ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ހައްޖުވެރިންނަށް ދޭނީ ސްޓެރަލައިޒްކޮށްފައި ހުންނަ ހިލަ، ގެފުޅުގައި އަތް ނުލެވޭނެ!

ޝެއާރކޮށްލާ ކަހަލަދޯ؟

މިއަހަރު ހައްޖުގެ އަޅުކަން އަދާކުރުމުގައި ޖަމްރާއަަށް ހިލައުކުމުގައި، އެސަރަހައްދަށް ވަދެވޭނީ ގްރޫޕަކުން ގިނަވަގެން އެއްފަހަރާ ފަންސާސް މީހުންނަށް ކަމަށާއި ހައްޖުވެރިންނަށް ދޭނީ ސްޓެރިލައިޒްކޮށް ޕެކެޓްކޮށްފައި ހުންނަ ހިލަކޮޅުތަކެއް ކަމަށް ސައުދީ ސެންޓަރ ޑިޒީސް ޕްރިވެންޝަން އެންޑް ކޮންޓްރޯލްއިން ބުނެފިއެވެ.

މިއަހަރުގެ ހައްޖު އަޅުކަން އަދާކުރުމުގައި ބައިވެރިވާނީ ސައުދީގައި ތިބި މީހުންގެ ތެރެއިން ލިމިޓެޑް އަދަދެއްގެ ހައްޖުވެރިކަން މީގެ ކުރިން ސައުދީގެ މިނިސްޓްރީ އޮފް ހައްޖު އެންޑް އުމްރާއިން އާންމުކޮށްފައިވާއިރު މިހާރު މިވަނީ ހައްޖުގެ އަޅުކަން އަދާކުރާއިރު އަމަލުކުރަންޖެހޭ ޕްރޮޓޮކޯލްތައް އާންމުކޮށްފައެވެ.

ޕްރޮޓޮކޯލްގައި ފާހަގަކޮށްފައިވާ ކަންކަމަށް ބަލާއިރު، ހައްޖުވެރިން އަބަދުވެސް ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ސަމާލުކަން ދިނުމަށާއި އަބަދުވެސް މާސްކް އަޅައިގެން އުޅުމަށް ވަނީ އަންގާފައެވެ. އަދި ހައްޖުވެރިންގެ މެދުގައި ދޮޅު މީޓަރުގެ ގައިދުރުކަން ހިފެހެއްޓުމަށް ވަނީ އަންގާފައެވެ.

މީގެ އިތުރަށް، ގެފުޅުގައި އަތްލުމާއި ހަޖަރަތުލް އަސްވަދުގައި އަތްލުން މަނާވާނެކަމަށް ވަނީ އަންގާފައެވެ. އެސަރަހައްދުތަކަށް މީހުން ކައިިރިނުވެވޭނެ ގޮތަށް އިންތިޒާމްތައް ހަމަޖައްސާނެކަމަށް ޕްރޮޓޮކޯލްގައި ބުނެފައިވެއެވެ. އަދި މިސްކިތްތަކުގައި އަޅާފައިވާ ކާޕެޓްތައް ނަގާނެ ކަމަށާއި، ހައްޖުވެރިން ގެންގުޅޭނީ އަމިއްލަ މުސައްލަތައްކަމަށް ވަނީ ބުނެފައެވެ.

އެއްވެސް ހައްޖުވެރިއެއްގެ ކިބައިން ކޮވިޑް-19 ބަލީގެ އަލާމާތްތައް ފެންނަން ފަށައިފިނަމަ، ޑޮކްޓަރުންގެ އިރުޝާދާއެކު އެމީހުންގެ އަޅުކަން ވަކިން އަދާކުރެވޭނެ އިންތިޒާމް ހަމަޖައްސާނެކަމަށް ޕްރޮޓޮކޯލްގައި ބުނެފައިވެއެވެ. އަދި އެމީހުން ދަތުރުކުރުމުގެ އިންތިޒާމްތައްވެސް ވަކިން ހަމަޖައްސާނެކަމަށް ޕްރޮޓޮކޯލްގައި ފާހަގަކޮށްފައިވެއެވެ.

ބަހުގައި ދަތުރުކުރާއިރު، ބަހަށް އަރާނީ ބަހުގެ ކެޕޭސިޓީގެ ފަންސާސް އިންސައްތަ މީހުން ކަމަށް ބުނެފައިވެއެވެ. އަދި ފަންސާސް އަކަމީޓަރުގެ ޓެންޓެއްގައި ތިބެވޭނީ ގިނަވެގެން ދިހަ މީހުންނަށް ކަމަށާއި އެމީހުންގެ ތެރޭގައިވެސް ގައިދުރުކަން ހިފެހެއްޓުމަށް ވަނީ އަންގާފައެެވެ.

މީގެއިތުރުން އާންމުގޮތެއްގައި މީހުން ހަރަކާތްތެރިވާ ނުވަތަ އަތްލާނެ ފަދަ ތަންތަން ގަވާއިދުން ސްޓެރެލައިޒް ކުރަމުންދާނެކަމަށް ޕްރޮޓޮކޯލްގައި ފާހަގަކޮށްފައިވެއެވެ. އެގޮތުން ބެންޗުތަކާއި، ކާމޭޒު، ފާހަނަތައް، އަދި ތަޅުތައް ސްޓްރެލައިޒް ކުރަމުންދާނެކަމަށް ވަނީ ފާހަގަކޮށްފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: