ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އާތިފާ ހައުސިން މިނިސްޓަރުކަމުން އިސްތިއުފާ ދެއްވަން ނިންމަވައިފި

ނޫސްވެރިންގެ ބައްދަލުވުމެއްގައި އާތިފާ ވާހަކަފުޅު ދައްކަވަނީ / ފޮޓޯ: މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

ހައުސިން މިނިސްޓަރު އާމިނަތު އާތިފާ ޝަކޫރު އިސްތިއުފާ ހުށަހަޅުއްވާފައިވާ ކަމުގެ އަޑުތަކެއް ފެތުރިއްޖެއެވެ. 

 ބައެއް މީޑިއާތަކުން ރިޕޯޓު ކުރާގޮތުން އިސްތިއުފާ ހުށަހެޅުއްވީ ބަލި ހާލަތު ހުރި ގޮތުންނެވެ. ނަމަވެސް އިސްތިއުފާ ހުށަހެޅުއްވިކަން އަދި ޔަގީން ކުރެވިފައިނުވާއިރު އާތިފާގެ ބަހެއް ވެސް މި މައްސަލައިގައި ލިބޭނެ ގޮތެއް ނުވިއެވެ. މިކަމުގެ ހަގީގަތް ބަލާލުމަށް ގުޅުމުން ރައީސް އޮފީހުން، ޗީފް އޮފް ސްޓާފާއި ހަވާލާދީ ބުނެފައިވަނީ އާތިފާ ދެއްވި ސިޓީއެއް ލިބިފައިކަން އެނގިފައި ނެތް ކަމަށެވެ.

އާތިފާ އަކީ ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ އެމްއާރްއެމްގެ ސްލޮޓެއްގައި ވަޒީރުކަން ލިބިވަޑައިގެންނެވި ފަރާތަކަށް ވާއިރު، އެމްއާރުއެމްގެ އިސް ފަރާތްތަކަށް ވެސް “ސަންގު” އިން ގުޅުމުން ފޯނަށް ޖަވާބެއް ދެއްވާފައި ނުވެއެވެ. 

އާތިފާ އިސްތިއުފާއަށް ހުށަހަޅުއްވިކަމަށް އަޑުތައް ފެތުރުނީ ހިޔާ މަޝްރޫގެ ފްލެޓުތަކުގެ މަސައްކަތް ނިމި އަންނަ ޖުލައި މަހުގެ ނިޔަލަށް ފްލެޓްތައް އޭގެ ހައްގުވެރީންނަށް ހަވާލު ކުރެވޭނެ ކަމަށް މަޖިލީހުގެ ކޮމިޓީއެއްގައި ވިދާޅުވެފައި ވަނިކޮށް، އެއީ އޮޅިގެން ވިދާޅުވެވުނު އެއްެޗެއްކަމަށް ބުނެ އޭގެ ފަހުން ހައުސިން މިނިސްޓްރީން ބަޔާނެއް ނެރެފައިވަނިކޮށެވެ. މި މައްސަލައިގައި އާތިފާއަށް ވަރަށް ބޮޑަށް ފާޑުކިޔުންތައް އަމާޒުވިއެވެ.

އާތިފާ މަގާމުން ވަކި ކުރުމަށް ވެސް މަޖިލީހުގައި މެމްބަރުން ވަނީ ގޮވާލާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: