ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކިޔަވައިދޭ މަރުކަޒުތަކާއި އޮފީސް އަދި މިސްކިތްތައް ޖުލައި މަހު ހުޅުވާލަނީ

ހެލްތު މިނިސްޓްރީގެ އެސިސްޓަންޓް ޑިރެކްޓަރ އާއިޝަތު ޝައިނާ
ޝެއާރކޮށްލާ ކަހަލަދޯ؟

ކިޔަވައިދޭ މަރުކަޒުތަކާއި، އޮފީސް އަދި މިސްކިތްތައް ޖުލައި މަހު ހުޅުވާލަން ތައްޔާރުވަމުން އަންކަމަށް އެންއީއޯސީއިން ބުނެފިއެވެ.

ރޭ ދަރުބާރުގޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހެލްތު މިނިސްޓްރީގެ އެސިސްޓަންޓް ޑިރެކްޓަރ އާއިޝަތު ޝައިނާ ވިދާޅުވީ  ޖުލައި މަހު ހުޅުވާލަން ގަސްތުކުރާ ތަންތަނަކީ އެހެން ސެކްޓަރތަކާއި ވާހަކަދެއްކުމަށްފަހު އެޗްޕީއޭގެ ގައިޑްލައިނާއި އެއްގޮތްވާ ގޮތުގެ މަތިން ހުޅުވާލަންޖެހޭ ތަންތަން ކަމަށެވެ.

އެގޮތުން ފަތުރުވެރިކަމުގެ ދާއިރާއާއި ގުޅުންހުރި ތަންތަނާއި އިންޓަނޭޝަނަލް އެއާޕޯޓުތަކާއި މިސްކިތްތައް ކަމާ ގުޅުންހުރި އިދާރާތަކުގެ މަޝްވަރާއާއެކު އެޗްޕީއޭގެ ގައިޑްލައިންތަކާއި އެއްގޮތްވާ ގޮތުގެ މަތިން ހުޅުވާލެވޭނެ ކަމަށެވެ.

މީގެ އިތުރަށް ކްލޯޒް ކޮންޓެކްޓްވެގެން ކުޅެވޭ ކުޅިވަރުތަކާއި ހަރަކާތްތައް، ޖިމް ، ސެލޫން އަދި ސްޕާފަދަ ތަންތަން ޖުލައިމަހު ހުޅުވާލެވޭނެ. ފިޒިކަލީ ގާތްވެގެން ދެވޭ ޚިދުމަތްތައް ދިނުމަށް ހުއްދަދެވޭނީ ބައެއް ކަންކަން ފުރިހަމަވުމަށްފަހު

ސްކޫލްތައް ހުޅުވުމަށް ތައްޔާރު ވަމުން އަންނައިރު، ސްކޫލްތަކާއި ކޮލެޖު އަދި ޔުނިވާސިޓީތައް އަލުން ހުޅުވާލިކަމުގައިވިޔަސް، އަމަލުކުރަންޖެހޭ ބައެއް އުސޫލުތައް މިހާރުވެސް އެޑިޔުކޭޝަނުން ސްކޫލްތަކަށް ފޮނުވާފައިވާ ކަމަށް މައުލޫމާތު ލިބެއެވެ.

އެގޮތުން ސްކޫލްތަކުގައި އުޅޭއިރު ހުރިހާ ދަރިވަރުންނާއި، ޓީޗަރުންވެސް އުޅެންވާނީ މާސްކު އަޅައިގެންކަމަށް ވަނީ ބުނެފައެވެ. އެހެންނަމަވެސް، ނޭވާ ހިއްލާ މީހުންނާއި ކުދިންގެ އިތުރަށް ދެ އަހަރުން ދަށުގެ ކުދިން މިކަމުން އިސްތިސްނާވާނެކަމަށް ގައިޑްލައިންގައި ވަނީ ބުނެފައެވެ. އަދި ދަރިވަރުން ސްކޫލަށް އައުމުގެ ކުރިން ދަރިވަރުގެ އެއްވެސް އާއިލާ މީހަކުވެސް ކޮވިޑަށް ޕޮޒިޓިވްވެފައިވޭތޯ ނުވަތަ ކަރަންޓިން ފެސިލިޓީއަކަށް ގެންގޮސްފައިވޭތޯ ބަލާނެކަމަށް ވަނީ ބުނެފައެވެ.

މިމަހުގެ 15އިން ފެށިގެން ހުއްދައެއް ނެތި ބޭރަށް ނުކުމެ އުޅުމަށް ވަކި ވަގުތުތަކެއްގައި ހުއްދަ ދީފައިވާއިރު، މިސްކިތްތައް ހުޅުވާލުން ޖުލައި މަހަށް ފަސްކޮށްފައިވުމާއި ގުޅިގެން ބައެއް ދީނީ އިލްމުވެރިންނާއި އާންމުން އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: