ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މަސައްކަތުގެ މާހައުލުގައި ފުލުހުން މަސައްކަތްކުރަންވާނީ މިނިވަންކަމާއެކު: ސީޕީ ހަމީދު

ފޮޓޯ: މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

މަސައްކަތުގެ މާހައުލުގައި ފުލުހުން މަސައްކަތްކުރަންވާނީ އެއްވެސް ނުފޫޒެއްނެތި މިނިވަންކަމާއެކުކަމަށް ޕޮލިސް ކޮމިޝަނަރ މުހައްމަދު ހަމީދު ވިދާޅުވެއްޖެއެވެ.

ސީޕީ ހަމީދު މިފަދައިން ވިދާޅުވެ ޓުވީޓު ކުރައްވާފައިމިވަނީ ސަފާރީގައި ހިންގި ރޭޕްކޭސްގެ ހާދިސާގައި ކުށުގެ ވެށިން ދެ ފިރިހެނަކު ހައްޔަރުކުރުމަށްފަހު “މަތިން އައި ކޯލް”އެއްގެ ސަބަބުން އެދެމީހުން ދޫކޮށްލާފައިވާކަމަށް ތުހުމަތުތަކެއް ކުރެވެމުން ދަނިކޮށެވެ. ރޭޕްކޭސްގެ ވާހަކަ ފެންމަތިވެގެން އައިފަހުން ތިން ދުވަސް ވެފައިވާއިރު، މިހާތަނަށް އެބުނާ ފޯން ކޯލްއަކީ ކިހާ ހިސާބަކުން ނުވަތަ ކޮން މަގާމެއްގައި ހުރި މީހަކު ކުރި ކޯލްއެއްކަމެއް ހާމަަކޮށްފައެއްނުވެއެވެ. ދާދިފަހުން ފެންމަތިވެގެން އައި ރޭޕްކޭސްތަކުގައި ޝާމިލްވާ މީހުންގެ ވަނަވަރު ހާމަކޮށްފައިވާއިރު، މިރޭޕް ކޭސްގައި ޝާމިލްވާ ކަމަށް ތުހުމަތުކުރާ ދެ ފިރިހެންނުންނަކީ ކޮންބައެއް ކަމެއް ފުލުހުންވެސް އަދި ރަސްމީ އެހެން އިދާރާއަކުންވެސް ހާމަކޮށްފައެއް ނުވެއެވެ.

ސީޕީ ހަމީދު ކުރެއްވި ޓުވީޓުގައި ވިދާޅުވެފައިވަނީ މިރޭޕް ކޭސް މޯލްޑިވްސް ޕޮލިސް ސާވިސްގެ ޕްރޮފެޝަނަލް ސްޓޭންޑަޑްސް ކޮމާންޑުންނާއި، ނޭޝަނަލް އިންޓަގްރިޓީ ކޮމިޝަނުންނާއި، ހިޔުމަން ރައިޓްސް ކޮމިޝަނުން ބަލަމުން އަންނަކަމަށެވެ. އަދި މަސައްކަތުގެ މާހައުލުގައި ހުރިހާ މުވައްޒަފުންވެސް މަސައްކަތްކުރަންވާނީ ކޮށްފައިވާ ހުވައާއި އެއްގޮތަށް ނުފޫޒެއްނެތި، މިނިވަންކަމާއެކުކަމަށް އަބަދުވެސް ގަބޫލުކުރައްވާ ކަމަށް ވިދާޅުވިއެވެ. އަދި މިމައްސަލަ މިހާރު އަންނަނީ ތަހުގީގުކުރަމުން ކަމަށާއި މިކޭސް ތަހުގީގުކުރުމަށްފަހު ނަތީޖާއަކަށް އިންތިޒާރުކުރާ ކަމަށް ވިދާޅުވިއެވެ.

މިމައްސަލައާއި ގުޅިގެން ނޫސްވެރިން އެތައް ސުވާލެއް ފުލުހުންނަށް އަމާޒު ކުރަމުންދާއިރު އެއިން އެއްވެސް ސުވާލަކަށް ފުލުހުން ޖަވާބު ދީފައެއްނުވެއެވެ.

މިކަމާއި ގުޅިގެން މަޖިލީހަށް ކުއްލި މައްސަލައެއް ހުށައަޅައި ކޮމިޓީ މަރުހަލާގައި ދިރާސާކުރަމުންދާއިރު، ކްރައިމް ސީންއަށް އަށް ފުރަތަމަ އެޓެންޑްވި ދެފުލުހުން ކޮމިޓިއަށް ހާޒިރުކުރުމަށް ވަނީ ނިންމާފައެވެ. އަދި ރޭޕް ވިކްޓިމްގެ އިއުތިރާޒެއް ނެތްނަމަ އޭނާވެސް ކޮމިޓީއަށް ހާޒިރުކުރުމަށް ވަނީ ނިންމާފައެވެ.

މަޖިލީހަށް ފުރަތަމަ މައްސަލަ ހުށަައެޅިގެން ބަހުސްކުރަމުންދިޔައިރު މެމްބަރުން ވަނީ ފުލުހުން އެމީހުން ހައްޔަރުކުރުމަށްފަހު އެދެމީހުން ދޫކޮށްލަން ނިންމީ ކީއްވެތޯ ސާފުވާންޖެހޭ ކަމަށް ވިދާޅުވެފައެވެ. އަދި މިފަދަ މައްސަލަތަކުގެ ތަހުގީގުތައް މިއަށްވުރެ ދެފުށް ފެންނަ ގޮތަކަށް ކުރިއަށް ގެންދިޔުމަށް ވަނީ ގޮވާލާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: