ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ގާނޫނު އަސާސީއާ ޚިލާފުވިކަމަށް ބުނެ ޖާބިރުގެ ބޮޑެތި ފާޑުކިޔުންތަކެެއް މައިމޫނާއަށް!

ޝެއާރކޮށްލާ ކަހަލަދޯ؟

ރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތް މައިމޫނާ އަބޫބަކުރު އަމަލުކުރެއްވީ ގާނޫނު އަސާސީއާ ޚިލާފަށް ކަމަށްބުނެ ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު މައިމޫނާއަށް ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުކޮށްފިއެވެ.

އާންމު ސިއްހަތު ރައްކާތެރިކުރުމުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިިލަށް ބަހުސްކުރައްވަމުން މެމްބަރު ޖާބިރު ވަނީ މިވޭތުވެދިޔަ ދުވަސްތަކުގައި ދިވެހިރާއްޖޭގެ ރައްޔިތުންގެ މިނިވަންކަން ނަގާލާފައިވާކަމަށް ވިދާޅުވެފައެވެ. އަދި މިނިވަންކަން ގެއްލޭފަދަ ހަރުކަށި ފިޔަވަޅުތައް އަޅަމުންދާއިރު، އެކަންކަން ނިންމަންވާނީ ރައްޔިތުންގެ މަޖިލީހުގެ ރުހުމާއިއެކުކަމަށް ޖާބިރު ވިދާޅުވިއެވެ.

ޖާބިރު ވިދާޅުވީ، މިފިޔަވަޅުތައްއަޅަމުން ގެންދިޔައިރުވެސް އެއީ ގާނޫނު އަސާސީއާ ޚިލާފުކަމެއްކަމަށް އޭރުވެސް ދެންނެވިން ކަމަށާއި އެކި ކައުންސިލުތަކުން އެކި މިންވަރަށް ފިޔަވަޅު އެޅުމަކީ ބަލައިގަނެވޭނެކަމެއް ނޫންކަމަށެވެ. އެކަމަކު ސަރުކާރުން މަސައްކަތްކުރީ ޖަޒީރާވަންތަކަމަށް އަދި ގާނޫނު އަސާސިއަށް ބެލުމެއްނެތި ކޮރޯނާ ވައިރަހާއި ދެކޮޅަށް އެންމެ ރަނގަޅު ފިޔަވަޅު އެޅި ގައުމުގެ ލަގަބު ހޯދުމަށްކަމަށް ވިދާޅުވިއެވެ.

އަދި ކޮވިޑާއި ދެކޮޅަށް މަސައްކަތްކުރުމަށް ލިބުނު ފައިސާއިން ވަރަށް ގިނަ ބަޔަކު މުއްސަނދި ވެފައިވާ ކަމަށް އާންމުން ތުހުމަތު ކުރެވޭ ކަމަށާއި މިހާރުން މިހާރަށް މައިމޫނާ ހައްޔަރުކުރުމަށް ވަނީ ގޮވާލާފައެވެ.

މެމްބަރު ޖާބިރު މިމޭރުމުން ވާހަކަދައްކަވަން ފެށުމުން، ރިޔާސަތު ބަލަހައްޓަވަމުން ގެންދެވި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވަނީ ޖާބިރުގެ ވާހަކަ މެދުކަނޑާލުމަށްފަހު، މައިމޫނާގެ ޚިދުމަތްތަކަށް ތައުރީފް ކުރައްވާފައެވެ. އަދި އެކަމަނާގެ މަސައްކަތަށް މެމްބަރުން ޝުކުރުއަދާކުރައްވާނެ ކަމަށް ގަބޫލުކުރައްވާކަމަށް ވިދާޅުވިއެވެ.

“އަޅުގަނޑު ޝުކުރެވެރިއެއް ނުވަން މައިމޫނާގެ މަސައްކަތަކަށް. ގާނޫނުއަސާސީއިން ބޭރުން އަމަލުކުރާ މީހުންނަކީ ގައްދާރުންގެ ގޮތުގައި އޮންނަނީ ސިފަކޮށްފައި. ކޮންމެ މީހަކު ކޮންމެ މަގާމެއްގައި ހުއްޓަސް ގާނޫނު އަސާސީ މުގުރަލައިގެން ނުވާނެ “

ބިލަށް ބަހުސް ކުރެއްވުމަށް ލިބުނު ފުރުސަތުގައި އުނގޫފާރު ދާއިރާގެ މެމްބަރު އިބްރާހިމް ވަހީދު (ވައްޑެ) ވަނީ ޖާބިރުގެ ވާހަކަތަކާއިމެދު ހިތްހަމަ ނުޖެހުން ފާޅުކުރައްވާފައެވެ. ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތު މައިމޫނާއަށް ކުޑައިިމީސްކޮށް ގަދަރު ކުޑަ ވާގޮތަށް މަޖިލީހުގައި ވާހަކަ ދެއްކިގެން ނުވާނެ ކަމަށާއި މެމްބަރު ޖާބިރުގެ ވާހަކަތައް ކުށްވެރިކުރައްވާކަމަށް ވިދާޅުވިއެވެ.

މެމްބަރު ވަހީދު ވިދާޅުވީ އާންމު ސިއްހަތު ރައްކާތެރިކުރުމުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިިލަށް ތާއީދުކުރައްވާކަން ފާހަގަކުރައްވާ މެމްބަރު ވަހީދު ވިދާޅުވި ކޮވިޑް-19ގެ ގުދު ފަތި ކުރުމުގެ މަސައްކަތުގެ އިސް އެއް މޭސްތިރިއަކީ މައިމޫނާކަމަށް ވިދާޅުވިއެވެ. އެހެންކަމުން އެކަމަނާއަށް ޝުކުރުވެރިވާންޖެހޭ ކަަމަށާއި މިސަރުކާރުން އެއްވެސް ކަމެއް ވަންހަނާކުރުމެއްނެތި މައުލޫމާތުތައް ފޯރުކޮށްދެއްވިކަމަށް ވިދާޅުވިއެވެ.

ޑީޖީގެ އިތުރަށް ރައީސުލްޖުމްހޫރިއްޔާއަކީވެސް ވަރަށް ހެޔޮލަފާ ބޭފުޅެއް ކަމަށާއި އެހެންނަމަވެސް ގާނުނު ހަދަނީ ރަނަގަޅު މީހުން އަބަދު އަންނާނެ ކަމަށް ބަލައިގެންނޫންކަމަށާއި ގާނޫނު ހަދަނީ ހެޔޮލަފާނޫން މީހަކުވެސް މަގާމަކާއި ހަވާލުވެދާނެކަމަށް ބަލައިގެން ކަމަށެވެ. ގާނޫނުއަސާސީގައި ހައްގުތަކުގެ ވާހަކަ ވަރަށް ރަނގަޅަށް ބަޔާންކޮށްފައިވާކަމަށާއި ކުއްލި ނުރައްކަލުގެ ހާލަތަށް ވަކި ބާބެއް އޮންނަނީ ސަބަބުތަކަކާއި ލައިގެންކަމަށް ވިދާޅުވިއެވެ. އަދި ކުއްލި ނުރައްކާ ހިންގަން ޖެހެނީވެސް ރައްޔިތުންގެ ރައްކާތެރިކަމަށްޓަކައިކަމަށް ވިދާޅުވިއެވެ.

“އިންތިޚާބު ކޮށްފައި ހުންނަ ރައީސަށްވުރެ ބޮޑު ބާރެއް އާދައިގެ ގާނޫނަކުން މިނިސްޓަރަކަށް ނުވަތަ އެނޫންވެސް މީހަކަށް އޮތުން އެއީ މައްސަލައެއް. އަޅުގަނޑު ގަބޫލުކުރާ ގޮތުގައި ހަދަންވީ ގޮތަކީ ބަލިމަޑުކަމެއް، ކާރިސާއެއް ނުވަތަ ހަނގުރާމައަކުންވިޔަސް ކުއްލި ހާލަުތުގެ ނުރައްކާ ގާނޫނުގެ 253 ވަނަ މާއްދާގެ ދަށުން ނޫނީ ނުހިންގޭ ގޮތަށް ކަނޑައަޅަންވީ. މިއީ ސިޔާސީ މީހުން ހައްޔަރުކުރުމަށް، އިންތިޚާބުތައް ފަސްކުރުމަށް ގެންގުޅޭ ހަތިޔާރެއްގެ ބަދަލުގައި މީގެ ދަށުން ނޫނީ ކުއްލި ނުރައްކަލުގެ ޙާލަތު ނުހިންގޭނެކަން އެބަޖެހޭ ކަށަވަރުކުރަން”

ކޮވިޑާއި ގުޅިގެން ވަރަށް ގިނަ ހައްގުތަކަށް ހުރަސް އެޅިފައިވާ ކަމަށާއި އެކަމާއި ގުޅިގެން އެތައް ތަކުލީފެއް އުފުލަން ޖެހުނު ކަމަށް ވިދާޅުވިއެވެ. ދަތުރުފަތުރުކުރުން ހުއްޓުވައި، މަހަށް ނުވަތަ ދަނޑަށް ދިޔުމާއި ކައިރި ރަށްތަކުގައި ހުރި ހޮސްޕިޓަލުޔަކަށް ދިޔުން މަނާކޮށްފައިވާކަން ފާހަގަކުރެއްވިއެވެ. އެހެންކަމުން، މިކަމުގެ ނާޖައިޒު ފައިދާ ނަގާފާނެ ކަމަށް ބަލައި ކުއްލި ނުރައްކަލުގެ ހާލަތަކީ ރައީސުލްޖުމްހޫރިއްޔާގެ ބަދަލުގައި އެހެން މީހަކަށް ކަނޑައެޅޭނެ ހާލަތެއްގެ ގޮތުގައި އޮތް އޮތުން ބަދަލުކުރަންޖެހޭ ކަމަށް ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: