ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޑޮލަރު އަގުބޮޑު ވާންޖެހޭ ސަބަބެއްނެތް، ދަތިކަމެއްނެތި ޑޮލަރު ލިބޭނެ: ގަވަރުނަރު

ގަވަރުނަރު އަލީ ހާޝިމް
ޝެއާރކޮށްލާ ކަހަލަދޯ؟

ހާލަތު ބަދަލުވަމުންދާ މިންވަަރަކުން އެއްވެސް ދަތިކަމެއްނެތި ޑޮލަރު ލިބޭނެ އިންތިޒާމް ހަމަޖައްސަމުންދާނެ ކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓިގެ ގަވަރުނަރު އަހުމަދު ހާޝިމް ވިދާޅުވެއްޖެއެވެ.

ޑޮލަރު ލިބުން ދަތިވެ، ކަޅު ބާޒާރުގައި ޑޮލަރުގެ އަގު ބޮޑުވާމުންދާކަމުގެ ޝަކުވާ އަންނަނީ ކުރަމުންނެވެ. ރަސްމީ ރޭޓަކީ 15.42 ރުފިޔާ ކަމަށްވިޔަސް، މިހާލަތުގައި ޑޮލަރު ލިބުން ދަތިކަމަށް ބުނެ ކަޅު ބާޒާރުގައި ޑޮލަރު ވިއްކަނީ މިހާރު 16 ރުފިޔާއާއި 18 ރުފިޔާއާއި ދެމެދުގެ އަގަކަށެވެ.

ގަވަރުނަރު ވިދާޅުވީ، ކޮވިޑް-19ގެ ހާލަތާއި ގުޅިގެން ބޯޑަރުތައް ބަންދުކުރުމާއެކު ފަތުރުވެރިކަން ހުއްޓިފައިވާތީ ފަތުރުވެރިކަމުގެ ދާއިރާއިން ގައުމަށް އެތެރެވަމުންދިޔަ ޑޮލަރުގެ ސަޕްލައިއަށް ހުއްޓުމެއް އައިސްފައިވާ ކަމަށެވެ. އެހެންނަމަވެސް، އެކި ސްޓްރެޓެޖީތައް ބޭނުންކޮށްގެން، ރާއްޖޭގައި ޑޮލަރަށް އޮންނަ ޑިމާންޑާއި އެއްވަރަށް ޑޮލަރު ފޯރުކޮށްދެމުންދާނެ ކަމަށެވެ. އެގޮތުން ކާނާއާއި ބޭސްފަރުވާގެ ބާވަތްތައް ފަދަ ޒަރޫރީ ބޭނުންތައް ފުއްދުމަށް ބޭނުންވާ ބާވަތްތައް އެތެރެކުރުމަށް ޚާއްސަކޮށްގެން ޑޮލަރު އެތެރެކުރަމުންދާ ކަމަށް ވިދާޅުވިއެވެ.

މިހާލަތުގައިވެސް އެމްއެމްއޭގެ ދައުރު ފުރިހަމައަށް އަދާ ކުރަމުންދާނެކަމުގެ ޔަގީންކަން ދެއްވައި ގަވަރުނަރު ވިދާޅުވީ، ޑިމާންޑާއި އެއްވަރަށް ޑޮލަރު ފޯރުކޮށްދިނުމަށްޓަކައި އެކި ފިޔަވަޅުތައް އަޅަމުންދާ ކަމަށެވެ. އެގޮތުން، އާންމު ވިޔަފާރިތަކާއި، އެކި އެސްއޯއީތަކަށް ޑޮލަރު ފޯރުކޮށްދިނުމަށްޓަކައި ކުރިއަށް ވުރެ އިތުރަށް ބޭންކުތަކަށް ޑޮލަރު ދޫކުރަމުންދާކަމަށް ގަވަރުނަރު ވިދާޅުވިއެވެ.

މީގެ ކުރިންވެސް ބައެއް އާންމުން ވަނީ ކޮވިޑް-19ގެ ހާލަތާއި ގުޅިގެން ޑޮލަރުގެ އަގު މަތިވެދާނެކަމަށް ވަނީ ލަފާކޮށްފައެވެ. އެހެންނަމަވެސް، ސަރުކާރުން ވަނީ ޑޮލަރު ލިބުން ދަތިނުވާނެ ކަމަށް އެކި ފަހަރުމަތިން ހާމަކޮށްފައެވެ. އެމްއެމްއޭއިންވެސް ވަނީ މިދުވަސްކޮޅު ޑޮލަރުގެ އަގު މަތިވާންޖެހޭ އެއްވެސް ސަބަބެއްނެތްކަމަށް ބުނެފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: