ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މިއަހަރު ހައްޖަށް ދިޔުމުގެ ހުއްދަ ލިބޭނީ ސައުދީ އަރަބިއާގައި ތިބި އެކި ގައުމުތަކުގެ މީހުންނަށް އެކަނި!

ޝެއާރކޮށްލާ ކަހަލަދޯ؟

މިއަހަރު ހައްޖަށް ދިޔުމުގެ ހުއްދަ ލިބޭނީ ސައުދީ އަރަބިއާގައި ތިބި އެކި ގައުމުތަކުގެ މީހުންނަށްކަމަށް އެގައުމުން ހާމަކޮށްފިއެވެ.

ސައުދީ އަރަބިއާގެ މިނިސްޓްރީ އޮފް ހައްޖު އެންޑް އުމްރާއިން އާންމުކޮށްފައިވާ ބަޔާނުގައި ބުނެފައިވަނީ ހައްޖުގެ އަޅުކަން އަދާކުރުން މިއަހަރުގެ ހައްޖު މޫސުމުގައި ކުރިއަށްދާނެ ކަމަށެވެ. އެހެންނަމަވެސް، ކޮވިޑް-19އާއި ގުޅިގެން ދިމާވެފައިވާ މިހާލަތުގައި މުޅި ދުނިޔޭގެ ރައްޔިތުންގެ އާންމު ސިއްހަތު ރައްކާތެރިކުރުމަށްޓަކައި މިއަހަރުގެ ހައްޖުގެ އަޅުކަން އަދާކުރުމަށް އެކި ގައުމުތަކުން މީހުން އެތެރެ ނުކުރުމަށް ނިންމާފައިވާ ކަމަށެވެ.

މިއަހަރުގެ ހައްޖުގެ އަޅުކަން އަދާކުރުމުގެ ހުއްދަ ލިބޭނީ މަދު ބަޔަކަށް ކަމަށް މިނިސްޓްރީ އޮފް ހައްޖު އެންޑް އުމްރާއިން ވަނީ ބުނެފައެވެ. ކޮވިޑް-19އާއި ގުޅިގެން މުޅި ދުނިޔެއަށް ޕެންޑެމިކްގެ ހާލަތެއް އައިސްފައިވާކަމާއި މިހާތަނަށް ބައްޔަށް ވެކްސިނެއް ހޯދިފައިނުވާކަން ފާހަގަކޮށް އެމިނިސްޓްރީން ބުނީ މިނިންމުމަކީ ވަރަށް ގިނަ ކަންކަން ބެލުމަށްފަހު ނިންމި ނިންމުމެއް ކަމަށެވެ. އެގޮތުން ގައުމުތަކުން ރިޕޯޓުކުރާ ކޮވިޑް-19ގެ ކެސްތައް އިތުރުވަމުން ދިޔުމާއި މިހާރު އަމަލުކުރަންޖެހޭ އިޖްތިމާއީ ގައިދުރުކަމުގެ އުސޫލުތަކަށް އަމަލުކުރުން ވަނީ ފާހަގަކޮށްފައެވެ

މީގެ އިތުރަށް، އެންމެ އިސްކަން ދޭނެ ކަމަކީ ހައްޖާއި އުމްރާގެ އަޅުކަން އަދާކުރަން އަންނަ މީހުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުން ކަމަށާއި، ކޮވިދް-19ގެ ހާލަތު ފެށުނީއްސުރެ އެކަމުން ރައްކާތެރިވުމަށް އެޅެންހުރި ފިޔަވަޅުތައް އަޅަމުންއަންނަ ކަމަށް ވަނީ ފާހަގަކޮށްފައެވެ. އެގޮތުން އުމްރާގެ އަޅުކަން އަދާކުރުމަށް ސައުދީ އަރަބިއާގައި ތިބި މީހުންގެ އިތުރަށް، އިތުރު މީހުން އުމްރާގެ އަޅުކަން އަދާކުރުމަށް ނުގެނެސް މަޑުޖައްސާލިކަންވެސް ވަނީ ފާހަގަކޮށްފައެވެ. އަދި ކޮވިޑް-19ގެ ސަބަބުން އެޅި މިފިޔަވަޅުތަކަށް މުސްލިމް ގައުމުތަކުގެ އެއްބާރުލުމާއި ތަރުހީބު ލިބިފައިވާކަމަށް ބަޔާނުގައި ވަނީ ބުނެފައެވެ.

މިއަހަރުގެ ހައްޖުގެ އަޅުކަމުގައި ވަކި އަދަަދަކަށް މީހުން ބައިވެރިވެވޭނެ ގޮތަށް ކަނޑައަޅާފައިވާއިރު، ހައްޖުގެ އަޅުކަން އަދާކުރުމުގައި ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ކަނޑައަޅާފައިވާ އުސޫލުތަކާއި އެއްގޮތަށް އަމަލުކުރާނެކަން ވަނީ ފާހަގަކޮށްފައެވެ. އެގޮތުން އިޖްތިމާއީ ގައިދުރުކަމަށް ޚާއްސަ ސަމާލުކަމެއް ދިނުމަށް ނިންމާފައިވާއިރ، އިސްލާމް ދީނުގައިވެސް ބަލިތަކުން ރައްކާތެރިވުމަށް ޚާއްސަ ސަމާލުކަމެއް ދީފައިވާކަން ވަނީ ފާހަގަކޮށްފައެވެ. 

2019 ވަނަ އަހަރުގެ ހައްޖުގެ އަޅުކަމުގައި ޖުމްލަ 2.5 މިލިއަނެއްހަ މީހުން ބައިވެރިވެފައިވާއިރު، ސައުދީ އަރަބިއާއިން ބޭރުން 1.8 މިލިއަނަށްވުރެ ގިނަމީހުން ވަނީ ހައްޖުގެ އަޅުކަން އަދާކުރުމަށް އެކި ގައުމުތަކުން އެގައުމަށް ވަނީ ގޮސްފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: