ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މީޑިޔާތަކުގައި ވަނީ ދޮގު ވާހަކަތަކެއް، ސީސީޓީވީ ފުޓޭޖް އެއްވެސް ބަޔަކަށް ނުދެން: މާގިރި

ޝެއާރކޮށްލާ ކަހަލަދޯ؟

މާގިރި ހޮޓެލްގެ އެއްވެސް ސީސީޓީވީ ފުޓޭޖެއް އެއްވެސް ބަޔަކަށް ނުދޭ ކަމަށާއި މީޑިޔާތަކުގައި ރިޕޯޓް ކުރަމުންދާ ވާހަކަތަކަކީ ދޮގެއްކަމަށް އެހޮޓެލުން ބުނެފިއެވެ.

މާގިރި ހޮޓެލުގެ ސީސީޓީވީ ފުޓޭޖްތައް ފެނިފައިވާކަމަށް ބުނެ އޮންލައިން ނޫހެއްގައި ވަނީ އޮފީސް މުވައްޒަފުންގެ މެދުގައި ހިންގައިގެން ނުވާނެފަދަ އަމަލުތައް ޓުއަރިޒްމް މިނިސްޓްރީގެ މުވައްޒަފުންގެ މެދުގައި ހިންގާފައިވާ މަންޒަރު އެނޫހަށް ފެނިފައިވާ ކަމަށެވެ. މިނިސްޓްރީގައި މަސައްކަތްނުކުރާ މީހުންވެސް ހޮޓެލުގެ ކޮޓަރިތަކަށް ގެންގޮސްފައިވާ ކަމަށް ނޫހުގައި ރިޕޯޓްކޮށްފައިވާއިރު، ސަރުކާރުގެ ކުންފުނިތަކުގެ އިސްމަގާމުތަކުގައި ތިއްބެވި ބައެއް ބޭފުޅުންވެސް ހޮޓެލުގައި އެދުވަސްވަރު ހަރަކާތްތެރިވަމުންދާ ވީޑިޔޯއެއްވެސް އަންނަނީ ދައުރުވަމުންނެވެ. މާލެ ސަރަހައްދު ލޮކްޑައުންކޮށްފައި އޮތް ދުވަސްވަރު ޓުއަރިޒްމް މިނިސްޓްރީގެ މުވައްޒަފުން ވަނީ މާގިރި ހޮޓެލްގައި ލޮކްޑައުންވެގެން ތިބެފައެވެ. އޮންލައިން ނޫހުގައި ވަނީ މުވައްޒަފުންގެ ނަމާއި މުވައްޒަފުންނަށް ޚާއްސަކޮށްފައިވާ ކޮޓަރިތަކުގެ މައުލޫމާތު ހާމަކޮށްފައެވެ.

އެހެންނަމަވެސް، މާގިރި ހޮޓެލުން ވަނީ މިވާހަކަތައް ދޮގުކޮށްފައެވެ. ނޫހުގައި ޝާއިއުކޮށްފައިވާ ވާހަކަތަކަކީ ދޮގެއްކަމަށް ބުނެ ކޮށްފައިވާ ޓުވީޓުގައި އެހޮޓެލުން ބުނެފައިވަނީ އެއްވެސް އަމިއްލަ ފަރުދަކަށްވެސް އަދި އެއްވެސް މީޑިޔާއަކަށްވެސް އެއްވެސް ސީސީޓީވީ ފުޓޭޖެއް އަދި އެފަދަ އެއްވެސް މައުލޫމާތެއް ހިއްސާކޮށްފައިނުވާ ކަމަށެވެ. އަދި ހޮޓެލުން ޚިދުމަތް ހޯދާ ކަސްޓަމަރުންގެ ޕްރައިވެސީއަށް އެހޮޓެލުން އަބަދުވެސް އިހްތިރާމް ކުރާނެ ކަމަށް ވަނީ ބުނެފައެވެ.

https://twitter.com/MaagiriHotel/status/1281566293917700098

މީގެ އިތުރަށް އެހޮޓެލުގެ އަގު ވެއްޓޭފަދަ ގޮތްގޮތަށް ދޮގު މައުލޫމާތު ފަތުރާ ފަރާތްތަކާއި މެދު ގާނޫނީ ގޮތުން ފިޔަވަޅު އަޅައިދިނުމަށް އެދި ކަމާއިގުޅުންހުރި މުއައްސަސާތަކަށް މައްސަލަ ހުށައަޅާނެކަމަށް ވަނީ ބުނެފައެވެ.

ޓުއަރިޒްމް މިނިސްޓްރީގެ މުވައްޒަފުން، އަލީ ވަހީދުގެ ޖިންސީ ފުރައްސާރައާއި ގޯނާގެ މައްސަލަތަކެއް ރައީސުލްޖުމްހޫރިއްޔާއަށް ހުށައެޅުއްވުމާއި ގުޅިގެން އަލީ ވަހީދު ވަނީ އެމަގާމުން ދުރުކުރައްވާފައެވެ. އަދި މިހާރު އެމިނިސްޓްރީ ހިންގުން ވަގުތީގޮތުން ވަނީ މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އަލްއުސްތާޒް ފައްޔާޒް އިސްމާއިލާއި ހަވާލުކުރައްވާފައެވެ.

މިވާހަކަތަކާއި ގުޅިގެން އަލީ ވަހީދު ސީދާ ވަކިއެއްޗެއް ހާމަކޮށްފައިނުވެއެވެ. އެހެންނަމަވެސް، ޖުލައި މަހުގެ 8 ވަނަ ދުވަހުގެރޭ މަގާމުން އިސްތިއުފާ ދެއްވުމަށް ރައީސް އެދިވަޑައިގަތުމުން މިދުވަސްވެސް ހިނގައިދާނެ ކަމަށާއި ގައުމަށާއި ރައްޔިތުންނަށް ޚިދުމަތްކުރުމަށް ފުރުސަތު ލިބުނީތީ ޝުކުރުކުރައްވާކަމަށް ވިދާޅުވެ ވަނީ ޓުވީޓެއް ކުރައްވާފައެވެ. އިސްތިއުފާ ދޭން އެންގުމުން އިސްތިއުފާދީފައިނުވާތީ، އަލީ ވަހީދު މަގާމުން ދުރުކުރެއްވީ މިޖުލައި މަހުގެ 9 ވަނަ ދުވަހުއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: