ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޖިންސީ ގޯނާގެ މައްސަލައިގައި ހެކި ހުރެ ދޫކޮށްލި މީހާ، މިފަހަރު ޝަރީއަތް ނިމެންދެން ބަންދަށް!

ޝެއާރކޮށްލާ ކަހަލަދޯ؟

ހައި ކޯޓުގެ އަމުރަށް ރިއާޔަތްކޮށް ޖިންސީ ގޯނާ ކުރިކަމުގެ ތުހުމަތުގައި ހައްޔަރުކުރުމަށްފަހު ދޫކޮށްލި މީހާ އިތުރު ތުހުމަތުތަކެއްގައި އަނެއްކާވެސް ހައްޔަރުކޮށްފިއެވެ.

ހެއްކާއި ގަރީނާ ހުރިނަމަވެސް، ޖިންސީ ގޯނާ ކުރުމަކީ ބޮޑު ކުށެއްގެ ގޮތުގައި ޖިނާއީ އިޖުރާއަތުގެ ގާނޫނުން ކަނޑައަޅާފައިނުވާތީ ހައި ކޯޓުގެ އަމުރަށް ރިއާޔަތްކޮށް ދޫކޮށްލާފައިވަނީ އުމުރުން 25 އަހަރުގެ ބ.ތުޅާދޫ / ހިޔާވަހި، އުނައިސް އަހުމަދެވެ.

މޮލްޑިވްސް ޕޮލިސް ސަރވިސްއިން ވަނީ އޭނާގެ ފޮޓޯވެސް މިހާރު އާންމުކޮށްފައެވެ. އޭނާ ދޫކޮށްލާފައިވަނީ ބަންދުގެ މުއްދަތު ޖަހަން ގެންދިޔުމުން، ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުމަކީ ބޮޑު ކުށެއްކަމަށް ކަނޑައަޅާފައިނުވާތި 15 ދުވަހަށްވުރެ ގިނަ ދުވަހު އޭނާ ބަންދުގައި ނުބެހެއްޓޭނެތީ، އިތުރަށް އޭނާ ބަންދުގައި ބެހެއްޓޭނެ ގޮތެއް ނެތްކަމަށް ބުނެއެވެ. އެއީ މިމަހުގެ 22 ވަނަ ދުވަހުއެވެ.

މިކަމާއި ގުޅިގެން ގިނަ ބާއެއްގެ ފާޑުކިޔުން ވަނީ މިކަމަށް އަމާޒުވެގެން ގޮސްފައެވެ. އަދި ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުމަކީ ގާނޫނުން ބޮޑު ކުށަކަށް ވާނީ ކޮން ދުވަހަކުންތޯ އަހައި ވަރަށް ބޮޑަށް ވަނީ ނުރުހުން ފާޅުކޮށްފައެވެ. މިގެ އިތުރަށް ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ ދަށުން އޭނާ ދޫކޮށްލެވުނަސް، ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރާ މީހުންނަށް ޚާއްސަ އުސޫލަކުން އަމަލުކުރުމާއި ބެހޭ ގާނޫނުގެ ދަށުން ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓޭނެކަމަށް ކޯޓު އަމުރުގައިވެސް ފާހަގަކޮށްފައިވާއިރު، އެކަމަށް އެދިފައިނުވާތީ ފުލުހުންނަށްވެސް ބޮޑެތި ފާޑުކިޔުންތަކެއް ވަނީ އަމާޒުވެގެން ގޮސްފައެވެ.

ކްރިމިނަލް ކޯޓުން ހާމަކޮށްފައިވާ ގޮތުން ރޭގެ ވަގުތެއްގައި އަނެއްކާވެސް އޭނަ ހައްޔަރުކޮށް، ޝަރީއަތް ނިމެންދެން އޭނާ ބަންދުގައި ބެހެއްޓުމަށް ވަނީ އަމުރުކޮށްފައެވެ. އަމުރުގައިވާ ގޮތުން، މިފަހަރު އޭނާ ހައްޔަރުކޮށްފައިވަނީ ޖިންސީ ގޯނާ ކުރިކަމުގެ ތުހުމަތުގެ އިތުރަށް ޝަޚުސު އޮޅުވާލުމާއި މަކަރާއި ހީލަތް ހެދުމުގެ ތުހުމަތުގައެވެ. އަދި އެކަށީގެންވާ މިންވަރަށް ހެކި ލިބިފައިވުމުގެ އިތުރަށް ގާނޫނުން މަކަރާއި ހީލަތް ހެދުމަކީ ބޮޑެތި ކުށްތަކުގެ ތެރޭގައި ހިމެނޭ ކުށަކަށް ވާތީ ޝަރީއަތް ނިމެންދެން އޭނާ ބަންދުގައި ބެހެއްޓުމަށް ވަނީ އަމުުރުކޮށްފައެވެ.

އުނެއިސް ފުރަތަމަ ހައްޔަރުކޮށްފައިވަނީ އުމުރުން 18 އަހަރު ނުފުރޭ ކުއްޖަކު ގެސްޓްހައުސްއެއްގައި ރޭޕްކޮށްފައިވާކަމަށް ތުހުމަތު ކުރެވޭ މައްސަލައާއި ގުޅިގެން މިދިޔަ މެއި މަހުގެ 28 ވަނަ ދުވަހުއެވެ. އޭނާގެ ޝަރީއަތް މިހާރު ކުރިއަށްދާއިރު މައްސަލަ ތަހުގީގު ފުރިހަމަކުރުމަށްފަހު ޕްރޮސިކިއުޓަރ ޖެނެރަލް އޮފީހަށް ފޮނުވުމުގެ މަސައްކަތް މިހާރު އަންނަނީ ފުލުހުން ކުރަމުންނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: