ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޔާމީނަށް ވޮޑަމުލާ ކުރިން ނޭނގުނަސް، ރަށާއި ގުޅުން އޮތީ އަދީބާއިކަމަށް ބުނުން އެއީ އިތުރުފުޅެއް ނޫން: ގާނޫނީ ޓީމް

ކުރީގެ ރައީސް ޔާމީނާއި، ކުރީގެ ނައިބް ރައީސް އަހުމަދު އަދީބު
ޝެއާރކޮށްލާ ކަހަލަދޯ؟

ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްގެ ހައިކޯޓު އިސްތިއުނާފު ޝަރީއަތުގެ އެއްވެސް މަރުހަލާގައި ވޮޑަމުއްލާ ކިޔާ ރަށެއް އޮންނަކަން އެމަނިކުފާނަށް ފުރަތަމަ އެނގިވަޑައިގަތީ މައްސަލައިގެ ޝަރީއަތް ކުރިޔަށް ދިޔައިރުކަމަށް ވިދާޅުވުމަކީ އެއްވެސް ހާލެއްގައި އިތުރުފުޅެއް ނޫން ކަމަށް އެމަނިކުފާނުގެ ގާނޫނީ ވަކީލުންގެ ޓީމުން ބުނެފިއެވެ.

ވެރިކަމުގައި ހުންނަވައިގެން މަނީ ލޯންޑާރ ކުރެއްވިކަމުގެ ކުށުގައި ފަސް އަހަރަށް ޖަލަށް ލުމަށް ރައީސް ޔާމީންގެ މައްޗަށް ވަނީ ހުކުމްކޮށްފައިވަނީ މިދިޔަ ނޮވެމްބަރު މަހުގައެވެ.

ވޮޑަމުއްލާއާއި ގުޅުން އޮތީ ކޮން ބަޔަކާއި ކަން މައްސަލަ ބެލި ފުލުހުންނަށް އެނގޭނެ ކަމަށާއި، އެ ނަން ކިޔާ ރަށެއް އޮންނަކަން ވެސް އެނގިވަޑައިތަކީ ކްރިމިނަލް ކޯޓުގައި ކުރިޔަށްގެންދިޔަ ޝަރީއަތުގެ މަޖިލީހުގެ ތެރެއިން ކަމަށް ރައީސް ޔާމީން ވިދާޅުވީ ހައިކޯޓުގެ އަޑުއެހުމުގައެވެ.

ރައީސް ޔާމީންގެ ގާނޫނީ ވަކީލުންގެ ޓީމުން ނެރެފައިވާ ބަޔާނުގައި ބުނެފައިވަނީ، ޖޫން މަހުގެ 08 ގައި ކުރިޔަށް ގެންދިޔަ ހައިކޯޓުގެ އިސްތިއުނާފު އަޑުއެހުމުގައި “ވޮޑަމުލާ ނަން ކިޔާ ރަށެއް އޮތް ކަން އެނގިވަޑައިގަތީ މައްސަލައިގެ ޝަރީއަތް ކްރިމިނަލް ކޯޓުގައި” ކުރިޔަށް ދިޔައިރު ކަމަށް ވިދާޅުވެފައިވާ ކަމަށެވެ. ބަޔާނުގައި ބުނެފައިވަނީ، ވޮޑަމުލާއަކީ އެމަނިކުފާނައި ގުޅުން އޮތް ރަށެއް ނޫންކަމާއި، ރަށާއި ގުޅުން އޮތް މީހުންނާއި އަދި އެ ރަށުގެ މައުލޫމާތު އެންމެ ރަނގަޅަށް އެނގޭނީ އޭރު ނައިބް ރައީސަކަށް ހުންނެވި އަހުމަދު އަދީބުގެ ދެ އެކުވެރިންނަށް ކަމަށް ރައީސް ޔާމީން ވިދާޅުވި ކަމަށެވެ.

ބަޔާނުގައި ރައީސް ޔާމީންގެ ގާނޫނީ ވަކީލުންގެ ޓީމުން ބުނެފައިވަނީ ރަށާއި ބެހޭ މައުލޫމާތު ނޭނގުނު ނަމަވެސް، އެ ރަށާއި ގުޅުން އޮތީ އަދީބުގެ ގާތް ދެ އެކުވެރިންނާއިކަން ރައީސް ޔާމީނަށް އެނގިވަޑައިގެންނެވި ގޮތް ކޯޓުގައި ހާމަ ނުކުރައްވާ ކަމަށެވެ. ނަމަވެސް އެ ރަށް ދޭން ބޭނުންވެގެން އަދީބު އުޅުއްވިކަމަށް ރައީސް ޔާމީން ވިދާޅުވެފައިވާކަމަށް ބަޔާނުގައި ވަނީ ބުނެފައެވެ.

ބަޔާނުގައި ބުނެފައިވަނީ، ރައީސް ޔާމީން ވޮޑަމުއްލާއާއި ގުޅޭގޮތުން ދެއްކެވި ވާހަކަތަކަކީ، ހައިކޯޓުގައި ހެއްދެވި އިތުރުފުޅެއްކަމަށް ދޭހަވާ ގޮތަކަށް ދައުލަތުގެ މީޑިއާއިން ހަބަރު ގެނެސްދީފައިވާ ކަމަށެވެ.

ރައީސް ޔާމީން މި މައްސަލައިގެ ޝަރީއަތުގެ އެއްވެސް މަރުހަލާއެއްގައި އިތުރުފުޅެއް ހައްދަވާފައި ނުވާ ކަމަށާއި، ވޮޑަމުއްލާ ކިޔާ ރަށެއް އޮންނަކަން އެމަނިކުފާނަށް ފުރަތަމަ އެނގިވަޑައިގަތީ މައްސަލައިގެ ޝަރީއަތް ކުރިޔަށް ދިޔައިރުކަމަށް ވިދާޅުވުމަކީ އެއްވެސް ހާލެއްގައި އިތުރުފުޅެއް ނޫން ކަމަށް ބަޔާނުގައި ވަނީ ބުނެފައެވެ. ބަޔާނުގައި ގާނޫނީ ވަކީލުންގެ ޓީމުން ބުނެފައިވަނީ މައްސަލައިގެ ތަހުގީގު ފުލުހުން ކުރިޔަށް ގެންދިޔައިރު ވޮޑަމުލާ ނަން ކިޔާ ރަށެއްގެ ވާހަކަ ފާހަގަކޮށް އެމަނިކުފާނާއި އެއްވެސް ސުވާލެއް ނުކުރާ ކަމަށެވެ. އަދި ތަހުގީގު ނިންމައި ކްރިމިނަލް ކޯޓުގައި މައްސަލައިގެ ދައުވާ އުފުލިއިރު ވެސް އެ ރަށުގެ ވާހަކަ ދައުލަތުން ވެސް ފާހަގަކޮށްފައި ނުވާ ކަމަށެވެ. ގާނޫނީ ޓީމުން ބުނެފައިވާ ގޮތުން އެ ރަށުގެ ވާހަކަ ދައުލަތުން ފާހަގަކޮށްފައިވަނީ ދައުވާ އުފުލި އަޑުއެހުމުގެ ފަހުން ބޭއްވުނު އެހެން އަޑުއެހުމެއްގައި، އިބްތިދާއީ މަރުހަލާގެ މެދަކާއި ހިސާބުންނެވެ.

ގާނޫނީ ޓީމުން ބުނެފައިވަނީ، ރަށާއި ގުޅޭ މައުލޫމާތު ރައީސް ޔާމީންނަށް އެނގިވަޑައިގަތީ އެހާ ހިސާބުން ކަމަށެވެ. އަދި އެންމެ ފަހުން ބޭއްވި އަޑުއެހުމުގައި އެމަނިކުފާނު ހާމަކުރެއްވި މައުލޫމާތަކީ އެ ރަށުގެ މައުލޫމާތު އެނގުނު ފަހުން އެ ރަށުގެ ކަންކަން ހިނގާފައިވާ ގިތުގެ މައުލޫމާތު އެކި އެކި ފަރާތްތަކުން ހޯދި މައުލޫމާތު ރައީސް ޔާމީނާއި ހިއްސާކުރުމުން އެމަނިކުފާނަށް ލިބިވަޑައިގެންފާ މައުލޫމާތުތަކެއް ކަމަށެވެ.

https://twitter.com/AdamShameem/status/1281874871765487617

ރަށް ކުއްޔަށް ދީފައިވަނީ އަދީބުގެ ގާތް ރައްޓެހިންތަކަށް ކަން މިހާރު އެނގޭ ކަމަށާއި، އެއްވެސް ހާލެއްގައި އެ ރަށްދޭން ބޭނުންވެގެން އޭރު އަދީބަށް ދެންނެވިކަމަށް ރައީސް ޔާމީން ވިދާޅުވެފައި ނެތް ކަމަށެވެ. އެހެން ކަމުން ހައިކޯޓުގައި ރައީސް ޔާމީން އެއްވެސް އިތުރުފުޅެއް ނަހައްދަވާ ކަމަށް އެ ބަޔާނުގައި ވަނީ ބުނެފައެވެ.

ރައީސް ޔާމީންގެ ގާނޫނީ ވަކީލުންގެ ޓީމުން ބުނެފައިވަނީ، ހަބަރާއި ކަރަންޓް އެފެއާސް ޕްރޮގްރާމްތައް ގެނެސްދިނުމުގައި އެއްވެސް ބުރަވުމެއް ނެތި، ހަމަހަމަކަމާއި އެކު ތެދު މައުލޫމާތު ފެތުރުމަށް ގާނުނުގައި ވާ ކަމަށެވެ. އަދި މީޑިއާއެއްގެ އަހުލާގީ މިންގަޑުގެ ދަށުން އެއްވެސް ހަގީގަތެއް އޮޅުވާލުމެއް ނެތި މައުލޫމާތު ފޯރުކޮށްދޭން ޖެހޭއިރު ދައުލަތުގެ މީޑިއާއިން އުސޫލުތައް މުގުރާލައި މައުލޫމަތުތައް ފޯރުކޮށްދިނުމަކީ މީޑީއާތަކުގައި ހަބަރު ފެތުރުމުގެ ސުލޫކީ މިންގަނޑުތަކާއި ހިލާފުކަމެއްގެ ގޮތުގައި އެ ބަޔާނުގައި ވަނީ ބުނެފައެވެ.

ހައިކޯޓުގައި ރައީސް ޔާމީންގެ ފަރާތުން އިސްތިއުނާފުކޮށްފައިވާ މައްސަލައިގެ މިއަދުގެ އަޑުއެހުމުގައި ރައީސް ޔާމީނަށް ދިން ފުރުސަތުގައި އެމަކިނުފާނު ވިދާޅުވީ، މުޅި މައްސަލަ ބިނާވެފައިވަނީ ވެރިކަން ބަދަލުވުމަށްފަހު އޭސީސީގެ ކުރީގެ ރައީސް މުއައްވިޒް ރަޝީދު ފުލުހަށް ފޮނުވި ސިޓީއެއްގެ މައްޗަށް ކަމަށެވެ. އަދި މައްސަލަ އެންމެ ފުރަތަމަ ފެށިގެން އައި ހިސާބަކީ ވެސް އެއީ ކަމުގައި ރައީސް ޔާމީން ވިދާޅުވިއެވެ.

ރައީސް ޔާމީން ވިދާޅުވީ، އެމަނިކުފާނުގެ މައްޗަށް ފަސް މިލިއަން ޑޮލަރު ލިބުނު ކަމަށް ބުނާއިރު އެއީ ކޮންތާކުން ކިހިނެއް ހޯދި ފައިސާއެއްކަން ބުނެދެވިފައި ނުވާ ކަމަށެވެ.

ރައީސް ޔާމީން ވިދާޅުވީ، އެ ފައިސާއަކީ ވޮޑަމުއްލާގެ ފައިސާއެއްކަމަށް ބުނާއިރު އެ ނަން ކިޔާ ރަށެއް އޮންނަކަން ވެސް އެމަނިކުފާނަށް އެނގިވަޑައިގަތީ ޝަރީއަތުގެ މަޖިލީހުގެ ތެރެއިންނެވެ. އެހެން ކަމުން އޭގެއިން ވެސް އެމަނިކުފާނާއި ވޮޑަމުއްލާއާއި އެއްވެސް ގުޅުމެއް ނެތްކަން ވަރަށް ސާފުކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ. މިއީ އެއްވެސް އަސާސެއްގެ މައްޗަށް ކުރާ ތުހުމަތުތަކެއް ނޫން ކަމަށް ވިދާޅުވެ ރައީސް ޔާމީން ވަނީ މައްސަލައިގެ ތަހުގީގުގައި އުޅުނު ފުލުހުންނަށް މި ރަށް ލިބިފައި އޮތީ ކޮން ބަޔަކަށް ކަން ވަރަށް ސާފުކޮށް އެނގޭނެ ކަމަށެވެ. އަދި ވޮޑަމުއްލާއާއި ގުޅުން އޮތީ ވެސް ކުރީގެ ނައިބް ރައީސް އަހުމަދު އަދީބާއި އޭނާގެ ގާތް ދެ އެކުވެރިންނާއި ކަމަށް ވެސް ރައީސް ޔާމީން ވިދާޅުވިއެވެ.

ރައީސް ޔާމީން ވަނީ ފިނިފެންމާ ލޯންޗުކޮޅު ގޮއްވާލި ހާދިސާއާއި ގުޅޭގޮތުން ވާހަކަ ދައްކަވާ، އަދީބުގެ އަތުގައި ހުރި ފައިސާ ބޭނުންވީ އެ ސަބަބާއި ހުރެ ކަމަށް ވިދާޅުވެފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: