ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ވަޒީފާއަށް އަސަރުކުރި ދިވެހިންނަށް ވޯލްޑް ބޭންކުގެ އެހީ !

ޝެއާރކޮށްލާ ކަހަލަދޯ؟

ވަޒީފާއަށް އަސަރުކުތި ދިވެހިންނަށް ވޯލްޑް ބޭންކުގެ އެހީކޮވިޑް-19އާއި ގުޅިގެން ވަޒީފާއަށް އަސަރުކުރި ދިވެހިންނަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް ނިންމައިފިއެވެ.

ވޯލްޑް ބޭންކުން އާންމުކޮށްފައިވާ ނޫސްބަޔާނެއްގައި ބުނެފައިވަނީ ކޮވިޑް-19އާއި ގުޅިގެން ވަޒީފާއަށް އަސަރުކުރުމުގެ ސަބަބުން މާލީ އަދި އިގްތިސާދީ ގެއްލުންތައް ބައެއް އާއިލާތަކަށް ކުރިމަތިވެފައިވާ ކަމަށެވެ. އަދި އެމީހުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް 12.8 މިލިއަން ޑޮލަރުގެ އެހީ ދިވެހިރާއްޖެއަށް ފޯރުކޮށްދިނުމަށް އެބޭންކުގެ އެގްޒެކެޓިވް ޑިރެކްޓަރުންގެ ބޯޑުން ނިންމާފައިވާ ކަމަށެވެ.

މިއެހީތެރިކަމާއިއެކު ކޮވިޑް-19ގެ ސަބަބުން ވަޒީފާ ގެއްލި ނުވަތ މުސާރަ ކުޑަކޮށްފައިވާ މީހުންނަށް ދިވެހި ސަރުކާރުން ދޭ 5000 ރުފިޔާ ދިނުމަށް އިތުރު އެހީއަކަށް ވާނެކަމަށް އެބޭންކުން ބުނެއެވެ. އަދި ރާއްޖޭގެ އިޖްތިމާއީ ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި ރާވާފައިވާ ޕްރޮގްރާމްތަކަށްވެސް މިކަމުގެ ސަބަބުން އެހީއަކަށް ވެގެންދާނެ ކަމަށް އެބޭންކުން ބުނެއެވެ.

ވޯލްޑް ބޭންކުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ކަންޓްރީ ޑިރެކްޓަރ އައިޑާ ސްވަރާއީ-ރިޑީހޯ ވިދާޅުވީ ކޮވިޑް-19 ފެތުރުނަ ނުދިނުމަށްޓަކައި ދިވެހި ސަރުކާރުން އަޅުއްވާފައިވާ ފިޔަވަޅުތަކުގެ ސަބަބުން ވަރަށް ގިނަ ބައެއްގެ ވަޒީފާތައް ގެއްލި، އާއިލާތަަކަށް އާމްދަނީ ލިބުމަށް ވަރަށް ބޮޑަށް ދަތިވެފައިވާ ކަމަށެވެ. އަދި މިއެހީގެ ސަބަބުން އެންމެ ބޮޑަށް އެހީތެރިކަން ބޭނުންވާ އާއިލާތަކަށް ސީދާ އެހީތެރިކަން ލިބުމަށް މަގުފަހިވާނެ ކަމަށެވެ.

މިއެހީއަކީ ކޮވިޑް-19 އިމަޖެންސީ އިންކަމް ސަޕޯޓް ޕްރޮޖެކްޓްގެ ދަށުން ވަރލްޑް ބޭންކުން ފޯރުކޯށްދީފައިވާ އެހީއެކެވެ. މިޕްރޮޖެކްޓްގައި ހިމެނިފައިވާ ކަންކަން ތަންފީޒް ކުރަމުންދާނީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓުންނެވެ. އަދި ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އޮތޯރިޓީ އަދި މޯލްޑިވްސ ޕެންޝަން އޮފީހުން މިނިސްޓްރީއަށް އެހީތެރިކަން ފޯރުކޮށްދެމުންދާނެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: