ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ބޮޑުފިނޮޅުގެ މައްސަލަ ގޯހުން ގޯހަށް: ރަށަށް އަރަން ސިފައިން ތައްޔާރުވަނީ!

ބިދޭސީން ތިބީ ދަގަނޑު ތޫނުކޮށްގެން، އަދިވެސް ރަށަށް އެެރޭ ގޮތެއް ނުވޭ/ ފޮޓޯ: ސޯޝަލް މީޑިއާ
ޝެއާރކޮށްލާ ކަހަލަދޯ؟

ދިވެހިންތަކެއް ރަހީނުކޮށްފައިވާ ބ. އަތޮޅު ބޮޑުފިނޮޅަށް އަރަން ސިފައިން ތައްޔާރުވާން ފަށައިފިއެވެ.

ބ.އަތޮޅު ބޮޑުފިނޮޅުގައި ބިދޭސީންތަކެއް ވެގެން ދިވެހިންތަކެއް ރަހީނުކޮށްފައިވާއިރު ރަށަށް އެރުމުމަށް ފުލުހުން ކުރަމުންދާ މަސައްކަތް އަދިވެސް ކާމިޔާބު ކުރެވޭ ގޮތް ނުވެއެވެ.

ބޮޑުފިނޮޅުގައި ބިދޭސީންތަކެއް އަންނަނީ ވޭތުވެ ދިޔަ 04 މަހުގެ މުސާރަ ދީފައިނުވާކަމަށް ބުނެ މުޒާހަރާ ކުރަމުންނެވެ. އަދި އެ މުޒާހަރާ ކުރުމުގެ ތެރެއިން އެ މީހުން 15 ދިވެހިންތަކެއް ރަހީނުކޮށް އަންނަނީ މުސާރަ ދިނުމަށް ޑިމާންޑު ކުރަމުންނެވެ. ރަށުގައި 200 ބިދޭސީން އެބަތިއްބެވެ. 

ބިދޭސީންތައް ދިވެހިންނަށް އެއްވެސް އަނިޔާއެއް ނުދޭ ކަމަށް މައުލޫމާތު ލިބެއެވެ. އެހެން ނަމަވެސް، ފުލުހުން ރަށަށް އެރުމަށް ދެ ފަހަރެއްގެ މަތީން ވެސް މަސައްކަތް ކުރުމުން ވަނީ، ތޫނުކޮށްފައިވާ ދަގަނޑާއި ގާތައް އުކާފައެވެ.

https://twitter.com/Lucasjalyl/status/1278741419058884608

މައުލޫމާތު ލިބޭ ގޮތުން ރަށުގައި 15 އަށް ވުރެ ގިނަ ދިވެހިން މަސައްކަތް ކުރެއެވެ. ނަމަވެސް މި ހަފްތާގައި ބައެއް ދިވެހިން އެ އަތޮޅު ތުޅާދޫއަށް ގޮސްފައިވާކަމަށް އެނގިފައިވެއައެވެ.

މި މައްސަލަ ފެންނަ ފެނުމަށް ވުރެ ސީރިއަސްއިރު، ތުޅާދޫ ރައްޔިތުން ވެސް ތިބީ ބޮޑު ކަންބޮޑުވުމެއްގެ ތެރޭގައެވެ. ދިވެހިން ރަހީނުކޮށްފައި ތިބީ ކޮޓަރިއެގެ ތެރޭގައެވެ. ފުލުހުން ރަށަށް އަރަން މަސައްކަތް ކުރިނަމަވެސް ދަގަނޑު، އަދި ބަރު ހަތިޔާރާއި އެކު ފޯރިމަރަން ތިބި ބިދޭސީންގެ ސަބަބުން ރަށަށް އަދިވެސް އެރޭ ގޮތެއް ނުވެއެވެ.

މުސާރައިގެ މައްސަލައިގައި، ބިދޭސީން ރިސޯޓުގެ އެކި ތަންތަނުގައި ރޯވެސް ކޮށްފައެވެ. އަދި އެއްވެސް މަޝްވަރާއަކަށް ދާނީ މުސާރަ ދިނުމުން ކަމަށް ދަނީ ބުނަމުންނެވެ.

ބޮޑު ފިނޮޅުގައި ރިސޯޓެއް ތަރައްގީ ކުރަމުން އަންނަނީ ށ. މިލަންދޫ ދާއިރާގެ މެމްބަރު އަލީ ރިޒާއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: