ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރޭގެ ހާދިސާއާ ގުޅިގެން 19 މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް!

ޝެއާރކޮށްލާ ކަހަލަދޯ؟

ބޮޑުފިނޮޅުގައި ރިސޯޓެއް ހެދުމަށް ނަގާފައިވާ ރަށުގައިދިވެހިންތަކެއް ރަހީނުކުރި މައްސަލާގައި 19 ބިދޭސީއަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.

ފުލުހުން އާންމުކޮށްފައިވާ ނޫސްބަޔާނުގައި ބުނެފައިވަނީ އެރަށުގައި މަސައްކަތް ކުރަމުންދިޔަ ދިވެހިން އިއްޔެ ހެނދުނު އެރަށުން ފައިބަން އުޅުމުން އެރަށުގައި ތިބި 203 ބިދޭސީންގެ ތެރެއިން ބަޔަކު އެކަމަށް ހުރަސް އަޅާފައިވަ ކަމަށެވެ.

އަދި މިމައުލޫމާތު ފުލުހުންނަށް ލިބުމާއެކު ބ. ތުޅާދޫ ޕޮލިސް ސްޓޭޝަންގައި މަސައްކަތްކުރާ ފުލުހުން އެރަށަށް ދިޔަ ކަމަށާއި އެއާއެކު އެރަށުގައި ތިބި ބިދޭސީން ވަނީ ރުޅިވެރިކަން  އިސްކޮށް ފުލުހުންނަށް ދެކޮޅުވެރިކަން ދައްކާފައި ކަމަށެވެ. އެހެންކަމުން އިތުރު ފުލުހުންނާއެކު ރޭ އިރާކޮޅުގެ ވަގުތެއްގައި އެރަށަށް ދިޔަ ކަމަށެވެ. އަދި އެމީހުން ވަނީ ފުލުހުންނާއި ދިމާލަށް އޮށްގަލާއި ދަނޑިބުރި އުކާފައި ކަމަށެވެ. އަދި މިކަމުގެ ތެރޭގައި ފުލުހުންނަށް އަނިޔާވެފައިވާ ކަމަށް ބަޔާނުގައި ވެއެވެ.

އެގޮތުން އެއް ފުލުހެއްގެ ބޯ ފަޅައިގެން ގޮސް ސީރިއަށް އަނިޔާތަކެއް ލިބުމާއި ގުޅިގެން ބ އަތޮޅު ސިއްހީ މަރުކަޒުން ފަރުވާ ހޯދާފައިވާ ކަމަށް ބަޔާނުގައިވެއެވެ. މީގެ އިތުރަށް އެހެން ފުލުހެއްގެ އިނގިލި ބިންދައިގެން ގިސް އެކި އަނިޔާތައް ލިބިފައިވާ ކަމަސް ބަޔާނުގައިވެއެވެ.

މިހަމަނުޖެހުންތަކާއި ގުޅިގެން އިސް 2 އޮފިސަރުން ހިމެނޭ ގޮތަށް ޕަބްލިކް އޯޑަރ ރެސްޕޮންސް ޔުނިޓުގެ ޓީމަކާއި ފުލުހުންގެ ތަހުގީގު ޓީމެއް، ބަންގްލަދޭޝް ހައިކޮމިޝަންގެ ދެ އޮފިޝަލުންނާއެކު ރޭގެ ފަތިހުގެ ވަގުތެއްގައި އެރަށަށް ގޮސް ރަހީނުކޮށްފައި ތިބި ދިވެހިން ސަލާމަތްކޮށްފައިވާ ކަމަށެވެ.

އަދި މިހާރު ރަށުތެރޭގައި ހުރި ތަކެއްޗަށް ދީފައިވާ ގެއްލުންތައް ބަލައި މައުލޫމާތު އެއްކުރަމުން އަންނަ ކަމަށާއި މިމައްސަލަ ސީރިއަސް އެންޑް އޯގަނައިޒްޑް ކްރައިމް ޑިޕާޓްމަންޓާއި ހިޔުމަން ޓްރެފިކިންގ ޑިޕާޓްމަންޓް ގުޅިގެން ތަހުގީގުކުރަމުން އަންނަކަމަށްވެސް ފުލުހުން ބުނެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: