ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މި ސަރުކާރުގެ ފްލެޓު މަޝްރޫއަށް ބިންގާ އެޅިއިރު ފައިނޭންސް ހަމައެއް ނުޖެހޭ، އަދި ވެސް އެކަން ނުކުރެވޭ: މުއިއްޒު

ފްލެޓުތަކުގެ މައްސަލައިގައި މުއިއްޒުގެ ފާޑުކިޔުން ސަރުކާރަށް
ޝެއާރކޮށްލާ ކަހަލަދޯ؟

މި ސަރުކާރުގެ ބޯހިޔާވަހިކަމުގެ ފުރަތަމަ މަޝްރޫއުގެ ބިންގާ އެޅުމާއި ހަމައިން މިއަދާއި ހަމައަށް ވެސް އެ މަޝްރޫއުއަށް ފައިސާ ހަމަޖެހިފައިނުވާ ކަމަށް ކުރީގެ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ

މި ސަރުކާރުގެ ހައުސިން ޕްލޭނަށް ފާޑުވިދާޅުވެ މުއިއްޒު ވަނީ، ފްލެޓުތަކުގެ ބިންގާ އެޅިވެސް އެއްވެސް ފައިނޭންސިން އެއް ހަމަނުޖެހުނީސް ކަމަށެވެ. ސަރުކާރުގެ ބޯހިޔާވަހިކަމުގެ ވައުދުގެ ދަށުން 1،700 ޔުނިޓުގެ ބިންގާ ވަނީ އަޅާފައެވެ. ޗައިނާގެ ކުންފުންޏެއްކަމަށް ވާ ސައިނޯ ހައިޑްރޯ ގްލޯބަލް ކޮންސްޓްރަކްޝަނާއި އެ މައްސަކައްތަ ހަވާލުކޮށްފައިވަނީ 133 މިލިއަން ޑޮލަރަށެވެ. މިދިޔަ މާޗު މަހުގެ ތެރޭގައި ބިންގާ އެޅި އެ މަޝްރޫއުގެ މަސައްކަތްތައް އަދި ކުރިޔަކަށް ނުގެންދެއެވެ.

ހިޔާ މަޝްރޫއުގެ ފްލެޓުތަކަކީ ކޮތަރު ކޮށިތަކެއް ކަމަށާއި، އެއީ ދަރަނީގެ ދަންތުރައެއްކަމަށް ވިދާޅުވެ ކުރީގެ ރައީސް އަދި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވަނީ ޓްވީޓު ކުރައްވާފައެވެ. ޖުލައި މަހުގެ ތެރޭގައި ފްލެޓުތައް ހަވާލު ކުރާނެކަމަށް ހައުސިން މިނިސްޓަރު އާތިފާ ޝަކޫރު ވިދާޅުވިތާ 48 ގަޑައިރުވެސް ނުވަނީސް މިނިސްޓްރީން ވަނީ ބަޔާނެއް ނެރެ އެއީ އޮޅުމަކުން ވިދާޅުވެވުނު ވާހަކައެއްކަމަށް ބުނެފައެވެ. އެ މައްސަލައިގައި އާއްމު ރައްޔިތުންނާއި އަދި އިކޮޅުގެ ފާޑުކިޔުން އަމާޒުވިއެވެ.

އެއާއި އެކު، މިދިޔަ ސަރުކާރުގެ އެ ފްލެޓުތަކާއި ގުޅޭގޮތުން ސަރުކާރުގެ މެމްބަރުންތައް އެއީ “ކޮތަރު ކޮށީގެ” ގޮތުގައި ވިދާޅުވާން ފެއްޓެވިއެވެ. އެކަމަށް ރައްދެއް ދެއްވާ އޭރުގެ ހައުސިން މިނިސްޓަރަށް ހުންނެވި މުއިއްޒު ވިދާޅުވީ މި ސަރުކާރުން ހައުސިންގެ ބިންގާ އެޅިއިރު މަޝްރޫއުގެ 85 އިންސައްތަ ފައިސާ ހުރީ ހަމަނުޖެހި ކަމަށެވެ. އަދިވެސް އެ ފައިސާ ހަމަޖެހޭނެ ގޮތެއް ސަރުކާރަށް ހޯދިފައިނުވާކަމަށް މުއިއްޒު ވިދާޅުވިއެވެ.

https://twitter.com/MMuizzu/status/1270259164455948290

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްގެ ސަރުކާރުގައި ފެށި ހިޔާ މަޝްރޫއުގެ މަސައްކަތުގައި ކޮރަޕްޝަން އެކުލެވޭ ކަމުގެ ތުހުމަތުތައް ވަރަށް ބޮޑަށް ކުރެވުނެވެ. އޭގެ ތެރޭގައި ސަރުކާރުގެ އިސް މީހުންގެ އާއިލާތަކަށް ފްލެޓުތައް ދިނުމާއި އެކްޓިވިސްޓުންނަށް ފްލެޓުތައް ދޫކޮށްފައިވާ ކަމުގެ އަޑުތަކެއް ފެތުރި އެކަމަށް ބާރު ލިބޭ ލިޔެކިޔުންތަކެއް ވެސް ސޯޝަލް މީޑިއާގައި އާއްމުވިއެވެ. ސަރުކާރުން ބުނެފައިވާ ގޮތުން ރައީސް ޔާމީންގެ ސަރުކާރުގައި ތައްޔާރުކޮށްފައި އޮތް ލިސްޓުގައި އޮތީ ރައީސް ޔާމީނާއި އަރިސް ބޭފުޅުންގެ ނަންތަކެވެ. އަދި އެކަމާއި ގުޅިގެން މި ސަރުކާރުން ކޮމިޓީއެއް ވެސް އުފެއްދިއެވެ. އަދި ފްލެޓުތައް ހަވާލުކުރުން ލަސްވަނީ އެ ސަބަބާއި ހުރެކަމަށް ހައުސިން މިނިސްޓްރީން ވަނީ ބުނެފައެވެ.

ކޮމިޓީއެއް އެކުލަވާލި ނަމަވެސް، ކޮމިޓީގެ މާބޮޑު އެދެވޭ މަސައްކަތްތަކެއް ވެސް ފެނިފައި ނުވެއެވެ. ހައުސިން މިނިސްޓްރީން އެންމެ ފުރަތަމަ ވެސް ބުނަމުން އައީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ވައުދާއި އެއްގޮތަށް މި އަހަރުގެ ތެރޭގައި ފްލެޓުތައް ހަވާލު ކުރެވޭނެ ކަމަށެވެ. އެހެން ނަމަވެސް މިހާތަނަށް ސީދާ ތާރީހެއް ދީފައި ނުވެއެވެ.

ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި އެ މަޝްރޫއު ކުރިއަށް ގެންދިޔައީ ޗައިނާގެ ސްޓޭޓް އިންޖިނިއަރިން އެންޑް ކޮންސްޓްރަކްޝަން ކޮމްޕެނީ (ސީއެސްއީސީ) އާ ހަވާލުކޮށްގެންނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: