ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޖޫން މަހުގެ ބިލް ހަދާނީ ގޭގެޔަށް ގޮސް ރީޑިން ނަގައިގެން: ސްޓެލްކޯ

ސްޓެލްކޯއިން ފޯރުކޮށްދެމުން ދާ ކަރަންޓުގެ ހިދުމަތް
ޝެއާރކޮށްލާ ކަހަލަދޯ؟

ޖޫން މަހުގެ ބިލް ހެދުމަށްޓަކައި، ކުރިން ވެސް އަމަލު ކުރަމުން އައި އުސޫލުގެ ދަށުން ގޭގެއަށް ގޮސް ރީޑިން ނަގަމުން ގެންދާނެކަމަށް ސްޓެލްކޯއިން ބުނެފިއެވެ.

ސްޓެލްކޯއިން މިރޭ ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ، ކޮވިޑާއި ގުޅިގެން އިއުލާނުކޮށްފައިވާ ފުރަބަންދުގެ މުއްދަތުގައި ކުންފުނީގެ ކަސްޓަމަރުންނާއި މުވައްޒަފުންގެ ސަލާމަތާއި ރައްކާތެރިކަމަށް ނިމިދިޔަ ދެ މަސް ދުވަހުގެ ތެރޭގައި ވެސް ބިލު ތައްޔާރުކޮށްފައިވަނީ ކުންފުނީގެ ވެބްޕޯޓަލް މެދުވެރިކޮށް ލިބެމުން އައި މީޓަރުގެ ފޮޓޯތަކަށް ކަމަށެވެ. މިގޮތަށް އަމަލު ކުރާ އުސޫލެއް ކަނޑައެޅި ނަމަވެސް ބައެއް ކަސްޓަމަރުންނަށް ދަތިތަކެއް ހުރިކަން ފާހަގަކުރެވިފައި ވާ ކަމަށެވެ. އަދި އޭގެ އިތުރުން ފާއިތުވީ ދެ މަސް ދުވަހުގެ ތެރޭގައި ވެސް ގިނަ މީޓަރުތަކެއްގެ ފޮޓޯތައް ލިބިފައި ނުވާއިރު، ފޮޓޯ ނުލިބޭ މީޓަރުތަކަށް ކުންފުނިން ބިލު ހަދާފައިވަނީ ފާއިތުވީ މަސްތަކުގައި ކަރަންޓު ބޭނުންކޮށްފައިވާ މިންވަރަށް ބަލައި އެވްރެޖުކޮށްކަމުގައި އެ ބަޔާނުގައި ވަނީ ބުނެފައެވެ.

https://twitter.com/STELCOMALDIVES/status/1270768895738220546

ސްޓެލްކޯއިން ބުނެފައިވަނީ ސަރުކާރުން ފުރަބަންދަށް ލުއިތަކެއް ދީފައިވާއިރު މި ހިނގާ ޖޫން މަހުގެ ބިލު ހެދުމަށް ކުރިންވެސް އަމަލު ކުރަމުން އައިސްފައިވާ ގޮތަށް ގޭގެއަށް ގޮސް މީޓަރުތަކުގެ ރީޑިން ނެގުމަށް ކުންފުނިން މިހާރު ނިންމާފައިވާ ކަމަށެވެ. ސްޓެލްކޯއިން ބުނެފައިވަނީ ބުދަ ދުވަހުން ފެށިގެން ކުންފުނީގެ މުވައްޒަފުން ގޭގެއަށް ގޮސް ރީޑިން ނަގަމުން ގެންދާނެ ކަމަށެވެ.

މީގެ އިތުރުން އެ ބަޔާނުގައި ބުނެފައިވަނީ ލޮކްޑައުންއަށް ލުއިތަކެއް ދީފައިވީ ނަމަވެސް މި ހާލަތިގައި ކުންފުނީގެ ކަސްޓަމަރުންނާއި މުވައްޒަފުންގެ، ސަލާމަތާއި ރައްކާތެރިކަމަށް، އިސްކަމެއް ދޭންޖެހޭތީ މިހާލަތާއި ގުޅިގެން ވަދެނިކުމުމުގައި ދަތި ތަންތަނަށް ބިލް ހަދަމުންދާތީ ކުންފުނީގެ ވެބްޕޯޓަލް މެދިވެރިކޮށް ލިބޭ ފޮޓޯތަކަށް ކަމަށެވެ. އަދި ފޮޓޯ ނުލިބޭ ތަންތަނަށް ކުރީގެ މަސްތަކުގެ އެވްރެޖު ބިލެއް ތައްޔާރު ކުރާނެ ކަމަށް ބުނެފައިވެއެވެ. ސްޓެލްކޯއިން ބުނެފައިވަނީ ރީޑިން ނެގުމަށް ފެށުމާއި އެކު ކުރިން ވެސް އިއުލާނުކޮށްފައިވާ ގޮތަށް އެވްރެޖު ބިލުތަކަށް ގެންނަން އެޑްޖަސްޓެމްނެޓުތައް ގެންނާނެ ކަމަށެވެ.

ދަރުބާރުގޭގައި މިދިޔަ މަހުގެ ފަހުކޮޅު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ހަސަން މުޣުނީ ވިދާޅުވީ، ޖޫން މަހުގެ ބިލުން ވެސް ޑޮމެސްޓިކް މީޓަރުގެ 40 އިންސައްތަ ޑިސްކައުންޓު ދީފައިވާނެ ކަމަށެވެ. އަދި ރަށްތަކުގެ ފެނުގެ ހިދުމަތް ދޭއިރު އެ ބިލުތަކުން 30 އިންސައްތައިގެ ޑިސްކައުންޓެއް ލިބޭނެ ކަމަށެވެ. މުޣުނީ ވިދާޅުވީ ބިލުގެ ޒަރިއްޔާއިން ސަބްސިޑީގެ ގޮތުގައި އެ ގޭބިސީއަކަށް ލިބިފައިވާ އަދަދު އެނގޭނެ ކަމަށެވެ. ކަރަންޓު ބިލު އެކިއުރޭޓު ވާނީ އެ ގެއެއްގެ މީޓަރު ބޯޑުގެ ފޮޓޯއެއް ފޮނުވުމުން ކަމަށާއި، އަދި ބިލުން ދީފައިވާ ލުއިތައް ވެސް ލިބޭނީ އޭރުން ކަމަށް މުޣުނީ ވިދާޅުވިއެވެ. 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: