ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ބައްޔަށް ޓެސްޓު ކުރި މީހުންގެ ތެރެއިން މިއަދު ބައްޔަށް ޕޮޒިޓިވް ވީ 20 މީހެއް!

ކޮވިޑަށް ޓެސްޓުކުރުމުގެ ގޮތުން މާލޭގައި ރެންޑަމް ސާމްޕަލް ނެގުމުގެ މަސައްކަތްތައް ކުރިޔަށް ގެންދޭ
ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖޭގައި ކޮވިޑަށް ޓެސްޓު ކުރި މީހުންގެ ތެރެެއިން ވެތުވެ ދިޔަ 24 ގަޑިއިރުގެ ތެރޭގައި ބަލި ޖެހިފައި ހުރި 20 މީހަކު ފެނިފައިވާކަމަށް ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ރިޕޯޓުކޮށްފިއެވެ.

ބައްޔަށް ޕޮޒިޓިވް ވި މީހުންގެ މައުލޫމާތުތައް ހާމަކޮށް އެޗްޕީއޭއިން ބުނެފައިވަނީ މިއަދު ބަލި ޖެހުނު މީހުންގެ ތެރޭގައި ހިމެނެނީ 16 ދިވެހިންނާއި، ބަންގްލަދޭޝްގެ 04 މީހެއް ކަމަށެވެ. އަދި މި އަދަދާއި އެކު ރާއްޖޭގައި ބެލި ޖެހުނު މީހުންގެ ޖުމްލަ އަދަދު މިހާރު 1،962 އަށް އަރައެވެ.

ބައްޔަށް ޓެސްޓު ކުރުމުގެ ގޮތުން މިހާތަނަށް 32،391 ސާމްޕަލްއެއް ވަނީ ނަގާފައެވެ.

ބަލީން 111 މީހެއް ރަނގަޅުވެ، މިވަގުތު ކޮވިޑަށް ފަރުވާ ދެމުންދާ މީހުންގެ އަދަދަކީ 825 އެވެ. އެހެން ކަމުން ބަލީން ރަނގަޅުވީ މީހުންގެ ޖުމްލަ އަދަދަކީ 1،121 އެވެ. އަދި އައިސޮލޭޝަން ފެސިލިޓީތަކުގައި 932 މީހެއް ތިބިއިރު، ކަރަންޓީން ފެސިލިޓީތަކުގައި 398 މީހެއް އެބަތިއްބެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: