހުން ދީފި

ބްރޯޑްކޮމަށް އަނާ އައްޔަން ކުރަން މަޖިލީޙުން ރުހުން ދިނުން - ފޮޓޯ: އަނާ
ޝެއާރކޮށްލާ ކަހަލަދޯ؟

ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯކްޑޮމް) ގެ މެންބަރު ކަމަށް ވީޓީވީގެ ސީނިއާ އެޑިޓަރު އަދި ޕްރެޒެންޓަރު އައިމިނަތު އަމީނާ އައްޔަން ކުރުމަށް ރުހުން ދޭން ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފި އެވެ.

ބްރޯޑްކޮމްއަށް އައްޔަން ކުރުމަށް ފެންނަ ކަމަށް މަޖިލީހުގެ މިނިވަން މުވައްސަސާތަކާއި ބެހޭ ކޮމިޓީއިން ތަޅުމަށް 07 ނަމެއް ފޮނުވިއެވެ. އެ ލިސްޓުގެ އެންމެ ކުރީގައި އޮތީ އަނާގެ ނަމެވެ. އަނާގެ ނަން އެންމެ ފުރަތަމަށް ވޯޓަށް އެހިއިރު، ފާސްވާވަރަށް ވޯޓު ހަމަވުމުން އިތުރު ނަމަކަށް ވޯޓަށް އަހާފައި ނުވެއެވެ.

ބްރޯޑްކޮމްގެ މެމްބަރުކަމަށް އަނާ އައްޔަން ކުރަން ފެންނަކަމަށް ރުހުން ލިބިފައިވަނީ 63 މެމްބަރުންނެވެ.

އަނާއަދާ ކުރަމުން އަންނަނީ ވީޓީވީގެ ސީނިއާ އެޑިޓަރުގެ މަގާމެވެ. އަނާއަކީ މީގެ ކުރިން އެންމެ މޮޅު ނޫސްވެރިއާގެ އެވޯޑާއި، އިޖްތިމާއީ ދާއިރާގެ ބްރޯޑްކާސްޓިން ނޫސްވެރިޔާގެ އިނާމުވެސް ހޯދާފައެވެ.

އަނާ ވަނީ މީޑީއާ ދާއިރާއިން ޑިގްރީ ހާސިލް ކުރައްވާފައެވެ.

އަނާގެ ނަމުގެ އިތުރުން ތަޅުމަށް ފޮނުވި ނަންތަކުގެ ތެރޭގައި ރާއްޖެޓީވީގެ ނޫސްވެރިޔާ މުހައްމަދު ފަޒީނާއި، ސަންގުޓީވީގެ ޕްރެޒެންޓަރު އަހުމަދު ފައިރޫޒްގެ އިތުރުން ކުރީގެ އިންފޮމޭޝަން ކޮމިޝަނަރު އަބްދުލް އަޒީޒު ޖަމާލު އަބޫ ބަކުރުގެ ނަން ވެސް ހިމެނެ އެވެ.

 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: