ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޖޫން މަހުގެ ކަރަންޓު ބިލް ސަބްސިޑައިޒްކޮށް 40 ޕަސެންޓު ޑިސްކައުންޓެއް!

ކަރަންޓު ބިލުން އައި ކަންބޮޑުވުންތައް / ފޮޓޯ: މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

ކަރަންޓު ބިލަށް އާއްމުންގެ ފަރާތުން އައި ކަންބޮޑުވުންތައް ހައްލު ކުރުމަށް، ބިލުން 40 އިންސައްތަ ޑިސްކައުންޓެއް ދިނުމަށް ނިންމާ ބިލްތައް ރެވައިޒް ކުރުމަށް ނިންމާފައިވާ ކަމަށް ސަރުކާރުން ނިންމާފައިވާކަން ސްޓެލްކޯއިން ހާމަކޮށްފިއެވެ.

ބިލްތަކަށް އައި ބަދަލުތަކާއި ގުޅިގެން، އާއްމުންގެ ކަންބޮޑުވުންތައް އަންނަން ފެށުމާއި އެކު ސްޓެލްކޯއިން ވަނީ އެ މައްސަލަ ހައްލު ކުރުމުގެ މަސައްކަތް ފަށާފައިވާކަމަށް ބުނެފައެވެ. ސްޓެލްކޯގައި ނޫސްވެރިންނާއި އެކު ބޭއްވި ބައްދަލުވުމުގައި ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ހަސަން މުޣުނީ ވިދާޅުވީ މިހާރު ނިންމާފައިވަނީ ބިލްތައް އިތުރަށް ރެވައިޒް ކުރުމަށް ކަމަށެވެ. މިއީ ތާރީހުގައި ވެސް އަލަށް ހެދި އެވްރެޖު ބިލްތަކެއްކަން ފާހަގަކުރައްވާ މުޣުނީ ވިދާޅުވީ، ކަރަންޓު މީޓަރުގެ ފޮޓޯ ފޮނުވާފައިވަނީ މަދު ކަސްޓަމަރެއް ކަމަށެވެ.

އެހެން ނަމަވެސް ރައްޔިތުންނަށް ދިމާވީ ދަތިތަކަށް ހައްލެއް ގެނައުމަށް، ބިލްތައް ދެއްކުމުގައި ލުއިތަކެއް ގެނެވުނުކަމަށް އޭނާ ވިދާޅުވިއެވެ.

ދުވަސްވަރަކީ ހޫނު ގަދަ ދުވަސްވަރަކަށްވެފައި، ކަންދިމާކުރި ގޮތުން އެންމެން ތިބެންޖެހުނީ ބަންދެއްގައިކަން މުޣުނީ ފާހަގަކުރެއްވިއެވެ. އަދި އާއްމުކޮށް ވެސް ހޫނު މަސްތަކުގައި ކަރަންޓު ބިލް ބޮޑުވާކަމަށް އޭނާ ވިދާޅުވިއެވެ. މީގެ އިތުރުން މުޣުނީ ވިދާޅުވީ ބިލްގެ ދުވަސްތަކެއް ރޯދަ މަހަށް ފޯލްވާއިރު، ކަރަންޓު ބޭނުން ކުރާ ނިސްބަތް ވެސް ބަދަލުވާނެ ކަމަށް މުޣުނީ ވިދާޅުވިއެވެ. އެއީ ދަރިވަރުން ސްކޫލަށް ނުދިއުމާއި، އަދި ގިނަ ދުވަސްތަކެއް ވަންދެން އެހެންތިބޭއިރު ކަރަންޓު ބޭނުން ކުރާ ޕެޓާންއަށް އަންނަ ބަދަލެއްކަން މުޣުނީ ފާހަގަ ކުރެއްވިއެވެ.

40 އިންސައްތަ ޑިސްކައުންޓަކަށްފަހު މި މަހުގެ ބިލަކީ އެއީ ޑިސްކައުންޓު ނުހިމަނާ ފޮނުވި ފުރަތަމަ ބިލްކަމަށް ސްޓެލްކޯއިން ބުނެއެވެ. ނަމަވެސް މިހާރު އައި ކަންބޮޑުވުންތަކާއި އެކު ވެސް އެއްވެސް ބިލްއެއްގެ ޕެންޑިންއެއް ވާނަމަ ސްޓެލްކޯއަށް އެކަން ހުށަހެޅުމުން ދުވަސްތަކަކަށް ބަހާލައިގެން ދެއްކޭނެ އިންތިޒާމު ހަމަޖައްސާނެ ކަމަށް މުޣުނީ ވިދާޅުވިއެވެ. އެހެން ކަމުން، އެ ލުއި ބޭނުންވާ ފަރާތްތަކުން ސްޓެލްކޯއިން އެކަމަށް ހާއްސަކޮށްފައިވާ ފޯމު ފުރުމުން ލުއިތައް ލިބޭނެ ކަމަށް އޭނާ ވިދާޅުވިއެވެ. އެ ފުރުސަތު އާދީއްތަ ދުވަހުން ފެށިގެން، ދެ ހަފްތާ ވަންދެން އޮންނާނެއެވެ. ފޯމު ހުށަހަޅާ ފަރާތްކާއި މެދު ސްޓެލްކޯއާއި ދެމެދު އެއްބަސްވުމެއް ގާއިމް ކުރާނެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: