ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މިހާރު ކޮވިޑަށް ފަރުވާ ދެމުންދާ މީހުންގެ އަދަދަށް ވުރެ ބަލީން ރަނގަޅުވީ މީހުންގެ އަދަދު އިތުރު!

މިހާރު ކޮވިޑަށް ފަރުވާ ދެމުންދާ މީހުންގެ އަދަދަށް ވުރެ ބަލީން ރަނގަޅުވީ މީހުންގެ އަދަދު އިތުރު! / ފޮޓޯ: އަވަސް
ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖޭގައި ކޮވިޑު ޖެހިގެން ފަރުވާ ދެމުން ދިޔަ މީހުންގެ ތެރެއިން ބަލީން ރަނގަޅުވީ މީހުންގެ އަދަދު ބޮޑުތަނުން އިތުރުވެއްޖެއެވެ.

ވޭތުވެ ދިޔަ 24 ގަޑިއިރުގެ ތެރޭގައި ރާއްޖޭގައި ބަލި ޖެހިފައިވަނީ 26 މީހަކަށެވެ. ރާއްޖޭގައި ބަލި ޖެހުނު މީހުންގެ ޖުމްލަ އަދަދު މިހާރު 1،942 އަށް އަރައެވެ. ބަލި ޖެހުނު މީހުންގެ ތެރޭގައި ހިމެނެނީ 07 ބިދޭސީންނާއި 19 ދިވެއްސެކެވެ.

މީގެ ތެރޭގައި އެއްވެސް ކްލަސްޓާއަކާއި ގުޅުމެއް ނެތް 06 މީހެއް ފާހަގަކުރެވިފައިވާއިރު ދެން ބައްޔަށް ޕޮޒިޓިވް ވި މީހުންނަކީ ބޮޑެތި ކްލަސްޓާތަކާއި ލިންކުވާ މީހުންނެވެ. ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. އިބްރާހިމް އަފްޒަލް ވިދާޅުވީ ބަލި ޖެހުނު މީހުންގެ ތެރޭގައި ގިނައީ 18-40 އަހަރާއި ދެމެދުގެ މީހުން ކަމަށެވެ.

ވޭތުވެ ދިޔަ 14 ދުވަހުގެ ތެރޭގައި ރާއްޖޭގައި ބަލި ފެނުނު މިންވަރު ދަށްވެފައިވާއިރު، ބަލީގައި ފަރުވާދީ ރަނގަޅުވާ މީހުންގެ އަދަދު ވަނީ އިތުރުވާން ފަށާފައެވެ. ބަލިން ރަނގަޅުވާ މީހުންގެ އިންސައްތަ އިތުރުވާން ފަށާފައިވާއިރު އެންއީއޯސީން ދަނީ ލޮކްޑައުންއަށް ދިން ލުއިތަކާއި އެކު ބަލި ފެތުރޭ މިންވަރަށް އައި ބަދަލު ދެނެގަތުމަށް މަސައްކަތް ފަށާފައެވެ. އެގޮތުން އަންނަ ހަފްތާއިން ފެށިގެން ރެންޑަމް ސާމްޕަލް ނެގުމަށް ވަނީ ހަމަޖެހިފައެވެ.
ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޑރ. އަފްޒަލް ވިދާޅުވީ އިންޑިޕެޑެންޓު ކޭސްތަކަށް ވެސް ހާއްސަ ސަމާލުކަމެއް ދޭ ކަމަށާއި، އެ މީހުންނާއި މީގެ ކުރިން ބަލި ޖެހިފައި ހުރި އެއްވެސް މީހަކާއި ގުޅުމެއް ވޭތޯ ނުވަތަ ކްލަސްޓާއަކާއި ލިންކެއް ވޭތޯ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. ޑރ. އަފްޒަލް ވިދާޅުވީ އާއްމުކޮށް އިންޑިޕެންޑެންޓް ކޭސްތަކަށް ބަލި ޖެހުމުގެ ފުރުސަތު އޮތީ އޭނާ ދިރިއުޅޭ ތަނަކާއި ކައިރި ސަރަހައްދަކުން ކަމަށެވެ. އެއީ އެ ސަރަހައްދުގައި ބަލި ޖެހިފައި ހުރި ބަޔަކު އުޅުން ނުވަތަ ނޭނގުމެއްގެ ތެރެއިން ބަލި ޖެހިފައި ހުރި މީހަކާއި ކޮންކްޓު ވުމެވެ.

ރާއްޖޭގައި ބަލިން ރަނގަޅުވާ މީހުންނާއި، ދޫކޮށްލާ މީހުންނާއި މެދު އަމަލު ކުރާނެ ގޮތުގެ އުސޫލެއް ވަނީ އާއްމުކޮށްފައެވެ. އެ އުސޫލަކީ ދުނިޔޭގެ ސިއްހަތާއި ބެހޭ ޖަމިއްޔާ ޑަބްލިއުއެއްޗްއޯގެ ގައިޑްލައިނާއި އެއްގޮތަށް އަމަލު ކުރުމަށް ނިންމި އުސޫލެކެވެ. އެ އުސޫލުގެ ދަށުން ބައްޔަށް ޕޮޒިޓިވް ވެ އަލާމާތްތައް ހުރި މީހެއްނަމަ އަދި އެ މީހަކީ ކޮމިއުނިޓީ ބޭސްޑް އައިސޮލޭޝަންއެއްގައި ހުރި މީހެއްނަމަ އެ މީހަކު ދޫކޮށްލެވޭނީ އަލާމާތްތައް ފެނުމަށްފަހު އެންމެ މަދުވެގެން 14 ދުވަސް ހަމަވުމަށްފަހު އެވެ. އަދި އެ މީހެއްގެ އަލާމާތްތައް ރަނގަޅުވެފައި އެންމެ މަދުވެގެން ތިން ދުވަސް ވާންޖެހޭނެ ކަމަށް އުސޫލުގައި ވެއެވެ. މީގެ އިތުރުން އެ މީހެއްގެ އަލާމާތްތައް ފެނުނުތާ 10 ދުވަސްވެ އެއްކޮށް ރަނގަޅުވެ، އަލާމާތްތައް ނެތި ތިން ދުވަސް ވެ އަދި ޖުމްލަ 14 ދުވަސް ހަމަވާނަމަ އެ މީހަކު ދޫކޮށްލާނީ އިތުރު ޓެސްޓެއް ހެދުމެއް ނެތި އެވެ.

މި އޫސޫލާއި އެކު ބައެއް މީހުން ވަނީ ދޫކޮށްލާފައެވެ.

ބަލި ޖެހުނު މީހުންގެ ތެރެއިން ގިނަ ބަޔަކު ރަނގަޅުވެފައިވާއިރު، މިވަގުތު ފަރުވާދެމުން ދަނީ 922 މީހަކަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: