ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ބޮޑު ފިނޮޅުގެ މައްސަލަ ގޯހުން ގޯހަށް: ހަމަނުޖެހުން ކޮންޓްރޯލް ކުރަން ފުރި ފުލުހުން މިވަގުތު ތުޅާދޫގައި!

ބޮޑުފިނޮޅުގެ ހަމަނުޖެހުން ކޮންޓްރޯލް ކުރުަމަށް ފުލުހުން ތުޅާދޫއަށް / ފޮޓޯ: ސޯޝަލް މީޑިއާ
ޝެއާރކޮށްލާ ކަހަލަދޯ؟

ދިވެހިންތަކެއް ރަހީނުކޮށްފައި ތިބި، ބ އަތޮޅު ބޮޑު ފިނޮޅުގައި ތިބި ދިވެހިން ސަލާމަތްކޮށް ރަށް ކޮންޓްރޯލް ކުރުމަށް މާލެއިން ފުރި ޓީމް ތުޅާދޫއަށް އަރައިފިއެވެ.

ފާއިތުވީ ހަތަރު މަސް ދުވަހުގެ މުސާރަ ދީފައި ނުވާތީ، ބޮޑު ފިނޮޅުގައި މަސައްކަތް ކުރަމުން އަންނަ ބިދޭސީން ވަނީ މުޒާހަރާކޮށް އިހުތިޖާޖުތަކެކޮށްފައެވެ. އަދި އެ މީހުން ޑިމާންޑަކީ މުސާރައާއި މެދު ވަކި ގޮތެއް ހަމަޖެއްސުން ކަމަށްވާއިރު އެ ހަމަނުޖެހުން އެންމެ ފުރަތަމަ ވެސް ބިދޭސީން ފަށާފައިވަނީ ރަށުގައި ތިބި ދިވެހި މަސައްކަތްތެރީން ރަހީނުކޮށްގެންނެވެ.

ބިދޭސީންގެ އަތް ދަށުގައި 15 ދިވެއްސަކު ތިބިއިރު، ރަށުގައި ތިބީ 200 ބިދޭސީންކަމަށް ފުލުހުން ވަނީ މައުލޫމާތު ދީފައެވެ. އެހެން ނަމަވެސް މިހާތަނަށް ހޯދުންތަކަށް އެނގޭގޮތުގައި އެ ހަމަނުޖެހުންތަކުގައި ރަށުގައި ތިބި ހުރިހާ ބިދޭސީންނެއް ބައިވެރިނުވެއެވެ. ނަމަވެސް ފުލުހުންގެ ފަރާތުން މިކަމާއި ބެހޭ އިތުރު އެއްވެސް މައުލޫމާތެއް ވެސް ލިބިފައި ނުވެއެވެ.

ދެ ފަހަރެއްގެ މަތީން ބ އަތޮޅު ހިމެނޭ ފުލުހުންގެ ޑިވިޒަންއިން ރަށަށް އަރާ ހަމަނުޖެހުން މައިތުރި ކުރި ނަމަވެސް ދެ ފަހަރެއްގެ މަތީން ވެސް ކުރި މަސައްކަތް ނާކާމިޔާބު ވެފައިވަނީ އެ ރަށުގައި ތިބި ބިދޭސީން ފުލުހުންގެ ދޯނި ރަށާއި ކައިރި ކުރުމާއި އެކު ގާތަކާއި، ބޮޑެތި ނަޓުތަކާއި، ދަގަނޑު، އަދި ދަނޑިބުރިތަކާއި ތޫނުކޮށްފައިވާ ދަގަނޑުތައް އުކާ ހަމަލާ ދޭން ފެށުމުންނެވެ. އަދި ބިދޭސީން އަންނަނީ ރަށުގެ ބަނދަރު މަތީގައި ވެސް ފޯރި މަރަމުންނެވެ.

ބ. އަތޮޅަކީ ފުން ކަނޑެއް ހިމެނޭ ސަރަހައްދަކަށްވެފައި، ބޮޑު ފިނޮޅުވެސް ފުން ވުމުގެ ސަބަބުން އެ ރަށާއި ލޯންޗަކަށް ކައިރި ނުކުރެވޭނެ ކަމަށް މައުލޫމާތު ލިބެއެވެ. ފުލުހުންގެ ޓީމަށް ރަށަށް ނޭރުމުން، މާލެއިން ފުލުހުންނާއި ސިފައިގެން ޓީމެއް ވަނީ މިހާރު ތުޅާދޫއަށް ގޮސްފައެވެ. ނަމަވެސް އޮޕަރޭޝަން ފަށާނެ ވަގުތަކާއި، ބޮޑު ފުނަދޫއަށް އަރަން ރާވާ ގަޑިއެއް އަދި ސާފެއް ނޫނެވެ.

ސަންގުއަށް މައުލޫމާތު ލިބޭ ގޮތުގައި ހަމަނުޖެހުމުގައި ބައިވެރިނުވާ 07 ބިދޭސީއަކު މިހާރު ވަނީ ތުޅާދޫއަށް އަރާފައެވެ. ތުޅާދޫ ގިނަ ބަޔަކު ރަށުގެ ބަނދަރު މައްޗަށް އެއްވެފައިވާއިރު ރަށުގެ މޫދަށް ފުންމާލައިގެން ދިވެހިންގެ ތެރެއިން އެކަކު ވަނީ ސަލާމަތް ވެފައެވެ. އޭނާ މިވަގުތު ހުރީ ތުޅާދޫގައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: