ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އައިޖީއެމްއެޗްގެ ރޫޓިން އޮޕަރޭޝަންތައް ފެށުމަށް ތައްޔާރުވަނީ

ޝެއާރކޮށްލާ ކަހަލަދޯ؟

އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލުން ރޫޓިން އޮޕަރޭޝަންތައް ފެށުމަށް ތައްޔާރުވެއްޖެއެވެ.

އައިޖީއެމްއެޗްއިން އާންމުކޮށްފައިވާ ނޫސްބަޔާނެއްގައި ބުނެފައިވަނީ ފުރަބަންދަށް ލުއި ދިނުމުގެ ތިންވަނަ މަރުހަލާގެ ދަށުން އޯޕީޑީގެ ޚިދުމަތް ދޭ ގަޑި އިތުރު ކުރުމަށާއި ދުރާލާ ރޭވިގެން ކުރަމުންދާ ރޫޓިން އޮޕަރޭޝަންތައް ފެށުމަށް ނިންމާފައިވާ ކަމަށެވެ.

އައިޖީއެމްއެޗުން ބުނީ މިނިންމުން ނިންމީ ކޮވިޑް-19 ފިޔަވައި އިތުރު ބަލިތަކަށް ފަރުވާ ކުރުމަކީ މުހިންމު ކަމެއް ކަމުގައި ދެކޭތީ ކަމަށެވެ. އަދި އެޗްޕީއޭއާއި ސިއްހީ މާހިރުންގެ ލަފާ އާއި އިރުޝާދު މިކަމުގައި ހޯދާފައިވާނެ ކަމަށް ވަނީ ބުނެފައެވެ.

އެގޮތުން ޖުލައި 5 ވާ އާދިއްތަ ދުވަހުން ފެށިގެން ހުކުރު ދުވަސް ފިޔަވައި ކޮންމެ ދުވަހަކު އޯޕީޑީ ޚިދުމަތްތައް ލިބެމުންދާނެކަމަށް ބަޔާނުގައި ވަނީ ބުނެފައެވެ. އޯޕީޑީ ޚިދުމަތްތަކުގެ ވަގުތު އިތުރު ކުރިކަމުގައިވިޔަސް، އޮންލައިން ޚިދުމަތްތައް ދެމުންގެންދާނެކަމަށް ބަޔާނުގައި ބުނެފައިވެއެވެ.
ބަޔާނުގައި ވަނީ އޯޕީޑީއަށް އެޕޮއިންޓްމެންޓް ހެއްދުމުގައި ވަކި ޑޮކްޓަރަކަށް އެޕޮއިންޓްމެންޓް ހެއްދުމުގެ ބަދަލުގައި އެޕޮއިންޓްމެންޓް ހެއްދޭނީ ބަލިމީހާ ދައްކަންޖެހޭ ޑިޕާޓްމެންޓުގެ ހާއްސަ ޑޮކްޓަރަކަށްކަމަށްވެސް ބުނެފައެވެ.

މީގެ އިތުރަށް، ރޯގާގެ އެއްވެސް އަލާމާތެއް ހުރިނަމަ، އަދި ހުން އަންނަނަމަ ފްލޫ ކްލިނިކަށް ދިޔުމަށްވެސް އެހޮސްޕިޓަލުން އިލްތިމާސްކުރެއެވެ.

ފުރަބަންދަށް ލުއި ދިން ނަމަވެސް، ވިޒިޓިން އަވާސް މަނާ ވާނެ ކަމަށާއި، ވޯޑުގައި ބަލިމީހާގެ ކައިރީ މަޑުކުރެވޭނީ އެކަކަށް ކަމަށް އައިޖީއެމްއެޗުން ބުންޏެވެ. އަދި ބަލި ވެގެން ޑޮކްޓަރަށް ދައްކަން ނޫން ގޮތަކަށް ކުޑަކުދިން ހޮސްޕިޓަލަށް ނުގެންދިޔުމަށާއި ހޮސްޕިޓަލަށް ވަންނަ އެންމެން ކޮވިޑަށް އަދި ރޯގާ އަށް ސްކްރީން ކުރަމުން ގެންދާނެ ކަމަށް އެހޮސްޕިޓަލުން ބުނެއެވެ.

ލުއި ތަކަކާއެކު އައިޖީއެމްއެޗްއިންވެސް އިތުރު ޚިދުމަތްތައް ފޯރުކޮށްދޭން ފަށާފައިވާއިރު، ޖުލައި މަހުން ފެށިގެން ޓްރީޓޮޕް ހޮސްޕިޓަލްވެސް ވަނީ އާންމު ހާލަތަކަށް ގެނެސްފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: