ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ބޮޑުފިނޮޅުގެ މައްސަލަ ގޯހުން ގޯހަށް: ރިޒާ ވިދާޅުވީ މުސާރަ ނުދެވުނީ ކުންފުންޏަށް ލިބެންޖެހޭ ފައިސާ ނުލިބޭތީ ކަމަށް!

ރަށާއި ކައިރިކުރަން މަސައްކަތް ކުރުމުން ހަމަލާ ދީފައި: ފުލުހަކަށް އަންނަނީ ފަރުވާ ދެމުން
ޝެއާރކޮށްލާ ކަހަލަދޯ؟

މުސާރަ ދޭންޖެހޭ މުވައްޒަފުންނަށް މުސާރަ ނުދެވި ލަސްވަމުންދަނީ، ކުންފުންޏަށް ލިބެންޖެހޭ ފައިސާތަކެއް ނުލިބި ލަސްވަމުންދާތީ ކަމަށް ބޮޑުފިނޮޅުގައި ރިސޯޓު ތަރައްގީ ކުރަމުން އަންނަ ށ. މިލަންދޫ ދާއިރާގެ މެމްބަރު ޢަލީ ރިޟާ ވިދާޅުވެއްޖެއެވެ.

ބ. ތުޅާދު އާ އެއްފަޅެއްގައި އޮންނަ ބޮޑުފިނޮޅުގައި ރިސޯޓެއް ހެދުމުގެ މަސައްކަތުގައި އުޅޭ ބިދޭސީން އަންނަނީ، ތޫނުކޮށްފައިވާ ދަގަނޑު ހަތިޔާރާއި އެކު މުސާރަ ދިނުމަށް ގޮވާލާ ރަށުގައި މުޒާހަރާ ކުރަމުންނެވެ. 200 ބިދޭސީން ތިބި އެ ރަށުގައި 15 ދިވެއްސަކު ތިބިއިރު އެ މީހުން ވަނީ ރަހީނުކޮށްފައެވެ. އަދި ބިދޭސީން އަންނަނީ ދިވެހިންނަށް އެއްވެސް އަނިޔާއެއް ނުދޭ ކަމަށާއި އެހެން ނަމަވެސް އެ މީހުން ދޫކޮށްލާނީ މުސާރައަށް ހައްލެއް ގެނައުމުން ކަމަށް ބުނަމުންނެވެ.

“ސަންގު” އާއި ވާހަކަ ދައްކަވަމުން ރިޟާ ވިދާޅުވީ، މުވައްޒަފުންނަށް ނުދެވި ވަނީ 04 މަސް ދުވަހުގެ މުސާރަ ކަމަށެވެ. އަދި މިއަދުގެ ހެނދުނުން ފެށިގެން ބިދޭސީންނާއި ވާހަކަ ދައްކާ އެކަން ހައްލު ކުރަން މަސައްކަތް ކުރިކަމަށް ވެސް އޭނާ ވިދާޅުވިއެވެ. ރިޟާ ވިދާޅުވީ ބިދޭސީން ދިވެހިން ރަހީނުކޮށްގެން އުޅޭކަމަށް ވިދާޅުވާން ބޭނުންފުޅު ނުވާކަމަށާއި ނަމަވެސް މުސާރައިގެ މައްސަލައަށް ހައްލެއް ނުލިބެނީސް ދިވެހިންނަށް ރަށުން ފޭބުމުގެ ފުރުސަތު ނުދޭނެކަމަށް ބިދޭސީން ބުނަމުންދާކަމަށް ރިޟާ ވިދާޅުވިއެވެ. 

މުސާރަ ނުދެވި ލަސްވަނީ ކީއްވެގެންތޯ ސުވާލު ކުރުމުން ރައްޔިތުންގެ މަޖިލީހުގެ މެމްބަރު ވިދާޅުވީ، އެއީ ކުންފުންޏަށް ލިބެންޖެހޭ ފައިސާތަކެއް ނުލިބި ލަސްވަމުން ދާތީ ކަމަށެވެ. އަދި ފާއިތުވީ ދެ ތިން މަސް ދުވަހު ވެސް އެ ފައިސާ ހޯދުމަށް މަސައްކަތް ކުރި ކަމަށާއި، އެހެން ނަމަވެސް ލިބެންޖެހޭ އެ ފައިސާ ލިބިފައިނުވާ ކަމަށް އޭނާ ވިދާޅުވިއެވެ. 

މީގެ އިތުރުން ރިޟާ ތަރައްގީ ކުރަމުންދާ ރިސޯޓުގެ މުވައްޒަފުންނަށް މުސާރަ ނުދޭތާ ހަތްމަސް ދުވަސްވެފައިވާ ކަމަށް ބުނާ ވާހަކަތަކާއި ގުޅިގެން ސަންގުން ސުވާލުކުރުމުން ރިޟާ ވިދާޅުވީ ހަތްމަސްދުވަސް ވަންދެން ބިދޭސީ މުވައްޒަފުންނަށް މުސާރަ ނުދީ ވާކަމަށް ބުނާ ވާހަކަތަކަކީ އެއްވެސް ހަގީގަތެއްހުރި ވާހަކަތަކެއް ނޫންކަމަށާއި ނަމަވެސް ހަތަރުމަސް ދުވަހުގެ މުސާރަ ނުދެވި ވާކަމަށް ރިޟާ އެއްބަސްވެވަޑައިގެންނެވިއެވެެ. އަދި އެކަން އެހެން ދިމާވީ ކުންފުންޏަށް ލިބެންޖެހޭގިނަ އަދަދެއްގެ ފައިސާ ނުލިބި ލަސްވުމާއި ގުޅިގެން ކަމަށެވެ. 

ރަށާއި ކައިރިކުރަން މަސައްކަތް ކުރުމުން ހަމަލާ ދީފައި: ފުލުހަކަށް އަންނަނީ ފަރުވާ ދެމުން

ރިޟާ ވިދާޅުވީ މައްސަލަ ހައްލު ކުރުމަށް ބިދޭސީންނާއި އޭނާ ދަނީ ވާހަކަ ދައްކަމުން ކަމަށެވެ. ނަމަވެސް ބިދޭސީންގެ އަމަލުތައް ހުރިގޮތުން އެ މީހުން ތިބީ ދޫ ދޭ ގޮތަކަށް ނޫނެވެ. ފުލުހުން އެރަށަށް އެރުމަށް ދެ ފަހަރެއްގެ މަތީން މަސައްކަތް ކުރި ނަމަވެސް ބިދޭސީން ވަނީ ގަލާއި، ތޫނުކޮށްފައިވާ ދަގަނޑު އުކާ ފުލުހުން ދަތުރުކުރި ދޯންޏަށް ގެއްލުން ދީފައެވެ. އަދި ބައެއް ބިދޭސީން އަންނަނީ ރަށުގެ ބަނދަރުމަތީ ތޫނު ހަތިޔާރާއި އެކު ފޯރި މަރަމުންނެވެ.

ރަށަށް އެރުމަށް މަސައްކަތް ކުރިއިރު ދޯނީގައި ހުރި ފުލުހުންގެ އޮފިސަރަށް އަނިޔާވެ، އެ އޮފިސަރަށް އަންނަނީ ބ. އަތޮޅު ހޮސްޕިޓަލުގައި ފަރުވާ ދެމުންނެވެ. މައުލޫމާތު ލިބޭ ގޮތުގައި ދޯނީގެ ކެޕްޓަނަށް ވެސް ވަނީ އަނިޔާވެފައެވެ.

މައްސަލަވަރަށް  ބޮޑަށް ހޫނުވެފައިވާއިރު، މާލެއިން އެމްއެންޑީއެފްގެ ޓީމެއް އެރަށަށް ދިއުމަށް މަސައްކަތް ކުރަމުންދާކަމަށް މަައުލޫމާތު ލިބެއެވެ. އެހެން ނަމަވެސް އަދި ވެސް ސީދާ އޮފިޝަލް ކޮމެންޓެއް ނުލިބެއެވެ.

މާލެއިން ބ. އަތޮޅަށް ލޯންޗެއްގައި ދާން ގާތް ގަނޑަކަށް 02 ގަޑިއިރާއި 30 މިނެޓު ނަގައެވެ. 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

One Response

  1. މީ ހަމަ ސީދާ ޓެރޮރިސްޓު އަމަލެއް، އެ ހުރިހާ ބިދޭސީން ޖަލަށް ލުމަށް ގޮވާލަން!!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: