ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އައްޑޫ އީކުއެޓާ ވިލެޖް ކަރަންޓީނުގައި ހުރި އުމުރުން ދުވަސް ވީ މީހެއް ކޮވިޑަށް ޕޮޒިޓިވް

ޕޮޒިޓިވް ވެފައިވަނީ މާލެއިން ޓްރާންސިޓް ކަރަންޓީނަށް ދިޔަ އުމުރުން ދުވަސް ވީ މީހެއް - ފޮޓޯ: އަވަސް
ޝެއާރކޮށްލާ ކަހަލަދޯ؟

އައްޑޫ ސިޓީ އީކުއޭޓާރ ވިލެޖުގެ ކަރަންޓީނުގައި ހުރި މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެއެވެ.

މީޑިއާތަކަށް މައުލޫމާތު ދެއްވަމުން ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރުގެ ތަރުޖަމާނު މަބްރޫކް އަޒީޒް ވިދާޅުވީ ބައްޔަށް ޕޮޒިޓިވް ވީ 65 އަހަރުގެ މީހެއް ކަމަށެވެ. އޭނާގެ ހާލު ރަނގަޅުކަމަށް މަބްރޫކް މައުލޫމާތު ދެއްވިއެވެ.

މަބްރޫކް ވިދާޅުވީ ބައްޔަށް ޕޮޒިޓިވް ވި މީހަކީ، މާލެއިން ކަރަންޓީން ފެސިލިޓީއަކަށް ދިޔަ މީހެއް ކަމަށެވެ. އޭނާއާ އެއް ކޮޓަރިއެއްގައި އޭނާގެ މާމަ އަންހެން ދަރިއަކު ވެސް ކަރަންޓީނު ކުރި ކަމަށާއި އެހެން ނަމަވެސް އޭނާގެ ބައްޔަށް ނެގެޓިވް ކަމަށް މަބްރޫކް ވިދާޅުވިއެވެ.

މިއީ އައްޑޫ އިން ކޮވިޑް-19 އަށް ޕޮޒިޓިވްވި ފުރަތަމަ މީހާ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: