ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސިޓީގައި ހިނގާ އާންމު ކަންކަމަށް ކައުންސިލާއެކު މަސައްކަތް ކުރާނެ ޚާއްސަ “ޓްރެއިންޑް” ފުލުހުން މުހިންމު: ޝިފާ

ޝެއާރކޮށްލާ ކަހަލަދޯ؟

ރައްޔިތުންނާ ގުޅުންހުރި ކަންކަމުގައި ފުލުހުން ގޮތް ކަނޑައަޅާއިރު ސިޓީ ކައުންސިލްގެ ބަހެއް ނުހޯދާތީ އެކަމުގެ ސަބަބުން ރައްޔިތުންނަށާއި ކައުންސިލަށްވެސް އުނދަގޫތަކެއް ވާކަމަށް މޭޔަރ ޝިފާ ވިދާޅުވެއްޖެއެވެ.

ފުލުހުންގެ ބިލާއި މެދު ސިޓީ ކައުންސިލްތަކުގެ ޚިޔާލު ހޯއްދެވުމަށް މޭޔަރު މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކާ ބެހޭ ކޮމިޓީގެ ސަބް ކޮމިޓީއަށް ހާޒިރުކުރައްވައި، ކޮމިޓީގެ މެމްބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބުދެއްވަމުން ވިދާޅުވީ ސިޓީ އަދި ރައްޔިތުންނާއި ސީދާ ގުޅުން ހުރި ކަންކަމުގައި ގޮތެއް ނިންމާއިރު ސިޓީ ކައުންސިލްގެ ބަހެއް ހޯދުމަކީ މުހިންމުކަމެއް ކަމަށެވެ. އަދި ސިޓީ ކައުންސިލްގެ ބަހެއް ނުހޯދައި ބައެއް ނިންމުންތައް ނިންމުމުގެ ސަބަބުން ބޮޑެތި އޮޅުންތައް އަރާފައިވާ ކަމަށެވެ. މިސާލެއްގެ ގޮތުން ޝިފާ ވަނީ ލޮކްޑައުންގެ ދުވަސްވަރު ހިނގި ބައެއް ކަންކަން ފާހަގަކުރައްވާފައެވ.

ފުލުހުންގެ ބިލުގައި ފާހަގަކޮށްފައިވާ ސިޓީ ޕޮލިހުންނަށް އިޝާރަތްކުރައްވައި ޝިފާ ވިދާޅުވީ، މިހާރުވެސް ނެއިބަހުޑް ޕޮލިހުން މަސައްކަތް ކުރަމުން އަންނަ ކަމަށާއި އެކަމުގެ ސިޓީގައި ހިނގާ އާންމު ކަންކަން ނުވަތަ ބައެއް އާދައިގެ މައްސަލަތަކަށް އެޓެންޑްވުމުގައި އެކަށީގެންވާ އަޅާލުން ނުދެވޭކަން ފާހަގަކުރެވިފައިވާ ކަމަށެވެ. އަދި އިމާރާތްކުރުން ނުވަތަ ގޯތީގެ ބައެއް މައްސަލަތަކުގައި ސިޓީ ކައުންސިލުން ބޮޑެތި ޒުވާބުތަކުގެ ތެރެއަށް ވަންނަންޖެހޭ ހާލަތްތައް މެދުވެރިވެފައި އެބަހުރިކަމަށެވެ. އެހެންނަމަވެސް، އެފަދަ އެއްވެސް މައްސަލައެއްގައި ބަހެއް ބުނުމުގެ ބާރު ނުވަތަ ގޮތެއް ނިންމުމުގެ ބާރު ސިޓީ ކައުންސިލަށް ލިބިގެން ނުވާކަމަށް ޝިފާ ވިދާޅުވިއެވެ.

އެހެންކަމުން، ސިޓީގައި ހިނގާ މިފަދަ ކަންކަމަށް ވަކި ފުލުހުންތަކެއް ޚާއްސަކުރުމަށް އެދޭކަމަށް މޭޔަރ ވިދާޅުވިއެވެ. އާންމު ރައްޔިތުންގެ މިފަދަ މައްސަލަތައް ބެލުމަށާއި އާންމުންނާއި ކުރިމަތިލުމަށް ތަމްރީން ލިބިފައިިތިބި ފުލުހުން ތިބުމަކީ މުހިންމުކަމެއް ކަމުގައި ވިދާޅުވިއެވެ. އަދި އެފުލުހުން މަސައްކަތްކުރަމުންދާނީ ސިޓީ ކައުންސިލާއި އެކުގައި ކަމަށް ވިދާޅުވިއެވެ.

މިހާރު ކަންކަން ވަމުންދާ ގޮތަށް އަލިއަޅުވާލައި ޝިފާ ވިދާޅުވީ، ގިނަ ފަހަރު ގުޅަންޖެހެނީ ސީދާ ޕޮލިސް ކޮމިޝަނަރަށް ކަމަށެވެ. އެއީ ކޮންމެފަހަރަކު ކުރުން ފަސޭހަކަމެއް ނޫންކަން ފާހަގަކުރައްވައި މޭޔަރ ވަނީ އެއީ ސީޕީއަށްވެސް ފަސޭހަވާނެ ކަމެއްނޫންކަން ފާހަގަކުރައްވާފައެވެ.

ބައެއް ފުލުހުންގެ އަމަލުތައް ހުންނަގޮތުން ޔުނިފޯމް ލުމާއެކު ވަކި ގޮތަކަށް ނުވަތަ ބޭނުން ގޮތަކަށް އަމަލުކުރުމުގެ ބާރު ލިބޭހެން ހީވާ ފަހަރުވެސް އަންނަ ކަމަށް ވިދާޅުވިއެވެ. އެގޮތުން، މަގުމަތީގައި ކޯން ޖެހުން ފަދަ ކަންކަން ކުރާއިރު ރައްޔިތުންނަށް ދިމާވާނެ އުނދަގޫތަކާއިމެދު ބައެއް ހާލަތްތަކުގައި ވިސްނާނުލާކަން ފާހަގަކުރައްވައި، މިފަދަ ކަންކަން ހައްލުވާނީ ސިޓީ ކައުންސިލާއި ފުލުހުން ގުޅިގެން މަސައްކަތް ކުރާ ދުވަހަކުން ކަމަށް ޝިފާ ވިދާޅުވިއެވެ.

 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: