ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޖޭއެސްސީން ހދ. ޖުޑީޝަލް ދާއިރާގެ އިސް މެޖިސްޓްރޭޓް މައުސޫމް ސަސްޕެންޑުކޮށްފި

ހދ. ޖުޑީޝަލް ދާއިރާގެ އިސް މެޖިސްޓްރޭޓް މައުސޫމް
ޝެއާރކޮށްލާ ކަހަލަދޯ؟

ހދ. ޖުޑީޝަލް ދާއިރާގެ އިސް މެޖިސްޓްރޭޓް މުހައްމަދު މައުސޫމަށް ކުރެވޭ ތުހުމަތުތަކާއި ގުޅިގެން ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީން) އިން އޭނާ ސަސްޕެންޑުކޮށްފިއެވެ.

 ހއ ޖުޑީޝަލް ދާއިރާގެ އިސް މެޖިސްޓްރޭޓު ސަސްޕެންޑުކޮށް ޖޭއެސްސީން ނެރުނު ބަޔާނުގައި ބުނެފައިވަނީ މައުސޫމްއާއި ގުޅޭގޮތުން ތަހުގީގު ކުރަމުން ދާ މައްސަލަތަކުގައި ތަހުގީގުކޮށްފައިވާ ހިސާބަށް ރިއާތަތްކޮށް ތަހުގީގު ކޮމިޓީން މައްސަލަ ބަލައި ވަކިގޮތެއް ކަނޑައަޅަންދެން ޖުޑީޝަލް ސާވިސް ކޮމިޝަނުގެ ގާނޫނުގެ 25 ވަނަ މާއްދާގެ (ތ) އަދި (ލ) ގެ ދަށުން ވަޒީފާއަށް ނުނިކުމެ 60 ދުވަހުގެ މުއްދަތަކަށް އޭނާ ސަސްޕެންޑު ކުރުމަސް ނިންމާފައިވާ ކަމަށެވެ.

ޖޭއެސްސީން ބުނެފައިވަނީ މައުސޫމާއި ގުޅޭގޮތުން ބަލަމުން އަންނަނީ އޭނާއަކީ ރިޝްވަތު ނަގާ މީހެއްކަމަށް ބުނެ އެވާހަކަ ދައްކާ ޕޯސްޓަކާއި ގުޅޭ މައްސަލައަކާއި އެކު ޖިންސީ ފުރައްސާރައިގެ މައްސަލައެކެވެ. އަދި އެ ނޫންވެސް އެކި މައްސަލަތަކެއް މައުސޫމާއި ގުޅޭގޮތުން ލިބިފައިވާކަމަށް ޖޭއެސްސީން ވަނީ ބުނެފައެވެ.

ޖޭއެސްސީން މީގެ ކުރިންވެސް ވަނީ ފަނޑިޔާރުންނާއި، ގާޒީން އަދި މެޖިސްޓްރޭޓުންނަށް ކުރެވިފައިވާ ތުހުމަތުތައް ތަހުގީގުކޮށް މަގާމުން ސަސްޕެންޑުކޮށްފައެވެ. އަދި ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައި ފަނޑިޔާރުން ވަކިކޮށްފައި ވެސް ވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: