ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޖިންސީ އަނިޔާއާ ދެކޮޅަށް އަޑުއުފުލުން މިއަދުވެސް މާލޭގައި!

ފޮޓޯ: ވަގުތު
ޝެއާރކޮށްލާ ކަހަލަދޯ؟

ޖިންސީ އަނިޔާއާ ދެކޮޅަށް އަޑުއުފުލުމަށް ބާއްވާ އެއްވުން މިއަދުވެސް މާލޭގައި އޮންނާނެ ކަަމަށް، ހަރަކާތް އިންތިޒާމްކުރާ ޖަމިއްޔާ ވޮއިސް އޮފް ޗިލްޑްރެންއިން ބުނެފިއެވެ.

ވީއޯސީއިން ބުނީ ޖިންސީ އަނިޔާ އަދި ރޭޕްއާ ދެކޮޅަށް އަޑުއުފުލުމަސް ބާއްވާ ހަރަކާތް މިއަދު ފަށާނީ ހަވީރު ހަތަރެއް ޖަހާއިރު މަޖީދީމަގު ޗާންދަނީމަގު ކަންމަތިން ކަމަށެވެ. އަދި އެއްވުމުގައި ބައިވެރިވުމަށް އަންނައިރު މާސްކް ބޭނުން ކުރުމަށާއި އިޖްތިމާއީ ގައިދުރުކަމަށް ސަމާލުކަންދިނުމަށް އެޖަމިއްޔާއިން އެދެއެވެ.

މީގެ ކުރިންވެސް އެކިފަހަރު މަތިން ވީއޯސީއިން އެއްވުންތައް ބާއްވާފައިވާއިރު މިއެއްވުންތަކަށް އާންމުންގެ ފަރާތުން އަންނަނީ ބޮޑު ތަރުހީބެއް ލިބެމުންނެވެ. އެޖަމިއްޔާގެ މަގުމަތީ ހަރަކާތްތައް މެދުކެނޑިފައި އޮތުމަށްފަހު، އަނެއްކާވެސް އެހަރަކާތްތައް ފަށާފައިމިވަނީ މިފަހަކަށް އައިސް ކުޑަކުދިންނަށާއި އަންހެނުންނަށް ކުރާ އެކި ކަހަލަ އަނިޔަތައް، ޚާއްސަކޮށް ޖިންސީ އަނިޔާގެ މައްސަލަތައް ފެންމަތިވާ މިންވަރު އިތުރުވުމާއި ގުޅިގެންނެވެ.

ވީއޯސީ އުފެދިގެން އައީ މިދިޔަ އަހަރު ފަހުކޮޅު، ގއ ކަނޑުހުޅުދޫގައި 2 އަހަރުގެ ކުއްޖަކަށް އެކުއްޖާގެ ކާފައާއި މުނިކާފަ ޖިންސީ އަނިޔާ ކުރަމުންދާ މައްސަލަ ފެންމަތިވި ދުވަސްކޮޅުގައެވެ. ސޯޝަލް މީޑިޔާގައި ފެށި މިހިރަކާތް، މިދިޔަ މަހުގެ ތެރޭ ވަނީ ޖަމިއްޔާއެއްގެ ގޮތުގައި ރަޖިސްޓްރީ ކޮށްފައެވެ.

ދާދިފަހުން ރައީސުލްޖުމްހޫރިއްޔާގެ އަމިއްލަ އިސްނެންގެވުމުގެ މަތިން، ރައީސް ވަނީ ވީއޯސީގެ އިސްވެރިންނާއިވެސް ބައްދަލުކުރައްވާފައެވެ. މިބައްދަލުވުމުގައި ޖެންޑަރ މިނިސްޓަރ އައިޝަތު މުހައްމަދު ދީދީވެސް ވަނީ ބައިވެރިވެވަޑައިގެންފައެވެ.

ފަހަކަށް އައިސް، ޖިންސީ ގޯނާގެ މައްސަލަތައް ފެންމަތިވަމުންދާ މިންވަރު އިތުރުވަމުންދާތީ، ގިނަ ބަޔަކު އަންނަނީ އެކަމާ ކަންބޮޑުވުން ފާޅުކުރަމުންނެވެ. އަދި އަނިޔާ ކުރާ މީހުންނަށް އެކަށީގެންވާ ހައްގު އަދަބު ދިނުމަށް އަންނަނީ ގޮވާލަމުންނެވެ.

 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: