ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެންއީއޯސީގެ އަމާޒު އަނެއްކާވެސް ބަލި ފެތުރިފައިވާ މިންވަރު ދެނެގަތުމަށް!

ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރުގައި ބޭއްވި ޕްރެސްގެ ތެރެއިން: ޑރ. އިބްރާހިމް އަފްޒަލް
ޝެއާރކޮށްލާ ކަހަލަދޯ؟

ލޮކްޑައުންއަށް ލުއިތަކެއް ދީފައިވާއިރު، މުޖްތަމައުގެ ތެރޭގައި މިހާރު ބަލި އޮތް މިބްވަރު ދެނެގަތުމަށް ނަގާ ރެންޑަމް ސާމްޕަލްތައް އިތުރު ކުރުމަސް ނިންމާފައިވާކަމަށް ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރުން ހާމަކޮށްފިއެވެ.

ދަރުބާރުގޭގައި ކުރިޔަށް ގެންދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޑރ. އިބްރާހިމް އަފްޒަލް ވިދާޅުވީ ލުއިތަައް ތަންފީޒު ކުރަން ފެށިތާ ދެ ހަފްތާއާއި ގާތް ވެފައިވާ ކަމަށެވެ. މިހާރުވެސް ރެންޑަމް ސާމްޕަލްތައް ނަގަމުން ދާއިރު، އަފްޒަލް ވިދާޅުވީ މުޖްތަމައުގެ ހާލަތު އިތުރަށް ދެނެގަންނަން ބޭނުންވާ ކަމަށެވެ. ސާމްޕަލްތައް ނެގުމުގެ މަސައްކަތް ކުރިޔަށް ގެނދާނެ ގޮތުގެ ތަފްސީލު ދެއްވާ ޑރ. އަފްޒަލް ވިދާޅުވީ ފަސް ގްރޫޕަކަށް ބަހާލައިގެން ފްރަންޓްލައިން ލައިންގައި މަސައްކަތް ކުރާ ފަރާތްތަކާއި، އުމުރުން ދުވަސްވީ ފަރާތްތައް އަދި ތޮއްޖެހިފައިވާ ތަންތަނުގައި ދިރިއުޅޭ މީހުންގެ ސާމްޕަލް ނެގޭނެ ކަމަށެވެ.

ޑރ. އަފްޒަލް ވިދާޅުވީ، ލުއިތަކާއި އެކު އައި ބަދަލުތައް ދެނެގަތުމަށް އަންނަ ހަފްތާއިން ފެށިގެން ސާމްޕަލް ނަގަމުން ދާނެ ކަމަށެވެ. އަފްޒަލް ވަނީ ސާމްޕަލް ނެގުމުގައި ހުރިހާ އެންމެންގެ އެހީތެރިކަމާއި އެއްބާރުލުން ދިނުމަށް އެދިފައެވެ.

“އެއީ ބަލި ޖެހުމުގެ ފުރުސަތު އެންމެ ބޮޑު ވާނެ ކަމަށް ނުވަތަ ނުރައްކާތެރިކަން އެންމެ ބޮޑު ވާނެ ކަމަށް ބެލެވޭ ފަސް ގްރޫޕެއްގެ މީހުންގެ ސާމްޕަލް ނެގުމަށް ހަމަޖެހިފައި މިވަނީ،” ޑރ. އަފްޒަލް

ޑރ. އަފްޒަލް ވިދާޅުވެފައިވަނީ ރެންޑަމްކޮށް ނެގޭ އެ ސާމްޕަލްތަކުން ޕީސީއާރު ޓެސްޓު ހަދާނެ ކަމަށެވެ. އަދި މީގެ ތެރެއިން ޕޮޒިޓިވް ކޭސްއެއް ފެނިއްޖެނަމަ އެ ބަޔަކު ވަގުތުން އައިސޮލޭޓު ކުރެވޭނެ ކަމަށް ޑރ. އަފްޒަލް ވިދާޅުވިއެވެ.

ޑރ. އަފްޒަލް ވިދާޅުވީ އަންނަ ހަފްތާގައި ނަގާ ސާމްޕަލްތަކުގެ ތެރެއިން ޒުވާން އުމުރުގެ މީހުންގެ ސާމްޕަލް ނަގާނެ ކަމަށެވެ. އެއީ 20 އަހަރާއި 39 އަހަރާއި ދެމެދުގެ މީހުންނެވެ.

މިއީ ރިޕީޓެޑްކޮށް ކޮންމެ 14 ދުވަހަކުން ކުރިޔަށް ގެންދެވޭނެ ސާމްޕްލިންއެއްކަމަށް ޑރ. އަފްޒަލް ވަނީ ވިދާޅުވެފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: