ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އަނެއްކާވެސް ފީފާއިން ރާއްޖެ ސަސްޕެންޑް ކުރަންޖެހިދާނެ ކަމުގެ އިންޒާރު!

ޝެއާރކޮށްލާ ކަހަލަދޯ؟

ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)އަށް ތިންވަނަ ޕާޓީއެއްގެ ނުފޫޒު ފޯރާނަމަ ރާއްޖެ ސަސްޕެންޑްކުރަން ޖެހިދާނެކަމުގެ އިންޒާރެއް ފީފާއިން ދީފިއެވެ.

ބައިނަލްއަގްވާމީ ފުޓްބޯޅައިގެ މައި އިދާރާ، ފީފާއިން އެފްއޭއެމްއަށް ފޮނުވި ސިޓީގައި ބުނެފައިވަނީ ފީފާގެ ދަށުން އެފްއޭއެމް ހިންގަމުން އަންނައިރު އެފްއޭއެއެމްގެ ހުރިހާ ނިންމުންތައް ނިންމަން ޖެހޭނީ މިނިވަންކަމާއެކުގައި ކަމަށެވެ. އަދި އިތުރު ބައެއްގެ ނުފޫޒު އެފްއޭއެމްއަށް ފޯރާނަމަ، ފުޓްބޯޅައިގެ ކަންކަމުން ރާއްޖެ ސަސްޕެންޑް ކުރަންޖެހިދާނެ ކަމަށް ވަނީ ބުނެފައެވެ. މިއީ މިފަދަ ގޮޮތަކަށް ފީފާއިން ރާއްޖެއަށް އިންޒާރުދިން ދެވަނަ ފަހަރެވެ.

މީގެ ކުރިން މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިޔުނިޓީ އެމްޕަވަމަންޓްއިން އެފްއޭއެމްގެ މައްސަލަތަކެއް ބަލަން އުޅުމުން ފީފާއިން ވަނީ އިންޒާރު ދީފައެވެ.

ފީފާއިން މިފަހަރު ރާއްޖެއަށް އިންޒާރު ދީފައިމިވަނީ، އެފްއޭއެމްއިން ކަނޑައަޅާފައިވާ އުސޫލުތަކާއި އެއްގޮތަށް މަސައްކަތް ނުކުރާ ކަމަށާއި އެކަމާއި ގުޅިގެން ޔޫތު މިނިސްޓްރީއިންވެސް އެކަށީގެންވާ ފިޔަވަޅުތަކެއް އަޅާފައިނުވާކަމަށް ބުނެ އެމައްސަލަ މަޖިލީހަށް ހުށައަޅާފައިވަނިކޮށެވެ. މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް ހުށައެޅުއްވި އެމައްސަލަ މިހާރު އޮތީ މަޖިލީހަށް ބަލައިގަނެ ކޮމިޓީ މަރުހަލާގައެވެ.

ފީފާގެ ޗީފް މެމްބަރ އެސޯސިއޭޝަން އޮފިސަރ ވެރޮން މޮސެންގޯ-އޮމްބާ ސޮއިކުރައްވާ ފޮނުއްވި އިންޒާރުގެ ސިޓީގައި ވަނީ އެފްއޭއެމްއިން މިއަދު ބާއްވާ އިންތިޚާބު އެއްވެސް ނުފޫޒެއް ނެތި މިނިވަންކަމާއެކު ބޭއްވޭނެ ކަމަށް ގަބޫލުކުރާ ކަމަށާއި އިންތިޚާބަށް އެއްވެސް ކަހަލަ ނުފޫޒެއް ފޯރުވައިގެން ނުވާނެ ކަމަށެވެ.

އަދި ތިންވަނަ ފަރާތެއްގެ ނުފޫޒު އިންތިޚާބަށް ފޯރައިފިނަމަ، ފީފާގެ ސަމާލުކަމަމށް އެކަން ގެނައުމަށް އެފްއޭއެމްއަށް ވަނީ އަންގާފައެވެ. އަދި އެކަން ބަލައި ރާއްޖެއާއި ދެކޮޅަށް ފިޔަވަޅު އަޅާނެކަމުގެ އިންޒާރު ވަނީ ރާއްޖެއަށް ދީފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: