ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

11 އަހަރުގެ ކުއްޖާ ރޭޕްކުރި މައްސަލައިގައި މީހަކު ހައްޔަރުކޮށްފި

ކުޑަކުދިންނަށް ކުރާ ޖިންސީ އަނިޔާއާއި ދެކޮޅަށް ކުރިޔަށް ގެންދިޔަ ހަރަކާތުގެ ތެރެއިން: ފޮޓޯ - ފޭސްބުކް/ އަހުމަދު އާއިދު
ޝެއާރކޮށްލާ ކަހަލަދޯ؟

މާލޭގެ ގެސްޓް ހައުސްއެއްގައި އުމުރުން 11 އަހަރުގެ ކުޑަ އަންހެން ކުއްޖެއް ރޭޕް ކުރި މައްސަލައިގައި މީހަކު ހައްޔަރުކޮށްފިއެވެ.

މި މައްސަލައާއި ގުޅޭގޮތުން މީޑިއާތަކަށް މައުލޫމާތު ދެމުން ފުލުހުން ބުނެފައިވަނީ، 38 އަހަރުގެ އެ ފިރިހެން މީހާ ހައްޔަރުކޮށްފައިވަނީ ކޯޓު އަމުރެއްގެ ދަށުން ކަމަށެވެ.

ފުލުހުން ބުނެފައިވަނީ، ޖިންސީ ގޯނާގެ ޝިކާރައަކަށް ވީ އެ ކުއްޖާއަށް އެހީތެރިކަމާއި ރައްކާތެރިކަން ކަށަވަރުކޮށްދޭނެ ކަމަށެވެ. އަދި މި މައްސަލައަށް ހާއްސަ އިސްކަމެއް ދީގެން ތަހުގީގު ކުރަމުން އަންނަ ކަމަށް އެ އިދާރާއިން ވަނީ ބުނެފައެވެ. ފުލުހުން ބުނެފައިވަނީ އެ ކުއްޖާ ރައްކާތެރި މާހައުލަކަށް ބަދަލު ކުރެވިފައިވާ ކަމަށެވެ. 

އުމުރުން 11 އަހަރުގެ ކުއްޖަކު ރޭޕް ކުރި މައްސަލައިގައި މީހަކު ހައްޔަރު ކުރިއިރު، އުމުރުން 16 އަހަރުގެ އަންހެން ކުއްޖަކަށް ބިރު ދައްކައިގެން އާއިލާއަށް ބްލެކްމެއިލްކޮށް ގެސްޓް ހައުސްއަކަށް ގެންގޮސް ރޭޕް ކުރި މައްސަލައެއް ވެސް ފުލުހުން އަންނަނީ ތަހުގީގު ކުރަމުންނެވެ. އެ މައްސަލައިގައި އުމުރުން 24 އަހަރުގެ ފިރިހެނެއް ވަނީ ހައްޔަރުކޮށްފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: