ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

10 އަހަރުގެ ކުއްޖަކަށް ޖިންސީ ގޯނާ ކުރަމުންދިޔަ ދޮންބައްޕަ ހައްޔަރުކޮށްފި

ޝެއާރކޮށްލާ ކަހަލަދޯ؟

10 އަހަރުގެ ކުއްޖަކަށް ޖިންސީ ގޯނާ ކުރަމުންދިޔަ ދޮންބައްޕަ ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނީ މިމައްސަލާގައި ހައްޔަރުކޮށްފައިވަނީ އުމުރުން 57 އަހަރުގެ މީހެއް ކަމަަށެވެ. އެކަން ހިނގާފައިވަނީ ސެންޓްރަލް ޑިވިޝަން (ކ. އއ. އަދ. އަދި ވ. އަތޮޅު) ހިމެނޭ ރަށެއްގައެވެ. އެމައްސަލަ ފުލުހުންނަށް ހުށައަޅާފައިވަނީ މިމަހުގެ 1 ވަނަ ދުވަހުއެވެ. އެކަން ފުލުހުންނަށް ރިޕޯޓްކޮށްފައިވަނީ އެކުއްޖާ ބަލިވެ ސިއްހީ މަރުކަޒަށް ގެންދިޔުމުން، އެކުއްޖާއަށް ޖިންސީ ގޯނާ ކޮށްފައި ހުރިކަމަށް ތުހުމަތުކުރެވޭތީ އިތުރަށް އެކަން ބެލުމަށްފަހު ސިއްހީ މަރުކަޒުންނެވެ.

މައުލޫމާތު ލިބޭ ގޮތުގައި އެކުއްޖާއަށް ޖިންސީ ގޯނާ ކުރަމުންދާތާ އަހަރުތަކެއް ވަނީ ވެފައެވެ. އަދި އެކަން އެކުއްޖާގެ މަންމައަށްވެސް އެނގޭ ކަމަށާއި އޭނާ އެކަން ސިއްރުކުރީ ކަމަށް މައުލޫމާތު ލިބެއެވެ.

މިފަހަކަށް އައިސް އަނެއްކާވެސް ޖިންސީ ގޯނާ އަދި ރޭޕްގެ މައްސަލަތައް ފެންމަތިވާ މިންވަރު އިތުރުވެފައިވާއިރު މިފަދަ މައްސަލަތަކުގައި އާއިލާގެ މެމްބަރުން ޝާމިލްވާކަން ފާހަގަކުރެވެއެވެ.

އަދި މިކަމާއި ގުޅިގެން އާންމުން ކަންބޮޑުވުން ފާޅުކުރާ މިންވަރު އިތުރުވެފައިވާއިރު، މިކަންކަމަށް އިންސާފް ހޯދައިދިނުމަށް ގޮވާލައި މާލެ ސަރަހައްދުގެ އިތުރަށް ރާއްޖޭގެ އެކި ހިސާބުތަކުގައި އަންނަނީ އެއްވުންތައް ބާއްވަމުންނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: