ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ދިވެހިންތަކެއް ރަހީނު ކުރުން: ބޮޑުފިނޮޅުގެ އަސްލު ވެރިއަކީ މުލިއާގޭގެ ކުރީގެ ޗީފް އޮފް ސްޓާފް މުސްތަފާ އާއި އެކްސްޕާޓް މޮޓޯސް ގެ ހަންނާނު!

ރަށާއި ކައިރިކުރަން މަސައްކަތް ކުރުމުން ހަމަލާ ދީފައި: ފުލުހަކަށް އަންނަނީ ފަރުވާ ދެމުން
ޝެއާރކޮށްލާ ކަހަލަދޯ؟

ބ. ތުޅާދު އާ އެއްފަޅެއްގައި އޮންނަ ބޮޑުފިނޮޅުގައި ރިސޯޓެއް ހެދުމަށް ނަގާފައިވާ، މި ރަށަކީ އެކްސްޕާޓް މޮޓޯ ހަންނާނު އާއި މުލިއާގޭގެ ކުރީގެ ޗީފް އޮފް ސްޓާފް އަހުމަދު މުސްތަފާގެ ރަށެއް ކަމަށް މައުލޫމާތު ލިބިއްޖެއެވެ.

މި ރިސޯޓު ތަރައްގީ ކުރުމާއި ބެހޭ ގޮތުން “ސަންގު” އިން މައުލޫމާތު ސާފު ކުރުމުން އެނގިގެން ދިޔައީ ރިޒާ ރަށް ނަގާފައިވަނީ ރަށް ތަރައްގީ ކުުރުމަށް ކަމަށެވެ. އަދި މި ރަށަކީ އެކްސްޕާޓް މޮޓޯ ހަންނާނު އާއި މުލިއާގޭގެ ކުރީގެ ޗީފް އޮފް ސްޓާފް އަހުމަދު މުސްތަފާގެ ރަށެއް ކަމެެވެ.

މައުލޫމާތު ލިބޭ ގޮތުން، ލިބެންޖެހޭ ފައިސާ ނުލިބޭކަމަށް ރިޟާ ވިދާޅުވީ މި ދެ ބޭފުޅުންނަށް އަމާޒު ކުރައްވައެވެ. އަދި ފައިސާ ދޭން އެއްބަސްވުމަށްފަހު ފައިސާ ދީފައިނުވާ ކަމެވެ.

މި މައްސަލައިގައި، ރިޟާއަށް ވަރަށް ބޮޑަށް ފާޑުކިޔުން އަމާޒުވާއިރު، ސަންގު އާއި ވާހަކަ ދައްކަވަމުން އެނާ ވިދާޅުވީ، މުވައްޒަފުންނަށް ނުދެވި ވަނީ 04 މަސް ދުވަހުގެ މުސާރަ ކަމަށެވެ. އަދި މިއަދުގެ ހެނދުނުން ފެށިގެން ބިދޭސީންނާއި ވާހަކަ ދައްކާ އެކަން ހައްލު ކުރަން މަސައްކަތް ކުރިކަމަށް ވެސް އޭނާ ވިދާޅުވިއެވެ. ރިޟާ ވިދާޅުވީ ބިދޭސީން ދިވެހިން ރަހީނުކޮށްގެން އުޅޭކަމަށް ވިދާޅުވާން ބޭނުންފުޅު ނުވާކަމަށާއި ނަމަވެސް މުސާރައިގެ މައްސަލައަށް ހައްލެއް ނުލިބެނީސް ދިވެހިންނަށް ރަށުން ފޭބުމުގެ ފުރުސަތު ނުދޭނެކަމަށް ބިދޭސީން ބުނަމުންދާކަމަށް ރިޟާ ވިދާޅުވިއެވެ. އަދި މުސާރަ ނުދެވި ލަސްވަނީ ކުންފުންޏަށް ލިބެންޖެހޭ ފައިސާތަކެއް ނުލިބި ލަސްވަމުން ދާތީ ކަމަށެވެ. އަދި ފާއިތުވީ ދެ ތިން މަސް ދުވަހު ވެސް އެ ފައިސާ ހޯދުމަށް މަސައްކަތް ކުރި ކަމަށާއި، އެހެން ނަމަވެސް ލިބެންޖެހޭ އެ ފައިސާ ލިބިފައިނުވާ ކަމަށް އޭނާ ވިދާޅުވިއެވެ. ނަމަވެސް، ސަންގުއަށް އެއީ ކޮން ކުންފުންޏެއްކަމާއި، ފައިސާ ދޭންޖެހެނީ ކޮން ބައެއްކަމަށް ރިޟާ މި ނޫހަށް ހާމައެއް ނުކުރެއެވެ.

ރިޟާ ވިދާޅުވީ މައްސަލަ ހައްލު ކުރުމަށް ބިދޭސީންނާއި އޭނާ ދަނީ ވާހަކަ ދައްކަމުން ކަމަށެވެ. ނަމަވެސް ބިދޭސީންގެ އަމަލުތައް ހުރިގޮތުން އެ މީހުން ތިބީ ދޫ ދޭ ގޮތަކަށް ނޫނެވެ. ފުލުހުން އެރަށަށް އެރުމަށް ދެ ފަހަރެއްގެ މަތީން މަސައްކަތް ކުރި ނަމަވެސް ބިދޭސީން ވަނީ ގަލާއި، ތޫނުކޮށްފައިވާ ދަގަނޑު އުކާ ފުލުހުން ދަތުރުކުރި ދޯންޏަށް ގެއްލުން ދީފައެވެ. އަދި ބައެއް ބިދޭސީން އަންނަނީ ރަށުގެ ބަނދަރުމަތީ ތޫނު ހަތިޔާރާއި އެކު ފޯރި މަރަމުންނެވެ.

ރަށަށް އެރުމަށް މަސައްކަތް ކުރިއިރު ދޯނީގައި ހުރި ފުލުހުންގެ އޮފިސަރަށް އަނިޔާވެ، އެ އޮފިސަރަށް އަންނަނީ ބ. އަތޮޅު ހޮސްޕިޓަލުގައި ފަރުވާ ދެމުންނެވެ. މައުލޫމާތު ލިބޭ ގޮތުގައި ދޯނީގެ ކެޕްޓަނަށް ވެސް ވަނީ އަނިޔާވެފައެވެ.

https://twitter.com/PoliceMv/status/1278801459300061184

ބޮޑުފިނޮޅުގައި ބިދޭސީންތަކެއް އަންނަނީ ވޭތުވެ ދިޔަ 04 މަހުގެ މުސާރަ ދީފައިނުވާކަމަށް ބުނެ މުޒާހަރާ ކުރަމުންނެވެ. އަދި އެ މުޒާހަރާ ކުރުމުގެ ތެރެއިން އެ މީހުން 15 ދިވެހިންތަކެއް ރަހީނުކޮށް އަންނަނީ މުސާރަ ދިނުމަށް ޑިމާންޑު ކުރަމުންނެވެ. ރަށުގައި 200 ބިދޭސީން އެބަތިއްބެވެ.

ފުލުހުން ރަށަށް އެރުމަށް ދެ ފަހަރެއްގެ މަތީން ވެސް މަސައްކަތް ކުރުމުން ވަނީ، ތޫނުކޮށްފައިވާ ދަގަނޑާއި ގާތައް އުކާފައެވެ. މިހާރު ބޮޑުފިނޮޅަށް ދިއުމަށް ފުލުހުންނާއި ސިފައިންގެ ޓީމެއް މާލެއިން ވަނީ ފުރާފައެވެ.

މައުލޫމާތު ލިބޭ ގޮތުން ރަށުގައި 15 އަށް ވުރެ ގިނަ ދިވެހިން މަސައްކަތް ކުރެއެވެ. ނަމަވެސް މި ހަފްތާގައި ބައެއް ދިވެހިން އެ އަތޮޅު ތުޅާދޫއަށް ގޮސްފައިވާކަމަށް އެނގިފައިވެއައެވެ.

މި މައްސަލަ ފެންނަ ފެނުމަށް ވުރެ ސީރިއަސްއިރު، ތުޅާދޫ ރައްޔިތުން ވެސް ތިބީ ބޮޑު ކަންބޮޑުވުމެއްގެ ތެރޭގައެވެ. ދިވެހިން ރަހީނުކޮށްފައި ތިބީ ކޮޓަރިއެގެ ތެރޭގައެވެ. ފުލުހުން ރަށަށް އަރަން މަސައްކަތް ކުރިނަމަވެސް ދަގަނޑު، އަދި ބަރު ހަތިޔާރާއި އެކު ފޯރިމަރަން ތިބި ބިދޭސީންގެ ސަބަބުން ރަށަށް އަދިވެސް އެރޭ ގޮތެއް ނުވެއެވެ.

މުސާރައިގެ މައްސަލައިގައި، ބިދޭސީން ރިސޯޓުގެ އެކި ތަންތަނުގައި ރޯވެސް ކޮށްފައެވެ. އަދި އެއްވެސް މަޝްވަރާއަކަށް ދާނީ މުސާރަ ދިނުމުން ކަމަށް ދަނީ ބުނަމުންނެވެ.

 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: