ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ދީނާއި ޚިލާފްނުވާ ގަރާރު ހުށައެޅޭނެ، މެމްބަރަކު އަވަހާރަކޮށްލުމަށްވެސް ހުށައެޅިދާނެ: ރައީސް ނަޝީދު

ޝެއާރކޮށްލާ ކަހަލަދޯ؟

އިސްލާމްދީނުގެ އުސޫލަކާ ޚިލާފު ނުވާ ކޮންމެ ކަމެއްގައި ގަރާރު ހުށައެޅޭނެ ކަމަށާއި، މެމްބަރަކު އަވަހާރަކޮށްލުމަށްވެސް ގަރާރު ހުށައެޅިދާނެ ކަމަށް މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ލޯކަލް ކައުންސިލްތަކާއި ލޯކަލް ގަވަމަންޓް އޮތޯރިޓީ އުވާލުމަށް ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު ހުށައެޅުއްވި ގަރާރުގެ ފުރަތަމަ ކިޔުން އިއްވުމުން، މެމްބަރުން ނިޒާމީ ނުކުތާ ނަންގަވައި އެގަރާރަކީ ގާނޫނު އަސާސީއާ ޚިލާފް ގަރާރެއްކަމަށް ވާހަކަފުޅު ދެއްކެވުމުންނެވެ. އެގޮތުން ހޮޅުދޫ ދާއިރާގެ މެމްބަރު ޔޫނުސް މުހައްމަދާއި މަރަދޫ ދާއިރާގެ މެމްބަރު ވަނީ މިއީ ގާނޫނާއި ޚިލާފް ގަރާރެއްކަަމަށް ވިދާޅުވެފައެވެ.

އޭގެ ފަހުން ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އީވާ އަބްދުﷲވެސް ވަނީ ނިޒާމީ ނުކުތާ ނަންގަވާފައެވެ. އަދި ގަރާރުގައި ފާހަގަކުރާ ކަމަަކީ މެމްބަރަކު އެއްބަސްނުވާކަމަކަށް ވުމަކީ އެއީ ގާނޫނު އަސާސީއާ ޚިލާފަށް ހުށައެޅޭ ގަރާރަކަށް ނުވާނެކަމެއް ކަމަށް ވިދާޅުވެފައެވެ. އެގަރާރަށް ޚުދު އެކަމަނާވެސް އެއްބަސްނުވާ ކަމަށް ވިދާޅުވިއެވެ.

ރިޔާސަތުގައި އިންނަވާ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ، އިސްލާމްދީނުގެ އަސާސަކާއި ޚިލާފްނުވާ ކޮންމެ ކަމެއްގައި ގަރާރު ހުށައެޅިދާނެ ކަމަށެވެ. އަދި މިފަދަ ގަރާރުރަކުގެ ކިތަންމެ މިސާލެއް ދެއްކެވިދާނެ ކަމަށާއި މެމްބަރަކު އަވަހާރަކޮށްލުމަށްވެސް ގަރާރު ހުށައެޅިދާނެ ކަމަށް ވިދާޅުވިއެވެ.

 

 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: